މާދަމާވެސް ޝައިޚްގެ ދެ ދަރުހެއް ކުރިއަށްދާނެއެވެ. އެގޮތުން މާދަމާ މެންދުރު ނަމާދަށްފަހު "މަސްޖިދު އަބޫބަކުރިނިއް ޞިއްދީޤް" ގައި ދަރުސް އޮންނައިރު، މި ދަތުރުގެ ފަހު ދަރުސް އޮންނާނީ މާދަމާގެ ޢަޞްރު ނަމާދަށްފަހު "މަސްޖިދު ޒުބައިދާ އަޙްމަދު" ގައެވެ.
މިސްކިތު ދަރުސްތަކުގެ އިތުރުން، އަންހެން ކަނބަލުންނަށް ޚާއްޞަކޮށްގެން "ހިއަމިތުރު" ގެ ނަމުގައި ވޯކްޝޮޕެއްވެސް ކުރިއަށްދާނެއެވެ. މިރެ އާއި މާދަމާ ކުރިއަށްދާ މި ވޯކްޝޮޕްގެ ފުރަތަމަ ސެޝަން އޮންނާނީ މިރޭ 20:30 އިން 21:30 އަށެވެ. އަދި ދެވަނަ ސެޝަން ކުރިއަށްދާނީ މާދަމާ ހެނދުނު 10:30 އިން 11:30 އަށެވެ.
މި ވޯކްޝޮޕުން، ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ނަންނޯޓުކުރާ އެންމެ ފުރަތަމަ 25 ފަރާތަށެވެ. ވޯކްޝޮޕްގައި ބައިވެރިވުމަށް ނަންނޯޓުކުރަން ބޭނުންވާ ފަރާތްތަކުން 9746371 ނަންބަރު ފޯނަށް ގުޅުއްވުމަށް އިހަވަންދޫ ކައުންސިލުން އެދެއެވެ.



