ޒުވާނުން މަސްވެރިކަމަށް ނެރުމަށް އިބްރާހިމް ރަޝީދު ކޮށްދެއްވާފައިވާ މަސައްކަތުގެ އަގު ވަޒަންކޮށްފި
ޒުވާނުން ތަމްރީންކޮށް މަސްވެރިކަމަށް ނެރުމަށް ގިނަގުނަ ޙިދުމަތްތަކެއް ކޮށްދެއްވާފައިވާތީ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން އިބްރާހީމް ރަޝީދު، ގުރަހަ، ހއ. އިހަވަންދޫއަށް ހަނދާނީ ފިލައެއް ދީފިއެވެ. އިބްރާހީމް ރަޝީދަށް އެފިލާ ދީފައިވަނީ މަސްވެރިންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ދަރުބާރު ގޭގައި ރޭ ބޭއްވި ހާއްސަ ޖަލްސާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ.
ޒުވާނުން މަސްވެރިކަމަށް އަހުލުވެރިކުރުމުގެ ގޮތުންނާއި އެފަރާތްތައް މަސްވެރިކަމަށް ނެރުއްވުމަށް ރަށު ފެންވަރުގައި ހިންގާ ޕްރޮގްރާމްތައް ހިންގުމުގައި މާލީގޮތުންނާއި އަމަލީގޮތުން އެހީތެރިކަން އިބްރާހިމް ރަޝީދު ފޯރުކޮށްދީފައިވެއެވެ. އަދި އަމިއްލަޔަށް އިސްނަގައިގެން ރަށުގެ އެތައް ކެޔޮޅުންނެއް އިބްރާހިމް ރަޝީދުގެ މޭސްތިރިކަމުގެ ދަށުން ތަމްރީން ކޮށްފައިވެއެވެ.
ރޭގެ ހަފުލާގައި މަސްވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގު ވަޒަންކޮށް އިނާމާއި ހަނދާނީ ފިލާ ދީފައިވެއެވެ. އިބްރާހިމް ރަޝީދަކީ ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ގައުމީ އިނާމުވެސް މިއަހަރު ހާސިލްކޮށްފައިވާ ފަރާތެކެވެ.
ހއ. އިހަވަންދޫ
މަސްވެރިންގެ ދުވަސް
މަސްވެރިން
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑު އެގުރިކަލްޗަރ
ގުޅުން ހުރެދާނެ ލިޔުން
ނޯއާ ދޯނިން މަހަށް ގޮސްގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު!
24 - ޖެނުއަރީ - 2025
ދިވެހި ފަޅުވެރިން ލިބުން ދަތިވެ "ނޯއާ" ދޯނިން މަލިކުން ފަޅުވެރިން ހޯދަނީ
19 - މޭ - 2023
ފިޝަރީސް މިނިސްޓަރ ޑރ. ހުސައިން އިހަވަންދޫއަށް ވަޑައިގެންފި
22 - ޑިސެމްބަރު - 2022
މަސްވެރި އުޅަނދުފަހަރަށް ތެލުގެ ސަބްސިޑީ ހޯދަން ފަހިހަކަތަ ޕޯޓަލްގައި ރެޖިސްޓްރީކުރަން ލާޒިމުކޮށްފި
1 - ސެޕްޓެމްބަރު - 2026
އިހަވަންދޫ ކައުންސިލްގެ ރައީސް 9 ކަންބޮޑުވުމެއް މިނިސްޓަރ ޝިޔާމްއަށް!
8 - އޮގަސްޓު - 2026
ބިންވެސް ދޫކުރި، ބީލަމަށްވެސް ލީ: އެކަމަކު އައު އައިސްޕްލާންޓް ލިސްޓުން އިހަވަންދޫ އުނިވެއްޖެ!
25 - ޖޫން - 2026
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޮޑު މަސްރޭހެއް ބާއްވަނީ ...
15 - ޖޫން - 2026
އެފްއެސްއެމް އިން ޑީސަލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފި!
10 - އޭޕްރީލް - 2026
ފިޝަރީސް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ފެށޭނީ، މަޝްރޫއު ހިންގުމަށް ބޭނުންވާ ބިން ހިއްކާ ނިމުމުން : ފިޝަރީސް މިނިސްޓްރީ
27 - ފެބްރުއަރީ - 2026
ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި
29 - ޖެނުއަރީ - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް