މޮޅަދޫގައި ފުޓްސަލް ދަނޑަކާއި ވޮލީ ކޯޓެއް ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
ހއ. މޮޅަދޫގައި ފުޓްސަލް ދަނޑަކާއި ވޮލީ ކޯޓެއް ތަރައްޤީކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރިކްރިއޭޝަނުން ކުރިޔަށް ގެންދާ މިމަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ މިމަހުގެ 5 ވަނަދުވަހު ސްޕޯޓްސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހްމަދު ސައުދީއެވެ. މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަން ގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އަބްދުالله ރާފިއުއެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަން މިނޫހަށް މައުލޫމާތު ދެއްވި ގޮތުގައި މޮޅަދޫ ފުޓްސަލް ދަނޑު ތަރައްޤީ ކުރުމަށް އެމްޓީސީސީ އާއި ހަވާލުކުރީ 1.74 މިލިއަން ރުފިޔާގެ އަގަކަށް 120 ދުވަސް ތެރޭގައި ނިންމާގޮތަށެވެ. އަދި އެރަށުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ވޮލީ ކޯޓްގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރީ 1.24 މިލިއަން ރުފިޔާގެ އަގަކަށް 120 ދުވަސް ތެރޭގައި ނިންމާގޮތަށެވެ.
މޮޅަދޫގެ އިތުރުން ހއ. މުރައިދޫ އަދި ދިއްދޫގައިވެސް ފުޓްސަލް ދަނޑު ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަން ، އެމްޓީސީސީ އާއި ވަނީ ހަވާލުކޮށްފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ދިއްދޫގައި ތަރައްޤީކުރާ މަތީފެންވަރުގެ ފުޓްބޯޅަ ދަނޑުގެ ޢަމަލީ މަސައްކަތް ފަށައިފި
30 - މާރިޗު - 2026
ދިއްދޫ އަދި މުރައިދޫގައި ފުޓްސަލް ދަނޑެއް ތަރައްޤީކުރުމަށް އެމްޓީސީސީ އަށް
26 - އޮކްޓޯބަރު - 2025
"އަޑުނީވޭތީ" މޮޅަދޫ ރައްޔިތުން ނުކުމެ، ރަށްގިރުމުގެ ކަންބޮޑުވުން ފާޅުކޮށްފި!
21 - ޖޫން - 2026
މޮޅަދޫ އާދަޔާ ހިލާފަށް ގިރާތީ ކައުންސިލްގެ ކަންބޮޑުވުން އިންތިހާއަށް!
5 - ޖޫން - 2026
އެމް.ޓީ.ސީ.ސީ އިން އިހަވަންދޫ އޮޕަރޭޝަން ކުރިޔަކަށް ނުދާކަމަށް ބުނިއިރު، ހަވާލުކޮށްފައިވާ ބޮޑެތި މަޝްރޫއުތައް އޮތީ ހުއްޓިފައި!
12 - މޭ - 2026
މޮޅަދޫ ކައުންސިލްގެ އައު 'ބްރޭންޑް އައިޑެންޓިޓީ' އާންމުކޮށްފި!
9 - އޭޕްރީލް - 2026
އިހަވަންދޫ ދާއިރާގެ 22 ގޮނޑިން އެމްޑީޕީއަށް 15، މިނިވަން ކެނޑިޑޭޓުންނަށް 6، ޕީއެންސީއަށް އެންމެ ގޮނޑިއެއް!
6 - އޭޕްރީލް - 2026
ހޯރަފުށީ މަގު ހެދުމުގެ ތިންވަނަ ފިޔަވަހި އެމްޓީސީސީއާ ހަވާލުކޮށްފި
2 - އޭޕްރީލް - 2026
ދިއްދޫގައި ދަނާލެއް އިމާރާތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
2 - އޭޕްރީލް - 2026
ފުޓްސަލް އަދި ފުޓްބޯޅަ ރެފްރީ ކޯހެއް އިހަވަންދޫގައި ކުރިޔަށްގެންދަނީ، ފުރުސަތު ގިނަވެގެން 30 ބައިވެރިޔަކަށް...
31 - މާރިޗު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް