ހޯރަފުށީ އެއަރޕޯރޓް ބޭނުންކުރާ ދަތުރުވެރިންގެ ފަސޭހައަށް ބަރޯ ހަދިޔާކުރަން ކައުންސިލަރު ޒާހިރު ހުށަހަޅުއްވި!
ހއ. ހޯރަފުށީ އެއަރޕޯރޓް ބޭނުންކުރާ ޕަސެންޖަރުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެއަރޕޯރޓަށް 10 ބަރޯ ހަދިޔާކުރުމަށް އިހަވަންދޫ ކައުންސިލަރު މުހައްމަދު ޒާހިރު ހަސަން ހުށަހަޅުއްވިކަން އެނގިއްޖެއެވެ. މިކަމަށް އެދި ޒާހިރު ހުށަހަޅުއްވާފައިވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު، ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ހޯރަފުށީ އެއަރޕޯޓް މެނޭޖަރަށް ފޮނުއްވި ސިޓީއެއްގެ މެދުވެރިކޮށެވެ.
ޒާހިރު ފޮނުއްވި ސިޓީގައި ބަޔާންކުރައްވާފައިވާ ގޮތުގައި، ހޯރަފުށީ އެއަރޕޯޓް ޖެޓީއަށް ލަފާފުރާ ފަރާތްތަކާއި، ވަކިން ޚާއްޞަކޮށް އެހެން ރަށްރަށުން އެއަރޕޯޓަށް އަންނަ ދަތުރުވެރިންނަށް ޖެޓީން ފެށިގެން އެއަރޕޯޓް ޓާމިނަލާ ހަމައަށް ދާގީނާ (ލަގެޖް) އުފުލުމަކީ ނުހަނު ބޮޑު ތަކުލީފެކެވެ. "މިކަން ފަސޭހަ ކުރުމުގެ ގޮތުން އެއަރޕޯޓްގެ ބޭނުމަށް 10 ބަރޯ ހަދިޔާ ކުރުމަށް އަޅުގަނޑު ބޭނުންވެއެވެ. އަޅުގަނޑު މި ބަރޯތައް ހަދިޔާކުރުމުގެ މައިގަނޑު ބޭނުމަކީ ހޯރަފުށި އެއަރޕޯޓުން ފުރާ ފަރާތްތަކަށް ލަގެޖް އުފުލުމުގައި ކުރިމަތިވާ ދަތިތައް ކުޑަކޮށް، މިކަމުގެ ސަބަބުން ވަރަށް ބޮޑު ލުއިފަސޭހަކަމެއް ދަތުރުވެރިންނަށް ލިބިގެންދާނެކަމަށް ދެކޭތީއެވެ،" ޒާހިރުގެ ސިޓީގައި ލިޔުއްވާފައިވެއެވެ.
މީގެ އިތުރުން، ޒާހިރު ފާހަގަކުރެއްވި ގޮތުގައި ބަލިކަށި މީހުންނާއި، ކުޑަކުދިންނާއެކު ދަތުރުކުރާ އާއިލާތަކުގެ އިތުރުން ގިނަ އަދަދަކަށް ލަގެޖް ހުންނަ ފަރާތްތަކަށް ޖެޓީއާއި އެއަރޕޯޓާ ދެމެދު ތަކެތި އުފުލުމަކީ ބުރަ މަސައްކަތެކެވެ. މި ބަރޯތައް ބޭނުންކުރަން ފެށުމުން، ދަތުރުވެރިންނަށް ފަސޭހަކަމާއެކު މުދާ އުފުލައި، ފުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަމަށް އިތުރު ވަގުތާއި ލުއި ލިބިގެންދާނެ ކަމަށް އޭނާ އުއްމީދު ކުރައްވައެވެ.
ޒާހިރުގެ ސިޓީ ނިންމަވައި ލައްވާފައިވަނީ، އަވަސް މުހުލަތެއްގައި ބަރޯ ހަވާލުކުރެވޭނެ އިންތިޒާމެއް ހަމަޖައްސަވައި ދެއްވުން އެދިއެވެ. ނަމަވެސް އެސިޓީއަށް މިހާތަނަށްވެސް ޖަވާބެއް ނުލިބޭކަމަށް ޒާހިރު ވިދާޅުވިއެވެ. ހޯރަފުށީ އެއަރޕޯރޓް ޖެޓީގެ ވޯކްވޭ ހެދުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. އެމަސައްކަތްފެށީ މިހިނގާ މާރިޗުމަހުގެ ކުރީ ކޮޅުއެވެ.
ޖެޓީއާއި ހަމަޔަށް ދާނެ ވޯކްވޭއެއް ނެތުމުން ޓްރޮލީ ނުދުއްވޭތީ، އެއާރޕޯޓް ޖެޓީ ބޭނުންކުރަމުންދާ ފަރާތަކަށް އަދިވެސް އެދެމެދު ހުރަސްކުރަންޖެހެނީ ލަގެޖް އަތުން އުފުއްލައިގެންނެވެ. ވިއްސާރަނަމަ ދާންޖެހެނީ ތެމިގެންނެވެ. އަދި އެސަރަހައްދުގައި ޗަކަ އޮންނާތީ އިތުރަށް އުނދަގޫވެއެވެ. އެއަރޕޯޓްގެ ޓާމިނަލާއި ޖެޓީއާއި ދެމެދު ހުންނަނީ 140 ހަކަށް މީޓަރެވެ.
ގުޅުން ހުރެދާނެ ލިޔުން
އެންމެފަހުން އެއަރޕޯރޓް ޖެޓީގެ ވޯކްވޭ ބޭނުންކުރަން ފަށައިފި...
16 - އޭޕްރީލް - 2026
އެންމެފަހުން އެއަރޕޯރޓް ޖެޓީގެ ވޯކްވޭގެ މަސައްކަތް ފަށައިފި!
7 - މާރިޗު - 2026
އެއަރޕޯޓްހުޅުވިތާ 5 އަހަރު، އަދިވެސް ކުރިޔަށްދަނީ ވޯކްވޭ ހެދުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް!
2 - ޖެނުއަރީ - 2026
ހޯރަފުށި އެއަރޕޯރޓް ވޯކްވޭ ނެތުމުގެ ދަތިކަން: އަލީ މޫސާއަށް ދޮޅުއަހަރުންވެސް ނުވެގެން، މެމްބަރު ނަސީރުގެ އެހީއަށް ކައުންސިލަރު ޒާހިރު އެދިއްޖެ
13 - ޖުލައި - 2025
އިހަވަންދޫއާއި އެކު 7 ޓީމެއް ތިލައުތުރު ވޮލީ މުބާރާތުގައި ބައިވެރިވެއްޖެ!
17 - އޭޕްރީލް - 2025
ހޯރަފުށި އެއަރޕޯރޓްގައި، ވޯކްވޭއެއް ނެތުމުން ދިމާވާ ދަތިތައް ހައްލުކުރުމުގެ މަސައްކަތް ނިމޭނެ ދުވަހެއް މިވަގުތު ދެންނެވެންނެތް - ރީޖަނަލް އެއަރޕޯރޓްސް ކޮމްޕެނީ
17 - މާރިޗު - 2025
ހޯރަފުށި އެއާޕޯޓް އިންޓަނޭޝަނަލް ކުރަނީ
15 - މާރިޗު - 2024
ހޯރަފުށީ އެއަރޕޯޓް ޖެޓީ ބޭނުން ކުރަންފަށަނީ
7 - ސެޕްޓެމްބަރު - 2023
މިމަސް ނިމުމުގެކުރިން ހޯރަފުށީ އެއާޕޯޓްގެ ޖެޓީ ނިންމަން މިދަނީ މަސައްކަތްކުރަމުން – އާދަމް އާޒިމް
11 - ޖުލައި - 2023
މޯލްޑިވިއަންގެ ފްލައިޓަކަށް މައްސަލައެއްދިމާވެ ޕަސިންޖަރުން ބާލައިފި
21 - ސެޕްޓެމްބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް