5 ވަނަ ދައުރުގެ ކައުންސިލަރުން ހުވާކޮށް، އ.ތ.މ.ކ މެމްބަރުންގެ އިގުރާރުގައި ސޮއެކޮށްފި
އިހަވަންދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ ކައުންސިލަށް އިންތިހާބުވި ކައުންސިލަރުން ހުވާކޮށް، އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިހާބުވި މެމްބަރުން އިގުރާރުގައި ސޮއެކޮށްފިއެވެ. މިކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު އިހަވަންދޫ ސްކޫލްގެ މަލްޓި ޕާޕޯސް ހޯލްގައެވެ.
މިރަސްމިއްޔާތުގައި އަލަށް އިންތިހާބުވި ކައުންސިލަރުންނަށް ހުވާ ލައިދެއްވީ، އިހަވަންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް މޫސާ އިބްރާހިމް އެވެ. މިރަސްމިޔާތުގައި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި އިހަވަންދޫ ކައުންސިލްގެ ކުރީގެ ދައުރުތަކުގެ ކައުންސިލަރުންވެސް ބައިވެރިވެލެއްވިއެވެ. އެގޮތުން އިހަވަންދޫ ކައުންސިލްގެ 1 ވަނަ ދައުރުގެ ރައީސް މުހައްމަދު ސަމީރު، އިހަވަންދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ ރައީސް މުހައްމަދު ރަޝީދުގެ އިތުރުން ނިމިދިޔަ އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ރައީސް އަހްމަދު ސޮބާހް ވެސް މިރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ. މީގެ އިތުރުން އިހަވަންދޫގެ ބޮޑުކަތީބުކަން ކުރެއްވި ޢަަނީ ކަތީބުގެ އިތުރުން އަދުނާނު އަބުދުﷲ މިރަސްމިއްޔާތުގައި ބައިވެރިވެލެއްވުމަކީ މިރަސްމިއްޔާތަށް ލިބިގެންދިޔަ އިތުރު ފުރިހަމަކަމެކެވެ.
މިރަސް މިއްޔާތަށްފަހު ބޭއްވެ އިހަވަންދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ކައުންސިލްގެ ނައިބް ރައީސްގެ މަޤާމަށް ކައުންސިލަރަކު ހޮވާނެއެވެ. މިދައުރުގެ ކައުންސިލްގެ އެންމެ ތަފާތު އެއްކަމަކީ އަލަށް އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ ކައުންސިލަރެއް ކައުންސިލްގައި ހިމެނިގެން ދިއުމެވެ. އެއީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި އިންތިހާބުވި އައިޝަތު ސަމާހަތުއެވެ. ސަމާހަތުގެ އިތުރުން މުހައްމަދު ފިރާގުވެސް އިންތިހާބުވީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައެވެ. ނަމަވެސް ފިރާގުވަނީ ރޭގެ ވަގުތެއްގައި ވެރިކަންކުރާ ޕީއެންސީއާއި ރަސްމީކޮށް ގުޅިފައެވެ. ކައުންސިލްގެ ރައީސް އަލީ ފަވާޒްގެ އިތުރުން ކައުންސިލަރު މޫސާ އަލީ އަދި ކައުންސިލަރު ނާސިރާ އަބުދުލް ވާހިދު އިންތިހާބުވީ އެމްޑީޕީގެ ޓިކެޓްގައެވެ. އެހެންކަމުން ކައުންސިލްގެ މެޖޯރިޓީ އޮންނާނީ އެމްޑީޕީގެ ކައުންސިލަރުންނަށެވެ.
ގުޅުން ހުރެދާނެ ލިޔުން
އޯޕަން ސްޓޭޖް ސަރަހައްދުގައި މައިޒާނެއް ތަރައްޤީކުރަނީ...
13 - އޮގަސްޓު - 2026
ޝައިޚް ޙާތިމް ޔޫސުފްގެ ދަރުސްތަކަކާއި ޚާއްޞަ ވޯކްޝޮޕެއް އިހަވަންދޫގައި
16 - ޖޫން - 2026
އިހަވަންދޫ ކައުންސިލްގެ ނައިބަކަށް މޫސާ އަލީ، އ.ތ.މ.ކ ގެ ނައިބަކަށް ސައުޖަތު އިންތިހާބު ކޮށްފި!
17 - މޭ - 2026
"ރައްޔިތުންގެ ޓީމް" ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ނިންމައިފި: ސޮބާހް
15 - އޭޕްރީލް - 2026
ރަސްތަރި ޤުރްއާން މުބާރާތް 2025: ގަދަ 5 ބައިވެރިން ހޮވައިފި!
28 - ނޮވެމްބަރު - 2025
ރަސްތަރި މުބާރާތުގެ ބައިވެރިން އިހަވަންދޫއަށް އަންނަންފަށައިފި
26 - ނޮވެމްބަރު - 2025
ރަސްތަރި މުބާރާތުގައި 7 ރަށަކުން ވާދަކުރަނީ!
17 - ނޮވެމްބަރު - 2025
ކައުންސިލް ކަޕް އަދި ޑަބުލިއު.ޑީ.ސީ ވޮލީ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
14 - އޮގަސްޓު - 2025
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދަނީ
1 - ޑިސެމްބަރު - 2023
ގިނަ ހަދިޔާ ތަކާއެކު "ހިތްތަކުގެ މާމެލާ މެލީ" ގެ ނަމުގައި އާއިލީ ހަވީރެއް ބާއްވަނީ
10 - މޭ - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް