ކައުންސިލް އިންތިހާބު: އިހަވަންދޫގެ 2 ނަންބަރު ވޯޓު ފޮށީގެ އަންހެނުންތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފޮށިތެރޭގައި 2 ގަލަން
އިހަވަންދޫގެ 2 ނަންބަރު ވޯޓު ފޮށީގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ވޯޓު ކަރުދާސްތައް އަޅާފައިހުރި ފޮށީގެ ތެރެއިން 2 ގަލަން ފެނިއްޖެއެވެ.
ވޯޓު ގުނުމަށްޓަކައި ފޮށީގައިވާ ވޯޓު ކަރުދާސްތައް ނެގި އިރު މިފޮށިތެރޭގައި ދޯރިޖަހާފައިވާ 1 ގަލަމާއި ދޯރި ނުޖަހާ އޮތް 1 ގަލަން އޮތެވެ. މިފޮށީގައި ހުރި ވޯޓު ކަރުދާސްތަކުގެ ތެރެއިން 29 ވޯޓު ކަރުދާސް ވަނީ އެއްކޮށް ބާތިލް ވެފައެވެ. ގިނަ ވޯޓުކަރުދާސްތަކެއް ބާތިލުވެފައިވަނީ މިކަމާ ގުޅިގެން ކަމަށްފެންނާތީ އެމައްސަލަ މިހާރު ކޮމްޕުލެއިންސް ބިއުރޯ އަށް ހުށައަޅާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ގިނަ ވޯޓު ކަރުދާސްތައް ބާތިލު ވެފައިވަނީ ވޯޓު ކަރުދާހުގައި އިތުރު ތިކި ތަކާއި ކުރެހުން ހުރުމުގެ ސަބަބުންނެވެ. އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 51 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެމަތިން ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާދިމާގައި ރަނގަޅު ފާހަގަ ޖެހުން ފިޔަވައި، އިތުރު އެހެން ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާނަމަ އެކަރުދާހުގައިވާ ހުރިހާ ވޯޓެއް ބާތިލު ވާނެ ކަމަށް ވޯޓު ބާތިލު ވާނެ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.
އަންހެނުންތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ 5 މެމްބަރުން އިހަވަންދޫގައި އިންތިހާބު ކުރަންޖެހޭއިރު، 29 ވޯޓު ކަރުދާސް ބާތިލު ވުމުން މިއީ ޖުމުލަ 145 ބާތިލް ވޯޓުގެ ގޮތުގައި ގުނާނެ އެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ދާއިރާގެ 22 ގޮނޑިން އެމްޑީޕީއަށް 15، މިނިވަން ކެނޑިޑޭޓުންނަށް 6، ޕީއެންސީއަށް އެންމެ ގޮނޑިއެއް!
6 - އޭޕްރީލް - 2026
އަމިއްލަގޮތުން ވާދަކުރާ އަމްޖަދު، ޕީއެންސީ ކެމްޕޭނުގައި!
18 - މާރިޗު - 2026
ސަރުކާރަކާ އިދިކޮޅު ކައުންސިލެއް ނެގީމަ އިހަވަންދޫއަށް ވެފައޮތްގޮތް އިހަވަންދޫ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިވަޑައި ގަންނަވާނެ – އެމްޕީ ނަސީރު
10 - މާރިޗު - 2026
އަމްޖަދު އަމިއްލަގޮތުން ކުރިމަތިލަނީ!
14 - ޖެނުއަރީ - 2026
ޕީއެންސީގެ ޓިކެޓް ލިބިފައި ވަނިކޮށް، ރިފްދާ ނަން އަނބުރާ ގެނެސްފި!
11 - ޖެނުއަރީ - 2026
އަރީބް، ޒާހިރު، ޝަނީޒާ އަދި ސުމާވެސް ދެވަނަ ދައުރަކަށް ކުރިމަތިލަނީ!
12 - ޑިސެމްބަރު - 2025
ވޯޓުގުނާ މަރުކަޒުގައި އިޢުލާނުކުރި ނަތީޖާ، ކޮމިޝަނުން އާއްމު ކުރި ނަތީޖާއާ ދިމާ ނުވާ މައްސަލައެއް
13 - އޭޕްރީލް - 2021
ލޯކަލް ކައުންސިލް އިންތިހާބް 2021: އިހަވަންދޫގެ 3 ފޮށީގެ ނަތީޖާ އިޢުލާނު ކޮށްފި
10 - އޭޕްރީލް - 2021
އިހަވަންދޫގެ 80 އިންސައްތަ މީހުން ވޯޓުލައިފި
10 - އޭޕްރީލް - 2021
އިހަވަންދިއްޕޮޅުން ވޯޓު ދިނުމުގެ ހައްޤު ލިބިފައިވަނީ 6072 މީހުންނަށް
10 - ފެބްރުއަރީ - 2021
ކޮމެންޓް
އަދި ކޮމެންޓެއް ނެތް