ދިވެހި ފަޅުވެރިން ލިބުން ދަތިވެ "ނޯއާ" ދޯނިން މަލިކުން ފަޅުވެރިން ހޯދަނީ
ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރާނެ ދިވެހިން ލިބުން ދަތިވެ "ނޯއާ" ދޯނިން އިންޑިޔާގެ ޓެރިޓަރީއެއްކަމަށްވާ މަލިކުން ފަޅުވެރިން ހޯދުމަށް އިއުލާންކޮށްފިއެވެ. އެދޯނިންވަނީ މަލިކުން ހަތަރު ފަޅުވެރިން ހޯދަން އިއުލާންކޮށްފައެވެ.
ނޯއާ ދޯނީގެ ވެރިޔާ އަބްދުލްހަލީމް ޢަބްދުއް ނާޞިރު މައުލޫމާތު ދެއްވި ގޮތުގައި، މަލިކުން ފަޅުވެރިން ހޯދަން އިއުލާންކުރުމާއިއެކު މަލިކު އަދި ލަކްޝަދީބުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. " މަލިކު އަދި ލަކްޝަދީބުން ވަރަށް މީހުން ގުޅާ، މަލިކަށް ދާން މިއުޅެނީ، ގޮސް އިންޓަވިއު ކޮށްފަ މީހުން ނަގަން، މަލިކުގަ މިހާރު ހުންނާނެ މިކަންކުރަން އެޖެންޓެއް ބަހައްޓާފަ" ހަލީމް މައުލޫމާތު ދެއްވިއެވެ.
ހަލީމް މައުލޫމާތު ދެއްވި ގޮތުގައި މަލިކުން މީހުން ގެންނަން ނިންމީ، މަލިކުން މީހުން ގެނައުމުގެ އަގުހެޔޮވުމާ އެމީހުންނަކީ ދިވެހި ބަހުން ވާހަކަ ދައްކާ ބަޔަކަށްވުމުގެ އިތުރުން ދިވެހި މަސްވެރިކަމާ އެންމެ ގުޅޭ މަސްވެރިކަމެއްކުރަނީ މަލިކުމީހުންނަށްވީމަ ކަމުގައެވެ. "ބަނގުލަދޭޝް މީހުން ކަމަކުނުދޭ، ވިސާވެސް އަގުބޮޑު" ހަލީމް ތަފްސީލް ކޮށްދެއްވިއެވެ.
ހަލީމަކީ އަބަދުވެސް ތަފާތުކަންކަން ތައާރަފްކުރާ އޮޑިވެރިއެއްކަން ފާހަގަކުރެވެއެވެ. އެގޮތުން އޭނާގެ ނޯއާ ދޯނީގައި، އިންފޯމޭޝަން ޓެކްނޮލޮޖީ އެހީގައި މަސްވެރިންނަށް ފަސޭހަކޮށްދޭނޭ ގިނަ ވަޞީލަތްތައް ދަނީ ބޭނުންކުރަމުންނެވެ.
މަލިކާ އިހަވަންދޫއާ ދެމެދު ހުންނަނީ 90 މޭލުގެ ދުރުމިނެވެ. އިހަވަންދިއްޕޮޅުގެ މީހުންނާއި މަލިކާ ދެމެދު ތާރީހީ އަދި އާއިލީ ގުޅުންތަކެއް އޮންނައިރު، ފަހަކަށް އައިސް ގުޅުންތައް ދަނީ އިތުރަށް ބަދަހިވަމުންނެވެ. އިހަވަންދޫގެ ބަޔަކު މަލިކަށް ޒިޔާރަތް ކޮށްފަވާއިރު މަލިކުގެ ގްރޫޕެއް ވަނީ އީދު ފާހަގަކުރުމަށް އިހަވަންދޫއަށް ގެނެސްފައެވެ.
އިހަވަންދޫގައި މަސްވެރިކަމަށް ނުކުންނަ 14 އުޅަނދަށްވެސް، ފަޅުވެރިން ނުލިބުމުގެ މައްސަލަ ވަރަށްބޮޑަށްވަނީ ކުރިމަތިވެފައެވެ. މަސްވެރިކަމަށް އަލަށް ގުޅޭ ޒުވާނުންގެ އަދަދު ބޮޑުތަނުން މަދުވެފައިވާއިރު، ޒަމާނުންސުރެ މަސްވެރިކަމުގައި އުޅުނު ބައެއް ފަރާތްތައްވެސްދަނީ އެހެން ވަޒީފާތަކަށް ބަދަލުވަމުންނެވެ. މިކަމުގެ ސަބަބެއްކަމުގައި މަސްވެރިން ބުނަމުން އަންނަނީ މަހަށް ހަމަ އަގު ނުލިބުމުގެ އިތުރުން މަސްވެރިކަމުގައި ކުރަންޖެހޭ ހަރަދު އެތައްގުނަޔަކަށް ބޮޑުވެފައިވުމެވެ. ވަރަށް ފަހަކާ ޖެހެންދެއްވެސް އިހަވަންދޫގެ ދޯނި ފަހަރުގައި އެއްވެސް ބިދޭސީއެއް ނުގެންގުޅެއެވެ. ނަމަވެސް މިނިމަމް ވޭޖް ކަނޑައެޅުމާއި، ރިސޯޓް ތަކުން ސާވިސްޗާޖަށް ގެނަ ބަދަލުތަކުގެ ސަބަބުން ރިސޯޓް ވަޒީފާތަކުން ލިބޭ އާމްދަނީ އިތުރުވުމުން ގިނަ ޒުވާނުން މިހާރު ގުޅެނީ ރިސޯޓް ވަޒީފާއާއެވެ. ބައެއް ޒުވާނުން ބުނާގޮތުގައި، ޒުވާނުންނާމެދު ބައެއް ކެޔޮޅުން ގެންގުޅޭ ތަފާތުކުރުމުގެ ސިޔާސަތު ތަކަކީވެސް ޒުވާނުން މަސްވެރިކަމާއި ދުރައްދާ އެއް ސަބަބެވެ.
ގުޅުން ހުރެދާނެ ލިޔުން
ނޯއާ ދޯނިން މަހަށް ގޮސްގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު!
24 - ޖެނުއަރީ - 2025
ޒުވާނުން މަސްވެރިކަމަށް ނެރުމަށް އިބްރާހިމް ރަޝީދު ކޮށްދެއްވާފައިވާ މަސައްކަތުގެ އަގު ވަޒަންކޮށްފި
11 - ޑިސެމްބަރު - 2023
މަސްވެރި އުޅަނދުފަހަރަށް ތެލުގެ ސަބްސިޑީ ހޯދަން ފަހިހަކަތަ ޕޯޓަލްގައި ރެޖިސްޓްރީކުރަން ލާޒިމުކޮށްފި
1 - ސެޕްޓެމްބަރު - 2026
އިހަވަންދޫ ކައުންސިލްގެ ރައީސް 9 ކަންބޮޑުވުމެއް މިނިސްޓަރ ޝިޔާމްއަށް!
8 - އޮގަސްޓު - 2026
ބިންވެސް ދޫކުރި، ބީލަމަށްވެސް ލީ: އެކަމަކު އައު އައިސްޕްލާންޓް ލިސްޓުން އިހަވަންދޫ އުނިވެއްޖެ!
25 - ޖޫން - 2026
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޮޑު މަސްރޭހެއް ބާއްވަނީ ...
15 - ޖޫން - 2026
އެފްއެސްއެމް އިން ޑީސަލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފި!
10 - އޭޕްރީލް - 2026
ފިޝަރީސް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ފެށޭނީ، މަޝްރޫއު ހިންގުމަށް ބޭނުންވާ ބިން ހިއްކާ ނިމުމުން : ފިޝަރީސް މިނިސްޓްރީ
27 - ފެބްރުއަރީ - 2026
ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި
29 - ޖެނުއަރީ - 2025
ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު ޝިޔާމް އިތުރުފުޅު ހެއްދެވިކަން، ނަވާޒް ހެއްކާއިއެކު ހާމަކޮށްފި
13 - ފެބްރުއަރީ - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް