ނޫރު މަދަހަ މުބާރާތުގެ އެއްވަނަ ނިޝާމް އަށް!
މޮޅަދޫ ކައުންސިލުން އިސްނަގައިގެން މޮޅަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި މޮޅަދޫ ސްކޫލް ގުޅިގެން ބާއްވާ، ނޫރު މަދަހަ މުބާރާތުގެ ދެވަނަ ސީޒަނުގެ އެއްވަނަ މޮޅަދޫ ފިނިވާގެ މުހައްމަދު ނިޝާމް ހޯދައިފިއެވެ.
މިމުބާރާތުގެ އެއްވަނަ ނިޝާން ހޯދީ މިމުބާރާތުގައި ބައިވެރިވި އުމުރުފަރާތަކުން، ކޮންމެ އުމުރުފުރައެއްގެ ގަދަ 3 ވަނާގައި ހިމެނޭ ބައިވެރިންގެ މެދުގައި ރޭ ކުރިޔަށް ގެންދިޔަ ފައިނަލް ރައުންޑްއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދައިގެންނެވެ. މިމުބާރާތުން އެއްވަނަ ހޯދި މުހައްމަދު ނިޝާމްއަށް 5000ރ ގެ ފައިސާގެ އިނާމެއް ދީފައިވާއިރު، މިމުބާރާތުން ދެވަނަ ހޯދި ހައްވާ ޝިއުފާ ޙުސައިންއަށް 2500ރ އަދި މުބާރާތުން 3 ވަނަޔަށްދިޔަ ހަސަން ޝިޔާމް އަށް 1500ރ ގެ ފައިސާގެ އިނާމެއް ދީފައިވެއެވެ.
މިފަހަރުގެ މުބާރާތުން އެއްވަނަ ހޯދި ނިޝާމްވަނީ، ނޫރު މަދަހަ މުބާރާތުގެ ފުރަތަމަ ސީޒަނުން ދެވަނަ ހޯދައިފައެވެ. ފުރަތަމަ ސީޒަނުގެ އެއްވަނަ ހޯދި ހަސަން ޝިޔާމްއަށް މިއަހަރުގެ މުބާރާތުން ލިބުނީ 3 ވަނައެވެ.
ރޭ މޮޅަދޫ ސްކޫލްގައިއޮތް މިމުބާރާތުގެ ފައިނަލް ރައުންޑް ޝަރަފްވެރި ކޮށްދެއްވީ ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤްއެވެ. އަދި ގެސްޓް ޖަޖެއްގެ ގޮތުގައި، މަޝްހޫރު ލަވަކިޔުންތެރިޔާ، ޝަލަބީ އިބްރާހީމް ބައިވެރިވެފައިވެއެވެ.
މިމުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ 4 އުމުރުފުރަޔަކަށް ބަހާލައިގެންނެވެ. އެއީ 9 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 16 އަހަރުން މައްޗެވެ. މިމުބާރާތުގައި އެކި އުމުރުފުރާތަކުން ޖުމުލަ 56 ބައިވެރިން މަދަހަ ހުށަހަޅާދީފައިވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ނޫރު މަދަހަ މުބާރާތުގެ ތިންވަނަ ސީޒަންގެ އެއްވަނަ ފާތިމަތު ތޫބާ ހޯދައިފި
5 - މާރިޗު - 2026
ނޫރު މަދަހަ މުބާރާތުގެ 3 ވަނަ ސީޒަން ފަށައިފި
2 - މާރިޗު - 2026
ނޫރު މަދަހަ މުބާރާތް އިހަވަންދިއްޕޮޅަށް ހުޅުވާލައިފި: އެއްވަނައަށް އުމުރާ ދަތުރަކާއި 6000 ރުފިޔާ
6 - ފެބްރުއަރީ - 2026
ނޫރު މަދަހަ މުބާރާތުގެ ފައިނަލް ރައުންޑްގައި ގެސްޓް ޖަޖެއްގެ ގޮތުގައި ޝަލަބީ ބައިވެރިވަނީ!
9 - މާރިޗު - 2025
ނޫރު މަދަހަ މުބާރާތުގެ ގަދަ 12 ހޮވައިފި، ފައިނަލް ރައުންޑް އަންނަ ހޯމަ ދުވަހުގެރޭ!
7 - މާރިޗު - 2025
ނޫރު މަދަހަ މުބާރާތުގެ ދެވަނަ ސީޒަން އަންނަމަހު 5 ގައި ފަށަނީ!
23 - ފެބްރުއަރީ - 2025
ނޫރު މަދަހަ މުބާރާތުގެ އެއްވަނަ ހަސަން ޝިޔާމް އަށް
30 - މާރިޗު - 2024
"އަޑުނީވޭތީ" މޮޅަދޫ ރައްޔިތުން ނުކުމެ، ރަށްގިރުމުގެ ކަންބޮޑުވުން ފާޅުކޮށްފި!
21 - ޖޫން - 2026
މޮޅަދޫ އާދަޔާ ހިލާފަށް ގިރާތީ ކައުންސިލްގެ ކަންބޮޑުވުން އިންތިހާއަށް!
5 - ޖޫން - 2026
މޮޅަދޫ ކައުންސިލްގެ އައު 'ބްރޭންޑް އައިޑެންޓިޓީ' އާންމުކޮށްފި!
9 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް