އަޟްހާ ޢީދު 1447: މިރޭ އިހަވަންދޫގައި ޢީދު ވެދުމާ ދިޔުމާއި، ހުޅުރޯކުރުން އަދި އަސަރީ ކެއުން އޮންނާނެ
މިއަހަރުގެ އަޟްހާ ޢީދުގެ އުފާ ފާޅުކުރުމަށްޓަކައި ހއ. އިހަވަންދޫގައި ކުރިއަށްގެންދާ ޚާއްޞަ ހަރަކާތްތަކުގެ ތެރެއިން މިރޭ ޢީދު ވެދުމާ ދިޔުމާއި، ޢީދު ހުޅު ރޯކުރުމުގެ އިތުރުން އަސަރީ ކެއުން އޮންނާނެކަމަށް އިހަވަންދޫ ކައުންސިލުން ހާމަކޮށްފިއެވެ.
މި ހަރަކާތްތަކަކީ އިހަވަންދޫ ކައުންސިލާއި، ރަށުގެ ކްލަބް ޖަމިއްޔާތަކާއި، މުއައްސަސާތަކުގެ އިތުރުން ސަރުކާރު ކުންފުނިތައް ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ. މި ރޭގެ ހުރިހާ ހަރަކާތެއްވެސް ކުރިއަށްދާނީ އިހަވަންދޫ ދެކުނު ފަރާތު ބަނދަރުމަތީގައެވެ.
ކައުންސިލުން ހާމަކޮށްފައިވާ ތާވަލާ އެއްގޮތަށް، މިރޭ 20:30 ގައި ޢީދުގެ ހަރަކާތްތައް ފަށާނީ "ޢީދު ވެދުމާ ދިއުން" ހަރަކާތުންނެވެ. އޭގެ ފަހުން 21:00 ގައި ޢީދު ހުޅު ރޯކުރުން އޮންނައިރު، 21:30 ގައި "އަސަރީ ކެއުން" ކެއްކުމުގެ ހަރަކާތްތައް ފެށޭނެއެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން، ޢީދުގެ ބައެއް ހަރަކާތްތަކަށް ހުރަސް އެޅިފައިވީ ނަމަވެސް، މޫސުން ތަންދޭ މިންވަރަކުން ހުރިހާ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލުން ބުނެއެވެ.
މާދަމާގެ ހަރަކާތްތަކާ ގުޅޭގޮތުން އިހަވަންދޫ ކައުންސިލްގެ ރައީސް އަލީ ފަވާޒު ވިދާޅުވީ، މާދަމާގެ ހަރަކާތްތައް ފެށޭނީ ޢީދު ނަމާދުން ކަމަށެވެ. މޫސުން ރަނގަޅުނަމަ ޢީދު ނަމާދު ކުރުން އޮންނާނީ އިހަވަންދޫ "ޢާޒީ ދަނޑު" ގައި ބޮޑު ޖަމާއަތުގައެވެ. ނަމަވެސް މޫސުން ތަންނުދޭނަމަ ޢީދު ނަމާދު ކުރާނީ ރަށުގައި ހުކުރު ކުރާ މިސްކިތްތަކުގައެވެ. ޢީދު ނަމާދު ކުރިއަށްދާނެ ގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު މިރޭގެ ވަގުތެއްގައި ކައުންސިލްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް އިއުލާން ކުރާނެ ކަމަށްވެސް ފަވާޒު ވިދާޅުވިއެވެ.
މާދަމާގެ އިތުރު ހަރަކާތްތަކަށް ބަލާއިރު، ޢީދު ނަމާދަށްފަހު އިހަވަންދޫ ސްކޫލްގެ މަލްޓި ޕާޕޯސް ހޯލްގައި ޢީދު ސައި އޮންނާނެއެވެ. އޭގެ ފަހުން ރަށުގެ ބޮޑެތި މަގުތަކުގައި ފެންމަޖާ ކުރިއަށްދާއިރު، ހެނދުނު 10:00 ގައި "ކާފަ މާމަ މައިޒާނުގައި" ޢީދު މަޖާ ކުރިއަށްދާނެއެވެ. އަދި މާދަމާ ހަވީރު ބަނދަރުމަތީގައި ސަގާފީ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މާދަމާރޭ އޯޕަން ސްޓޭޖްގައި ޚާއްޞަ ޢީދު ޝޯއެއް އޮންނާނެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ޢީދު ހަރަކާތްތަކުގެ ޖުމުލަ ހަރަދު ފުރަތަމަ ފަހަރަށް އިހަވަންދޫ ކައުންސިލުން ހާމަކޮށް މިސާލު ދައްކައިފި
28 - ޖޫން - 2026
ކްލަބު ޕޯލްސްޓަރގެ ސަގާފީ ހަރަކާތްތަކަށް ބޮޑު ސަމާލުކަމެއް ...
2 - ޖޫން - 2026
އިހަވަންދޫގައި ބޭއްވުނީ ފަހުގެ ތާރީޚެއްގައި އެންމެ ފުރިހަމަ އީދު، އައު ކައުންސިލްގެ ފެށުން ބޮޑުތަނުން ރަނގަޅު: ޝިފާއު
2 - ޖޫން - 2026
އިހަވަންދޫގެ މިއަހަރުގެ ބޮޑު ޢީދު: ކައުންސިލާއި، ކުލަބު ޖަމިއްޔާތައް ގުޅިގެން ކުލަގަދަ ހަރަކާތްތަކެއް ބާއްވަނީ
29 - އޭޕްރީލް - 2026
ވައުދެމުމުގެ މުބާރާތުގެ ޗެމްޕިއަންކަން، ޖެހިޖެހިގެން 3 ވަނަ ފަހަރަށް އިރަމާ ހޯދައިފި
10 - ޖޫން - 2025
ވައު ދެމުމުގެ މުބާރާތުގެ ފައިނަލް މިރޭ!
9 - ޖޫން - 2025
މިފަހަރުގެ ޢީދުގައި އިހަވަންދޫގައި ބޮކި ދިއްލަނީ!
22 - ފެބްރުއަރީ - 2025
އިހަވަންދޫގެ އެންމެ ބާރުގަދަ މީހަކަށް ރިޝްފާން!
21 - ޖޫން - 2024
ވައުދެމުމުގެ މުބާރާތުގެ ޗެމްޕިއަންކަން އިރަމާއިން ދިފާއުކޮށްފި
20 - ޖޫން - 2024
ވައުދެމުމުގެ މުބާރާތުގެ ފައިނަލް މިރޭ!
19 - ޖޫން - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް