ނޫރު މަދަހަ މުބާރާތުގެ ފައިނަލް ރައުންޑްގައި ގެސްޓް ޖަޖެއްގެ ގޮތުގައި ޝަލަބީ ބައިވެރިވަނީ!
މޮޅަދޫ ކައުންސިލުން އިސްނަގައިގެން މޮޅަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި މޮޅަދޫ ސްކޫލް ގުޅިގެން ބާއްވާ، ނޫރު މަދަހަ މުބާރާތުގެ ދެވަނަ ސީޒަނުގެ ފައިނަލް ރައުންޑް، ހޯމަ ދުވަހުގެ ރޭ އޮންނައިރު، ގެސްޓް ޖަޖެއްގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް ބައިވެރިވާނެކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމް އަކީ "މޯލްޑިވިއަން އައިޑަލް"އިން އާނމުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި ފަންނާނެކެވެ. ލަވަކިޔުމުގެ އިތުރުން، ހިތްގައިމު މަދަހަތަކެއް ހުށަހަޅައިދީފައިވާ ޝަލަބީއަކީ ރީތިކޮށް ޤުރުއާންކިޔަވާ ފަރާތެއްކަންވެސް ފާހަގަކުރެވެއެވެ. މީގެ އިތުރުން ޝަލަބީވަނީ މަދަހަ ކިޔަން ދަސްކޮށްދޭ ޕްރޮގްރާމްވެސް ހިންގައިފައެވެ.
މޮޅަދޫ ކައުންސިލްގެ ފޭސްބުކް ޕޭޖްއިން ލައިވްކުރާ މިމުބާރާތުގެ ފައިނަލް ރައުންޑްގެ މަދަހަ ކިޔުން ފަށާނީ މާދަމާރޭ 21:30 ގައި މޮޅަދޫ ސްކޫލްގައެވެ. އެއްވަނަ ބައިވެރިޔާއަށް 5000ރ، ދެވަނަ ބައިވެރިޔާއަށް 2500ރ އަދި 3 ވަނަ ބައިވެރިޔާއަށް 1500ރ ގެ ފައިސާގެ އިނާމެއް ހުށަހަޅައިފައިވާ މިމުބާރާތުގައި މިއަހަރު 56 ބައިވެރިޔަކު ވާދަކުރެއެވެ. މިމުބާރާތް ކުރިޔަށް ގެންދަނީ 4 އުމުރުފުރަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ރައުންޑްގައި، ކޮންމެ އުމުރުފުރަޔަކުންވެސް އެންމެ މަތިން މާކުސް ލިބުނު 3 ބައިވެރިން އިއުލާންކުރިއެވެ. މިބާރާތުގެ 1 ވަނަ ދެވަނަ އަދި 3 ވަނަ ކަނޑައަޅާނީ، ކޮންމެ އުމުރުފުރަޔަކުންވެސް އެންމެ މޮޅު 3 ބައިވެރިން ފައިނަލް ބުރުގައި ވާދަކޮށް އެންމެ މަތިން މާކުސް ހޯދާ 3 ބައިވެރިންގެ ތެރެއިންނެވެ.
މިމުބާރާތުގެ ފައިނަލް ރައުންޑަށް ހޮވިފައިވާ 10 ބައިވެރިންނަކީ އަޒާން އިބްރާހިމް، އީޝާ ބިންތި ހާމިދު، ރަވާން އަހްމަދު ރައުފް، ސާރާ އަހްމަދު ޖިނާހު، މުހައްމަދު ޔޫޝައު ބިން އަހްމަދު، ޝަމްއާ ޝާހިދު، ލޫތް އަވުދުﷲ ވަހީދު، ލާރާ ބިންތި ރިފާއު، މަރިޔަމް ޒާރާ ރަމީރު، ހައްވާ ޝިއުފާ ހުސައިން، ހަސަން ޝިޔާމް އަދި މުހައްމަދު ނިޝާމްއެވެ.
ނޫރު މަދަހަ މުބާރާތުގެ ފުރަތަމަ މުބާރާތް ބާއްވާފައިވަނީ މިދިޔަ ރަމަޟާން މަހުއެވެ. ފުރިހަމަ އިންތިޒާމް ތަކަކާއިއެކު އަދި މޮޅަދޫގެ ރައްޔިތުންގެ ބޮޑު ތަރުހީބަކާއިއެކު ކުރިޔަށްދިޔަ އެމުބާރާތުން އެއްވަނަ ހޯދީ މޮޅަދޫ ބަގީޗާގެ ހަސަން ޝިޔާމްއެވެ. ޝިޔާމް ވަނީ މިއަހަރުގެ މުބާރާތުގެވެސް ފައިނަލް ރައުންޑަށް ދަތުރުކޮށްފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ނޫރު މަދަހަ މުބާރާތުގެ ތިންވަނަ ސީޒަންގެ އެއްވަނަ ފާތިމަތު ތޫބާ ހޯދައިފި
5 - މާރިޗު - 2026
ނޫރު މަދަހަ މުބާރާތުގެ 3 ވަނަ ސީޒަން ފަށައިފި
2 - މާރިޗު - 2026
ނޫރު މަދަހަ މުބާރާތް އިހަވަންދިއްޕޮޅަށް ހުޅުވާލައިފި: އެއްވަނައަށް އުމުރާ ދަތުރަކާއި 6000 ރުފިޔާ
6 - ފެބްރުއަރީ - 2026
ނޫރު މަދަހަ މުބާރާތުގެ އެއްވަނަ ނިޝާމް އަށް!
11 - މާރިޗު - 2025
ނޫރު މަދަހަ މުބާރާތުގެ ގަދަ 12 ހޮވައިފި، ފައިނަލް ރައުންޑް އަންނަ ހޯމަ ދުވަހުގެރޭ!
7 - މާރިޗު - 2025
ނޫރު މަދަހަ މުބާރާތުގެ ދެވަނަ ސީޒަން އަންނަމަހު 5 ގައި ފަށަނީ!
23 - ފެބްރުއަރީ - 2025
ނޫރު މަދަހަ މުބާރާތުގެ އެއްވަނަ ހަސަން ޝިޔާމް އަށް
30 - މާރިޗު - 2024
"އަޑުނީވޭތީ" މޮޅަދޫ ރައްޔިތުން ނުކުމެ، ރަށްގިރުމުގެ ކަންބޮޑުވުން ފާޅުކޮށްފި!
21 - ޖޫން - 2026
މޮޅަދޫ އާދަޔާ ހިލާފަށް ގިރާތީ ކައުންސިލްގެ ކަންބޮޑުވުން އިންތިހާއަށް!
5 - ޖޫން - 2026
މޮޅަދޫ ކައުންސިލްގެ އައު 'ބްރޭންޑް އައިޑެންޓިޓީ' އާންމުކޮށްފި!
9 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް