ހޯރަފުށި އެއަރޕޯޓަށް އެންމެ ގިނަ މީހުން އުފުއްލާ އެއް ލޯންޗް އޮޕަރޭޓަރ ކަމަށްވާ ސީކިންގުން، އެލޯންޗްގެ ކަސްޓަމަރުންގެ ލަގޭޖް ވަރަށް ފަހަކާއި ހަމަޔަށްވެސް އުފުއްލައިދިނެވެ. ނަމަވެސް މިދިޔަ ފެބުރީމަހުގެ 22 ވަނަ ދުވަހުންފެށިގެން ސީކިންގުންވަނީ އެހިދުމަތް ހުއްޓައިލާފައެވެ. ސީކިންގުން މައުލޫމާތު ދިންގޮތުގައި ލަގެޖް އުފުލުމުގައި ކަސްޓަމަރުންނަ ދިމާވާދަތިތައް ހައްލުކުރުމަށް ހިލޭދިން ލަގެޖް އުފުލުމުގެ ހިދުމަތް ހުއްޓާލަންޖެހުނީ ތަކުރާރުކޮށް ދިމާވަމުންދިޔަ ދަތިތަކެއްގެ ސަބަބުންނެވެ.
ގާތްގަނޑަކަށް 198 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރި ހޯރަފުށީ އެއާޕޯޓް 2020 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 29 ވަނަ ދުވަހު ހުޅުވައިދެއްވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ހޯރަފުށި އެއަރޕޯރޓްގައި، ވޯކްވޭއެއް ނެތުމުން ދިމާވާ ދަތިތައް ހައްލުކުރުމުގެ މަސައްކަތް ނިމޭނެ ދުވަހެއް މިވަގުތު ދެންނެވެންނެތް - ރީޖަނަލް އެއަރޕޯރޓްސް ކޮމްޕެނީ
ހޯރަފުށި އެއަރޕޯރޓްގައި ވޯކްވޭއެއް ނެތުމުން، ދިމާވާ ދަތިތައް ހައްލުކުރުމުގެ މަސައްކަތް ނިމޭނެ ދުވަހެއް މިވަގުތު ދެންނެވެންނެތް ނެތްކަމަށް ހޯރަފުށި އެއަރޕޯރޓް ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ބުނެފިއެވެ. އެކުންފުނިން މިހެން ބުނެފައިވަނީ މިނޫހުންކުރި ސުވާލެއްގެ ޖަވާބުގައެވެ.
ހޯރަފުށި އެއަރޕޯރޓްގެ ޖެޓީ ބޭނުން ކުރަންފެށިތާ އަހަރަކަށްވުރެ ގިނަދުވަސް ވެފައިވާއިރު، ޖެޓީއާއި ހަމަޔަށް ދިޔުމަށް ވޯކްވޭއެއް ނެތުމުން އެއާރޕޯޓް ބޭނުންކުރަމުންދާ ފަރާތަކަށް ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ވިސްނުން ނެތްތޯ ސުވާލުކުރުމުން، ހޯރަފުށި އެއަރޕޯރޓް ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ބުނީ އެކުންފުނިން ހިންގާ އެއަރޕޯޓް ތަކުގައި ފަސެންޖަރުންނަށް ފަސޭހަވާނެގޮތުގެ މަތިން ކަންތައްތައް ކުރުމަކީ ނުހަނު އިސްކަމެއްދޭ ކަމެއްކަމުގައެވެ. އެގޮތުން ހޯރަފުށީގެ އެއަރޕޯޓްގައި ފަސިންޖަރުންނަށް ފަސޭހަވާނެ ގޮތަކަށް ވޯކްވޭއެއްފަދަ ތަނެއް މިހާތަނަށް ހެދިފައިނެތުމުގެ ސަބަބުން ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ރޭވި އެމަސައްކަތް ކުރިޔަށް ދާކަމަށް އެކުންފުނިން މައުލޫމާތުދިނެވެ. އެހެން ނަމަވެސް އެމަސައްކަތް މުޅިން ނިންމޭނެ ދުވަހެއް ކަނޑައެޅިގެން މިވަގުތު ބުނެވެންނެ ނެތްކަމަށް، ރީޖަނަލް އެއަރޕޯރޓްސް ކޮމްޕެނީން ބުނެއެވެ.
ހޯރަފުށި އެއަރޕޯރޓްގެ ޖެޓީބޭނުން ކުރަންފެށުމަށްފަހު އަހަރަކަށްވުރެ ގިނަދުވަސް ވެފައިވާއިރު، ޖެޓީއާއި ހަމަޔަށް ދާނެ ވޯކްވޭއެއް ނެތުމުން ޓްރޮލީ ނުދުއްވޭތީ، އެއާރޕޯޓް ޖެޓީ ބޭނުންކުރަމުންދާ ފަރާތަކަށް އަދިވެސް އެދެމެދު ހުރަސްކުރަންޖެހެނީ ލަގެޖް އަތުން އުފުއްލައިގެންނެވެ. ވިއްސާރަނަމަ ދާންޖެހެނީ ތެމިގެންނެވެ. އަދި އެސަރަހައްދުގައި ޗަކަ އޮންނާތީ އިތުރަށް އުނދަގޫވެއެވެ. އެއަރޕޯޓްގެ ޓާމިނަލާއި ޖެޓީއާއި ދެމެދު ހުންނަނީ 140 ހަކަށް މީޓަރުނަމަވެސް އެދެމެދުގައި ބަގީއެއްވެސް ދަތުރު ކޮށްދެނީ 30ރ އަށެވެ.
ހޯރަފުށި އެއަރޕޯޓަށް އެންމެ ގިނަ މީހުން އުފުއްލާ އެއް ލޯންޗް އޮޕަރޭޓަރ ކަމަށްވާ ސީކިންގުން، އެލޯންޗްގެ ކަސްޓަމަރުންގެ ލަގޭޖް ވަރަށް ފަހަކާއި ހަމަޔަށްވެސް އުފުއްލައިދިނެވެ. ނަމަވެސް މިދިޔަ ފެބުރީމަހުގެ 22 ވަނަ ދުވަހުންފެށިގެން ސީކިންގުންވަނީ އެހިދުމަތް ހުއްޓައިލާފައެވެ. ސީކިންގުން މައުލޫމާތު ދިންގޮތުގައި ލަގެޖް އުފުލުމުގައި ކަސްޓަމަރުންނަ ދިމާވާދަތިތައް ހައްލުކުރުމަށް ހިލޭދިން ލަގެޖް އުފުލުމުގެ ހިދުމަތް ހުއްޓާލަންޖެހުނީ ތަކުރާރުކޮށް ދިމާވަމުންދިޔަ ދަތިތަކެއްގެ ސަބަބުންނެވެ.
ގާތްގަނޑަކަށް 198 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރި ހޯރަފުށީ އެއާޕޯޓް 2020 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 29 ވަނަ ދުވަހު ހުޅުވައިދެއްވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ހޯރަފުށި އެއަރޕޯޓަށް އެންމެ ގިނަ މީހުން އުފުއްލާ އެއް ލޯންޗް އޮޕަރޭޓަރ ކަމަށްވާ ސީކިންގުން، އެލޯންޗްގެ ކަސްޓަމަރުންގެ ލަގޭޖް ވަރަށް ފަހަކާއި ހަމަޔަށްވެސް އުފުއްލައިދިނެވެ. ނަމަވެސް މިދިޔަ ފެބުރީމަހުގެ 22 ވަނަ ދުވަހުންފެށިގެން ސީކިންގުންވަނީ އެހިދުމަތް ހުއްޓައިލާފައެވެ. ސީކިންގުން މައުލޫމާތު ދިންގޮތުގައި ލަގެޖް އުފުލުމުގައި ކަސްޓަމަރުންނަ ދިމާވާދަތިތައް ހައްލުކުރުމަށް ހިލޭދިން ލަގެޖް އުފުލުމުގެ ހިދުމަތް ހުއްޓާލަންޖެހުނީ ތަކުރާރުކޮށް ދިމާވަމުންދިޔަ ދަތިތަކެއްގެ ސަބަބުންނެވެ.
ގާތްގަނޑަކަށް 198 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރި ހޯރަފުށީ އެއާޕޯޓް 2020 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 29 ވަނަ ދުވަހު ހުޅުވައިދެއްވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ގުޅުން ހުރެދާނެ ލިޔުން
އެންމެފަހުން އެއަރޕޯރޓް ޖެޓީގެ ވޯކްވޭ ބޭނުންކުރަން ފަށައިފި...
16 - އޭޕްރީލް - 2026
ހޯރަފުށީ އެއަރޕޯރޓް ބޭނުންކުރާ ދަތުރުވެރިންގެ ފަސޭހައަށް ބަރޯ ހަދިޔާކުރަން ކައުންސިލަރު ޒާހިރު ހުށަހަޅުއްވި!
30 - މާރިޗު - 2026
އެންމެފަހުން އެއަރޕޯރޓް ޖެޓީގެ ވޯކްވޭގެ މަސައްކަތް ފަށައިފި!
7 - މާރިޗު - 2026
އެއަރޕޯޓްހުޅުވިތާ 5 އަހަރު، އަދިވެސް ކުރިޔަށްދަނީ ވޯކްވޭ ހެދުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް!
2 - ޖެނުއަރީ - 2026
ހޯރަފުށި އެއަރޕޯރޓް ވޯކްވޭ ނެތުމުގެ ދަތިކަން: އަލީ މޫސާއަށް ދޮޅުއަހަރުންވެސް ނުވެގެން، މެމްބަރު ނަސީރުގެ އެހީއަށް ކައުންސިލަރު ޒާހިރު އެދިއްޖެ
13 - ޖުލައި - 2025
އިހަވަންދޫއާއި އެކު 7 ޓީމެއް ތިލައުތުރު ވޮލީ މުބާރާތުގައި ބައިވެރިވެއްޖެ!
17 - އޭޕްރީލް - 2025
ހޯރަފުށި އެއާޕޯޓް އިންޓަނޭޝަނަލް ކުރަނީ
15 - މާރިޗު - 2024
ހޯރަފުށީ އެއަރޕޯޓް ޖެޓީ ބޭނުން ކުރަންފަށަނީ
7 - ސެޕްޓެމްބަރު - 2023
މިމަސް ނިމުމުގެކުރިން ހޯރަފުށީ އެއާޕޯޓްގެ ޖެޓީ ނިންމަން މިދަނީ މަސައްކަތްކުރަމުން – އާދަމް އާޒިމް
11 - ޖުލައި - 2023
މޯލްޑިވިއަންގެ ފްލައިޓަކަށް މައްސަލައެއްދިމާވެ ޕަސިންޖަރުން ބާލައިފި
21 - ސެޕްޓެމްބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް