އިހަވަންދޫ ފިޓްނެސް ސެންޓަރުން ކަސްރަތު ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!
އުމުރުން ދުވަސްވަމުންދާ ވަރަކަށް ހަށިގަނޑަށް އަންނަ ބަދަލުތަކަށް ހޭލުންތެރިކުރުވައި، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއެޅުމުގެ މަގްސަދުގައި އިހަވަންދޫ ފިޓްނެސް ސެންޓަރުން ޚާއްޞަ ކަސްރަތު ޕްރޮގްރާމެއް ފެށުމަށް ނިންމައިފިއެވެ.
"ދުޅަހެޔޮ ސިއްހަތަކަށް ފަރުދީ ޒިންމާ" މި ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އުމުރުން 30 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. މި މަހުގެ 17 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި، އުމުރުން ދުވަސްވަމުންދާ ވަރަކަށް ސިއްހަތަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތަކުގެ އިތުރުން، އަމަލީ ގޮތުން ކުރާ ކަސްރަތު ތަމްރީންތައް ވެސް ހިމެނެއެވެ.
އިހަވަންދޫ ފިޓްނެސް ސެންޓަރު ހިންގުމާ ހަވާލުވެ ހުންނެވި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ މުހައްމަދު ފަޒީލް ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމްގެ ސެޝަންތައް ކުރިއަށް ގެންދާނީ ސެޓިފައިޑް ޕާސަނަލް ޓްރައިނަރެއްގެ ބެލުމުގެ ދަށުންނެވެ.
މި ޕްރޮގްރާމަކީ މުޖުތަމައުގެ ފަރުދުންގެ ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށް އެ ސެންޓަރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. އުމުރުން 30 އަހަރުން މަތީގެ ވީހާވެސް ގިނަ ފަރާތްތަކުން މި ޕްރޮގްރާމްގައި ބައިވެރިވުމަކީ އެ ސެންޓަރުގެ ވަރަށް ބޮޑު އެދުމެކެވެ.
މިޕްރޮގްރާމާއި ބެހޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 9174173 ނަންބަރު ފޯނާއި ގުޅުމަށް އިހަވަންދޫ ފިޓްނެސް ސެންޓަރުން އެދެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް މިފޯމް ފުރިހަމަކުރައްވާ.
ގުޅުން ހުރެދާނެ ލިޔުން
އިތުރު، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އިހަވަންދޫގައި އަޅަނީ!
30 - މާރިޗު - 2025
އަޒުހާރާ، ސްޕޯޓްސް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރަކަށް އައްޔަންކުރައްވައިފި
6 - މާރިޗު - 2024
ރިޝްފާން ޔޫތް އެސޯސިއޭޓްގެ މަގާމަށް އައްޔަންކޮށްފި
16 - ފެބްރުއަރީ - 2024
ދަނޑުގެ ލައިޓްގެ މައްސަލާގައި ވަޒީރާ ސުވާލުކުރަން ފޮނުވުމާއިއެކު ލައިޓް ޖެހުމުގެ އަމަލީ މަސައްކަތް ފަށައިފި
17 - ޖެނުއަރީ - 2024
ޔޫތްސެންޓަރު އަޅަނީ 11 މިލިއަނަށްކަމަށްބުނާ ވާހަކަ ދޮގުކޮށްފި
21 - ސެޕްޓެމްބަރު - 2022
ޔޫތް ސެންޓަރުގެ މަސައްކަތް ފަށައިފި
14 - މާރިޗު - 2022
ޒުވާނުންގެ މަރުކަޒުއަޅަން ހުރަވީ ދަނޑުން ބިންދޭން ނިންމައިފި
16 - ޑިސެމްބަރު - 2021
އިހަވަންދޫގައި ޔޫތް ސެންޓަރެއް އަޅާދޭނެ ބަޔަކު ހޯދަނީ
29 - ނޮވެމްބަރު - 2021
އިހަވަންދޫގައި ވޮލީއަށް ހާއްސަ ފުރަތަމަ އެކަޑަމީގައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި...
24 - މޭ - 2026
ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިހަވަންދޫގެ މެޖޯރިޓީ ހޯދާނެ ޓީމެއް ބެލުމަށް ޕޯލެއް ހުޅުވާލައިފި!
1 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް