ޕީއެންސީގެ ޓިކެޓް ލިބިފައި ވަނިކޮށް، ރިފްދާ ނަން އަނބުރާ ގެނެސްފި!
ސަރުކާރު ހިންގާ މައި ޕާޓީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީއެންސީ) ގެ ފަރާތުން އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރުމަށް ޓިކެޓް ކަށަވަރުވެފައިވާ މަރިޔަމް ރިފްދާ، އޭނާގެ ނަން އަނބުރާ ގެނެސްފިއެވެ.
ރިފްދާ މިކަން ހާމަކޮށްފައިވަނީ މިއަދު ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ވާގޮތުން، ޕީއެންސީގެ ޕްރައިމަރީގައި އެ މަޤާމަށް ވާދަކުރުމަށް އިތުރު ފަރާތަކުން ކުރިމަތިލާފައި ނުވާތީ، ޕާޓީގެ ޓިކެޓް އޭނާއަށް ލިބުނުކަންވަނީ އަންގާފައެވެ. ނަމަވެސް، ޕްރައިމަރީގެ ކަންކަން ދިޔަގޮތުން ޕާޓީގެ އާންމު މެންބަރުންގެ މެދުގައި މަސްލަހަތު ގެއްލި، ޕާޓީގެ އެއްވެސް ކެނޑިޑޭޓަކަށް ވޯޓު ނުދޭނެކަމަށް ގިނަ ބަޔަކު ބުނަމުންދާކަން ރިފްދާ ފާހަގަކޮށްފައިވެއެވެ.
"މި ނިންމުން މި ނިންމީ އިސްވެ ދެެންނެވުނު ހާލަތު މެދުވެރިވެފައި ވީ ހިނދުވެސް މިއަދާ ހަމައަށްވެސް ޕާޓީގެ މަސްލަހަތު ހިފެހެއްޓުމަށްޓަކައި ޕާޓީގެ އިންތިހާބީ ކޮމެޓީގެ އެއްވެސް ބައްދަލުވުމެއް ބޭއްވިފައި ނެތުމާއި މަޝްވަރާގެ ތެރެއިން ކަންކަން ހައްލުކުރުމަށް މިހާތަނަށް އެއްވެސް މަސައްކަތެއް ކުރެވިފައިވާތަން ފެންނަން ނެތަތީވެ އަޅުގަނޑަށްވެސް ތާއީދު ކުރާ އެތައްބައެއްގެ ލަފައާއި މަޝްވަރާގެ މަތިންނެވެ." ރިފްދާގެ ބަޔާނުގައިވެއެވެ.
ޕީއެންސީ ޕްރައިމަރީގައި ވާދަކުރި ބައެއް ކެނޑިޑޭޓުން ޝަރުތުހަމަނުވާކަމަށް ނިންމައި، ވަކި ކެނޑިޑޭޓުންތަކަކަށް ޕްރައިމެރީއަކާއިނުލާ ޓިކެޓް ދީފައިވާ މައްސަލަވަނީ ބޮޑުވެފައެވެ. އެގޮތުން ޕީއެންސީގެ ޕްރައިމެރީގެ ކަންކަން ހުދުމުހުތާރު ގޮތަކަށް ނިންމާފައިވާތީ ގިނަބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.
ޕީއެންސީއިން ޝަރުތުހަމަނުވާކަމަށް ކަނޑައެޅި ބައެއް ކެންޑިޑޭޓުން އަމިއްލަ ގޮތުން ވާދަކުރަން ނިންމައި އެކަންވަނީ އިއުލާންކޮށްފައެވެ.
ހއ. އިހަވަންދޫ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު
ޕީއެންސީ
ގުޅުން ހުރެދާނެ ލިޔުން
ޕީއެންސީއާ ގުޅުމާމެދު ހުރާސަތަށް ގޮތް ނިންމަން އުނދަގޫވެއްޖެ!
16 - މޭ - 2026
ނަސީރަށް ސަރުކާރުގެ އިތުބާރު އެބައޮތްތަ؟ ސޮބާހް ވިދާޅުވަނީ ނެތޭ! ނަސީރު ވިދާޅުވަނީ އެބައޮތޭ!
20 - އޭޕްރީލް - 2026
އިހަވަންދޫ ދާއިރާގެ 22 ގޮނޑިން އެމްޑީޕީއަށް 15، މިނިވަން ކެނޑިޑޭޓުންނަށް 6، ޕީއެންސީއަށް އެންމެ ގޮނޑިއެއް!
6 - އޭޕްރީލް - 2026
އަމިއްލަގޮތުން ވާދަކުރާ އަމްޖަދު، ޕީއެންސީ ކެމްޕޭނުގައި!
18 - މާރިޗު - 2026
ކައުންސިލް އަދި އ.ތ.މ.ކ އަށް ޕީއެންސީން ކުރިމަތިލާ ފުލްޓީމް ހަމަކޮށްފި!
29 - ޖެނުއަރީ - 2026
އ.ތ.މ.ކ ނައިބު ނަޝީދާ، މިފަހަރު ސޮބާހް ޓީމާއިއެކު ރައީސާ ކަމަށް!
26 - ޖެނުއަރީ - 2026
އަރީބް، ޒާހިރު، ޝަނީޒާ އަދި ސުމާވެސް ދެވަނަ ދައުރަކަށް ކުރިމަތިލަނީ!
12 - ޑިސެމްބަރު - 2025
ފިރާގު އަދި ހުރާސަތު ޕީއެންސީއަށް ސޮއިކޮށްފި
12 - މޭ - 2026
އަމިއްލަ ގޮތުން ވާދަކޮށް އިހަވަންދޫ ކައުންސިލަށް އިންތިހާބުވި ފިރާގު ޕީއެންސީއާ ގުޅެން ނިންމައިފި!
12 - މޭ - 2026
"ރައްޔިތުންގެ ޓީމް" މަސައްކަތް ކުރަނީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން: ސޮބާހް
16 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް