މީގެކުރިން ވެސް އެހެން ބައެއް ކައުންސިލްތަކުން ރާއްޖެއިން ބޭރަށް ކުރި ދަތުރުތަކުގެ މައްސަލަ އޮޑިޓް ރިޕޯޓުގައި ފެންމަތިކޮށްފައިވެ އެވެ.
2023 އަދި 2024 ވަނަ އަހަރު ހއ އަތޮޅު ކައުންސިލުން ތަޖުރިބާ ދަތުރުތަކަށް 1.2 މިލިއަން ރުފިޔާ ހޭދަކުރި!
މުޙައްމަދު އަކުރަމް
31 - މާރިޗު - 2026
ތިލަދުންމަތީ އުތުރުބުރީ (ހއ.) އަތޮޅު ކައުންސިލުން 2023 އަދި 2024 ވަނަ އަހަރު ތަޖުރިބާ ހޯދުމުގެ ދަތުރުތަކަށް 1.2 މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއް ހޭދަކޮށްފައިވާކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދާދިފަހުން ނެރެފައިވާ ހއ. އަތޮޅު ކައުންސިލް އިދާރާގެ 2023 އަދި 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުންނެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެ މުއްދަތުގެ ތެރޭގައި ހއ. އަތޮޅު ކައުންސިލުން ތަޖުރިބާ ހޯދުމުގެ ގޮތުން ޖުމުލަ ތިން ދަތުރެއް ކޮށްފައިވެއެވެ. އެގޮތުން 2023 ވަނަ އަހަރު އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއަށް ދަތުރުކޮށްފައިވާއިރު، 2024 ވަނަ އަހަރުގެ ތެރޭގައި ލ. އަތޮޅަށާއި ފިލިޕީންސްއަށް ތަޖުރިބާ ހޯދުމުގެ ދަތުރުތައް ކޮށްފައިވެއެވެ.
މި ދަތުރުތަކުގެ ޚަރަދުތަކަށް ބަލާއިރު، 2023 ވަނަ އަހަރު އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށް ކުރި ދަތުރަށް 314,080 ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި 2024 ވަނަ އަހަރު ލ. އަތޮޅަށް ކުރި ދަތުރަށް 228,486 ރުފިޔާ ހޭދަކޮށްފައިވާއިރު، އެ އަހަރު ފިލިޕީންސްއަށް ކުރި ދަތުރަށް އެކަނިވެސް 738,520 ރުފިޔާ ހޭދަކޮށްފައިވާކަން އޮޑިޓުން ވަނީ ދައްކާފައެވެ.
މި ތިން ދަތުރަށް އެ ކައުންސިލުން ޖުމުލަ 1,281,086 (އެއްމިލިއަން ދެލައްކަ އައްޑިހަ އެއްހާސް އައްޑިހަ ހަރުފިޔާ) ހޭދަކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދައުލަތުގެ ޚަރަދުތައް ކޮންޓްރޯލްކޮށް، ހިންގުމުގެ އިތުބާރު (އެފިޝަންސީ) އިތުރުކުރުމަށް މިނިސްޓްރީ އޮފް ފައިނޭންސް އާއި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް އިން އަންގާފައިވާ އެންގުންތަކާ އެއްގޮތަށް މި ޚަރަދުތައް ކޮށްފައިވާ ކަމަކަށް ނުބެލެވެއެވެ. އަދި އެދަތުރުތަކުން ހާސިލްކުރަން ބޭނުންވާ ކަންކަމާއި، ލިބެންޖެހޭ ތަޖުރިބާ ކައުންސިލްގެ އިދާރާގައި ބޭނުންކުރާނޭ ގޮތެއް ދަތުރުކުރުމުގެ ކުރިން ކަނޑައަޅާފައެއް ނުވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ފިނޭންސް މިނިސްޓްރީގެ ނިންމުމަކާ ގުޅިގެން "ތިލައުތުރު ފުޓްސަލް މުބާރާތް" ބާއްވާނެ ރަށެއް ހޯދުމުގެ އިއުލާން ބާތިލްކޮށްފި!
17 - ފެބްރުއަރީ - 2026
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ތަށި އުފުއްލާލައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކަށް އުތީމު
13 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ޕެނަލްޓީއިން ކުރި ހޯދައިގެން މުރައިދޫ އަދި އުތީމު ފައިނަލަށް
11 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު
10 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: އިހަވަންދޫގެ ފެންވަރު ދައްކާލައި ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި
7 - ނޮވެމްބަރު - 2025
ވަށަފަރާއި އެއްވަރުވުމުން، މިރޭގެ މެޗުން މޮޅުވާން އިހަވަންދޫއަށް މަޖުބޫރު
7 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ހޯރަފުށި ބަލިކޮށް އިހަވަންދޫ އުއްމީދު އާކޮށްފި
6 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: އުތީމާއި އިހަވަންދޫއަށް ފުއްދާލަންޖެހުނީ ޕޮއިންޓަކުން
4 - ނޮވެމްބަރު - 2025
2024 ވަނަ އަހަރު ހއ އަތޮޅުން އެންމެ ހިންގުންތެރި ރަށު ކައުންސިލަކަށް މޮޅަދޫ ކައުންސިލް
28 - އޮކްޓޯބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: މިފަހަރުގެ މުބާރާތުގައިވެސް ބައިވެރިވީ 10 ރަށަކުން
10 - ސެޕްޓެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް