ހޯރަފުށި އެއަރޕޯރޓް ވޯކްވޭ ނެތުމުގެ ދަތިކަން: އަލީ މޫސާއަށް ދޮޅުއަހަރުންވެސް ނުވެގެން، މެމްބަރު ނަސީރުގެ އެހީއަށް ކައުންސިލަރު ޒާހިރު އެދިއްޖެ
ހޯރަފުށި އެއަރޕޯރޓްގައި ވޯކްވޭއެއް ނެތުމުގެ ސަބަބުން ދަތުރުވެރިން ތަހައްމަލް ކުރަމުންދާ އުނދަގޫތައް ހައްލުކޮށްދިނުމަށް އެދި، އިހަވަންދޫ ދާއިރާގެ މެމްބަރު އަހްމަދު ނަސީރުގެ އެހީތެރިކަމަށް އިހަވަންދޫ ކައުންސިލް މެމްބަރު މުހައްމަދު ޒާހިރު ހަސަން އެދިއްޖެއެވެ. މިކަމަށް އެދި ޒާހިރު އިއްޔަވަނީ ފޭސްބުކްގައި ޕޯސްޓެއް ކޮށްފައެވެ.
ކައުންސިލަރު ޒާހިރު ފޭސްބުކްގައި ކުރި ޕޯސްޓްގައި ފާހަގަކޮށްފައިވަނީ، ހޯރަފުށި އެއަރޕޯރޓް ބޭނުންކުރާ ދަތުރުވެރިން ލަފާފުރާ ފާލަމާއި، އެއަރޕޯރޓުން ނުކުންނަ ދޮރާހަމަޔަށް ގޯކޮޅެއް، ތާރު ކޮޅެއް ނުވަތަ ކޮންކުރީޓް ކޮޅެއް ބޭއްވޭވަރު ދޮޅު އަހަރުންވެސް ހޯރަފުށި ދާއިރާގެ މެމްބަރު އަލީ މޫސާއަށް ނުވިކަމެވެ. "އިހަވަންދޫ ދާއިރާގެ މެމްބަރު އަހަމްދު ނަސީރު އުޅެދީބަލަ، މަނިކުފާނަށް މިކަންވާނެ! މީ ހާދަހާވާ ދެރަކަމެކޭ. " ޒާހިރު ލިޔެފައިވެއެވެ.
ހޯރަފުށި އެއަރޕޯރޓްގެ ޖެޓީ ބޭނުންކުރަން ފެށިތާ 1 އަހަރާއި 10 މަސް ވެފައިވާއިރު، އަދިވެސް ޖެޓީއާއި ހަމަޔަށް ދާނެ ވޯކްވޭއެއް ނެތުމުން ޓްރޮލީ ނުދުއްވޭތީ، އެއާރޕޯޓް ޖެޓީ ބޭނުންކުރަމުންދާ ފަރާތަކަށް އަދިވެސް އެދެމެދު ހުރަސްކުރަންޖެހެނީ ލަގެޖް އަތުން އުފުލައިގެންނެވެ. ވިއްސާރަނަމަ ދާންޖެހެނީ ތެމިގެންނެވެ. އަދި އެސަރަހައްދުގައި ޗަކަ އޮންނާތީ އިތުރަށް އުނދަގޫވެއެވެ. އެއަރޕޯޓްގެ ޓާމިނަލާއި ޖެޓީއާއި ދެމެދު ހުންނަނީ 140 ހަކަށް މީޓަރުނަމަވެސް އެދެމެދުގައި ބަގީއެއްވެސް ދަތުރު ކޮށްދެނީ 30ރ އަށެވެ.
މިނޫހުން މިއަހަރުގެ މާޗް މަހު ކުރި ސުވާލެއްގެ ޖަވާބުގައި ރީޖަނަލް އެއަރޕޯރޓްސް ކޮމްޕެނީން ބުނެފައިވަނީ، އެކުންފުނިން ހިންގާ އެއަރޕޯޓް ތަކުގައި ފަސެންޖަރުންނަށް ފަސޭހަވާނެގޮތުގެ މަތިން ކަންތައްތައް ކުރުމަކީ ނުހަނު އިސްކަމެއްދޭ ކަމެއްކަމުގައެވެ. އެގޮތުން ހޯރަފުށީގެ އެއަރޕޯޓްގައި ފަސިންޖަރުންނަށް ފަސޭހަވާނެ ގޮތަކަށް ވޯކްވޭއެއްފަދަ ތަނެއް މިހާތަނަށް ހެދިފައިނެތުމުގެ ސަބަބުން ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ރޭވި އެމަސައްކަތް ކުރިޔަށް ދާކަމަށް އެކުންފުނިން މައުލޫމާތުދިނެވެ. އެހެން ނަމަވެސް އެމަސައްކަތް މުޅިން ނިންމޭނެ ދުވަހެއް ކަނޑައެޅިގެން މިވަގުތު ބުނެވެންނެ ނެތްކަމަށް އެކުންފުނިން ބުންޏެވެ.
ގާތްގަނޑަކަށް 198 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރި ހޯރަފުށީ އެއާޕޯޓް 2020 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 29 ވަނަ ދުވަހު ހުޅުވައިދެއްވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ގުޅުން ހުރެދާނެ ލިޔުން
އެންމެފަހުން އެއަރޕޯރޓް ޖެޓީގެ ވޯކްވޭ ބޭނުންކުރަން ފަށައިފި...
16 - އޭޕްރީލް - 2026
ހޯރަފުށީ އެއަރޕޯރޓް ބޭނުންކުރާ ދަތުރުވެރިންގެ ފަސޭހައަށް ބަރޯ ހަދިޔާކުރަން ކައުންސިލަރު ޒާހިރު ހުށަހަޅުއްވި!
30 - މާރިޗު - 2026
އެންމެފަހުން އެއަރޕޯރޓް ޖެޓީގެ ވޯކްވޭގެ މަސައްކަތް ފަށައިފި!
7 - މާރިޗު - 2026
އެއަރޕޯޓްހުޅުވިތާ 5 އަހަރު، އަދިވެސް ކުރިޔަށްދަނީ ވޯކްވޭ ހެދުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް!
2 - ޖެނުއަރީ - 2026
އިހަވަންދޫއާއި އެކު 7 ޓީމެއް ތިލައުތުރު ވޮލީ މުބާރާތުގައި ބައިވެރިވެއްޖެ!
17 - އޭޕްރީލް - 2025
ހޯރަފުށި އެއަރޕޯރޓްގައި، ވޯކްވޭއެއް ނެތުމުން ދިމާވާ ދަތިތައް ހައްލުކުރުމުގެ މަސައްކަތް ނިމޭނެ ދުވަހެއް މިވަގުތު ދެންނެވެންނެތް - ރީޖަނަލް އެއަރޕޯރޓްސް ކޮމްޕެނީ
17 - މާރިޗު - 2025
ހޯރަފުށި އެއާޕޯޓް އިންޓަނޭޝަނަލް ކުރަނީ
15 - މާރިޗު - 2024
ހޯރަފުށީ އެއަރޕޯޓް ޖެޓީ ބޭނުން ކުރަންފަށަނީ
7 - ސެޕްޓެމްބަރު - 2023
މިމަސް ނިމުމުގެކުރިން ހޯރަފުށީ އެއާޕޯޓްގެ ޖެޓީ ނިންމަން މިދަނީ މަސައްކަތްކުރަމުން – އާދަމް އާޒިމް
11 - ޖުލައި - 2023
މޯލްޑިވިއަންގެ ފްލައިޓަކަށް މައްސަލައެއްދިމާވެ ޕަސިންޖަރުން ބާލައިފި
21 - ސެޕްޓެމްބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް