އިހަވަންދޫ ކައުންސިލްގެ ނައިބަކަށް މޫސާ އަލީ، އ.ތ.މ.ކ ގެ ނައިބަކަށް ސައުޖަތު އިންތިހާބު ކޮށްފި!
އިހަވަންދޫ ކައުންސިލްގެ ފަސްވަނަ ދައުރުގެ ނައިބް ރައީސްކަމުގެ މަޤާމަށް، އެމްޑީޕީގެ ޓިކެޓްގައި އިންތިހާބު ކާމިޔާބުކުރެއްވި މޫސާ އަލީ އިންތިހާބު ކޮށްފިއެވެ. ކައުންސިލްގެ ނައިބު ރައީސްގެ މަޤާމަށް މޫސާ އަލީ އިންތިހާބުކުރީ މިއަދު ބޭއްވި، އިހަވަންދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައެވެ.
ނައިބު ރައީސްގެ މަޤާމަށް ނަން ހުށަހެޅުމަށް ހުޅުވައިލި ފުރުސަތުގައި ނަން ހުށަހެޅީ، މޫސާ އަލީގެ އިތުރުން މުހައްމަދު ފިރާގުއެވެ. މޫސާ އަލީ އިންތިހާބުވީ 3-2 ވޯޓް ގެ ނަތީޖާއަކުންނެވެ. އިހަވަންދޫ ކައުންސިލްގައި ތިއްބަވާ 5 ކައުންސިލަރުންގެ ތެރެއިން 3 ކައުންސިލަރުން އެމްޑީޕީއަށް ނިސްބަތްވާއިރު، ޕީޕީއެމް އަދި އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ ކައުންސިލަރެއް ތިއްބަވައެވެ.
އިހަވަންދޫ އ.ތ.މ.ކ ގެ ނައިބް ރައީސާއަށް އިންތިހާބުކުރީ ސައުޖަތު އަހްމަދުއެވެ. އ.ތ.މ ކޮމިޓީގެ މިދައުރުގެ ފުރަތަމަ ޖަލްސާގައި ނައުބްރައީސާގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވައިލުމުން ނަން ހުށަހެޅީ ސައުޖަތުގެ އިތުރުން ހުރާސަތުއެވެ. ސައުޖަތު އިންތިހާބުވީ 4-1 ވޯޓް އިންނެވެ. އިހަވަންދޫ އ.ތ.މ.ކ ގައި ތިއްބަވަނީ އެމްޑީޕީގެ 4 މެމްބަރުންނާއި ޕީއެންސީގެ 1 މެމްބަރެވެ.
އިހަވަންދޫ ކައުންސިލް
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު
އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
ގުޅުން ހުރެދާނެ ލިޔުން
"ރައްޔިތުންގެ ޓީމް" ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ނިންމައިފި: ސޮބާހް
15 - އޭޕްރީލް - 2026
އޯޕަން ސްޓޭޖް ސަރަހައްދުގައި މައިޒާނެއް ތަރައްޤީކުރަނީ...
13 - އޮގަސްޓު - 2026
ޝައިޚް ޙާތިމް ޔޫސުފްގެ ދަރުސްތަކަކާއި ޚާއްޞަ ވޯކްޝޮޕެއް އިހަވަންދޫގައި
16 - ޖޫން - 2026
5 ވަނަ ދައުރުގެ ކައުންސިލަރުން ހުވާކޮށް، އ.ތ.މ.ކ މެމްބަރުންގެ އިގުރާރުގައި ސޮއެކޮށްފި
17 - މޭ - 2026
އަމިއްލަގޮތުން އިންތިހާބުވެފައި، ޕާޓީއަކާ ގުޅުމަކީ އަމިއްލަ ނަފްސު ގަބޫލުކުރާ ކަމެއްނޫން – އައިޝާ
15 - މޭ - 2026
ސަރުކާރާ ގުޅިގެން ކުރިއަށްދާން މިތިބީ ތައްޔާރަށް: އިންތިޚާބީ ރައީސް ފަވާޒް
18 - އޭޕްރީލް - 2026
ދެ ސަރުކާރުގެ އެއްބާރުލުންވެސް ކައުންސިލަށް ފުރިހަމަޔަށް ނުލިބޭ – ކައުންސިލަރު ޒާހިރު
11 - މާރިޗު - 2026
ސިފާހް (ބޮންއަޅާ) އަމިއްލަގޮތުން ކުރިމަތިލަނީ!
16 - ޖެނުއަރީ - 2026
ޕްރައިމަރީ ނުބާއްވާ ނިންމި ނިންމުން ބަލައެއް ނުގަންނަން – ސޮބާހް
23 - ޑިސެމްބަރު - 2025
ޕީއެންސީ ޕްރައިމަރީގައި ވާދަކުރާ ބައެއް ފަރާތްތަކުގެ ނަންނަގަން އެދެނީ!
17 - ޑިސެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް