މިފަހަރުގެ ޢީދުގައި އިހަވަންދޫގައި ބޮކި ދިއްލަނީ!
ޢީދާ ދިމާކޮށް ރަށްތައް ދިއްލާލުމުގެ ހަރަކާތުގެ ތެރެއިން އިހަވަންދޫއާ ހޯރަފުށި ހިމެނޭހެން ކޮންމެ އަތޮޅަކުން އިތުރު ދެ ރަށުގައި ބޮކި ދިއްލާލުމަށް ނިންމައިފިއެވެ.
އީދުގެ އުފާ ފާޅުކުރަން، މިދިޔަ އަހަރު ވެސް ވަނީ ސިޓީތަކާއި އަތޮޅު ވެރިކަން ކުރާ ރަށްތައް ގިޑިގެތަކާއި ކުލަބޮކިތަކުން ދިއްލާފައެވެ. އެކަން ފެއްޓެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވި އިރެވެ. އެ ފަހަރު ވަނީ މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލެ ވެސް ބޮކިތަކުން ޒީނަތްތެރިކޮށްފަ އެވެ. 28 މިލިއަން ރުފިޔާ ހަރަދު ކޮށްގެން މިއަހަރު އަލަށް ދިއްލުމަށް ހަމަޖެހިފައިވާ 36 ރަށަކީ، އަތޮޅު ވެރިކަންކުރާ ރަށް ނެގުމަށްފަހު ކޮންމެ އަތޮޅެއްގެވެސް އެންމެ އާބާދީ ބޮޑު ދެރަށަށެވެ. އެގޮތުން ހއ އަތޮޅުން މިއަހަރު އަލަށް ބޮކި ދިއްލާނީ އިހަވަންދޫއާއި ހޯރަފުށީގައެވެ.
"އަޅުގަނޑުމެން މި ގެންނަނީ، މިސާލަކަށް މާލެއަކަށް އަޅުގަނޑުމެން ނުގެންނަން. ކުރިން ދިން ރަށްރަށަކަށް އަޅުގަނޑުމެން ނުގެންނަން. އަލަށް ގެންނަ ރަށްރަށަށް މި ގެންނަނީ އެނގޭތޯ. ގެންނައިރު އަޅުގަނޑުމެން މި އަހަރު 36 ރަށަށް ހަރަދުވާނެ ކަމަށް މި ބަލަނީ އެންމެ ގިނަވެގެން 28 މިލިއަން އެނގޭތޯ،" ރައީސް އޮފީހުގައި ބޭއްވި ޕްރެސްއެއްގައި ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެއަކީ ތަހުޒީބު، ރީއްޗަށް ލޯބިކުރާ ބަޔަކު އުޅޭ ތަނެކެވެ. އަދި އީދުގެ އުފާވެރިކަމާއި ހިތްހަމަޖެހުން ވަރަށް ބޮޑަށް ބޭނުންވާ ބައެއް ކަން ވެސް ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެއަށް ގެންނަ އީދު ލައިޓުތަކަކީ އިސްލާމީ ޝިއާރު ފާޅުކުރުމާއި ތަކުބީރު އިވުން ކަހަލަ ކަންކަން ވެސް ހިމެނޭ ލައިޓުތަކެއް ކަމުން، އެކަމަކީ އިސްލާމީ ވަހުދަތު ރައްކާތެރިކުރުމަށް ރައީސް ދެއްވާ އިސްކަން ހާމަވާ ކަމެކެވެ. "އަޅުގަނޑުމެން މި ގެންނަ އީދު ލައިޓުތަކަކީ ދެ ކަމަކަށް ފޯކަސްކުރާ ލައިޓުތަކެއް. އެއްކަމަކީ ވަރަށް ބޮޑަށް އިސްލާމީ ޝިއާރު ފާޅުކުރުމާއި ތަކުބީރު އިވުމާއި އަޅުގަނޑުމެންގެ އިސްލާމީ ވަހުދަތު ރައްކާތެރިކުރުމަށް ރައީސް ދެއްވާ އިސްކަމާއި އަހަމިއްޔަތުކަން އަދި ދިވެހިންގެ ތެރޭގައި އެ ލޯތްބާއި އިހުތިމާރު އޮތް ކަން ފާހަގަވާ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އީދު ލައިޓްތަކަށް ހަރަދުތަކެއް ހިނގި ނަމަވެސް، ރައްޔިތުންގެ ހިތްހަޖެހުމަށް އެފަދަ ހޭދަތައް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ރައްޔިތުންގެ މެދުގައި ދީނީ އެއްބައިވަންތަކަމާއި އިސްލާމީ ރޫހު އާލާކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން މިދިޔަ އަހަރު ފިތުރު އީދަށް ސިޓީތަކާއި ވެރި ރަށްތައް ދިއްލާލުމަށް ދައުލަތުގެ ބަޖެޓުން 42.19 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ. ރަށްރަށް ގެންދާ ލައިޓްތަކަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން ހަރަދު ކުރި ނަމަވެސް، އެ ތަކެތި ބަހައްޓައި ބަލަހައްޓަނީ ރަށްރަށާއި ސީޓީ ކައުންސިލްތަކުންނެވެ.
ގުޅުން ހުރެދާނެ ލިޔުން
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
އިހަވަންދޫ، ހޯރަފުށި، ދިއްދޫ، ބާރަށް އަދި މޮޅަދޫ ހިމެނޭހެން 56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި
18 - ޖެނުއަރީ - 2026
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ހޯރަފުށި ބަލިކޮށް އިހަވަންދޫ އުއްމީދު އާކޮށްފި
6 - ނޮވެމްބަރު - 2025
ވާދެމުމުގެ މުބާރާތުގެ ދެބައިގެ ޗެމްޕިއަންކަންވެސް އިރަމާ ހޯދައިފި
4 - ޖުލައި - 2023
މޫސުން ގޯސްވެ މިސްކިއްތަކުގައި ޢީދު ނަމާދު ކުރާގޮތަށް ހަމަޖައްސައިފި
27 - ޖޫން - 2023
ޢީދު ނަމާދު ބޮޑު ޖަމާއަތް މިފަހަރު ޣާޒީ ދަނޑުގައި
26 - ޖޫން - 2023
މިފަހަރުގެ ޢީދު ނަމާދު، ބޮޑު ޖަމާއަތާއި މަސްޖިދުލް ތައުބާގައި
20 - އޭޕްރީލް - 2023
ދެވަނަ އިހަވަންކަޕްގެ ޗެމްޕިއަންކަން މާރަންދޫ ޔޫތް ސޮސައިޓީ ހޯދައިފި
1 - ޖެނުއަރީ - 2023
އިހަވަން ކަޕްގެ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކުރި ފުރަތަމަ ޓީމަކަށް އެޗްއެން ސްޕޯޓްސް
26 - ޑިސެމްބަރު - 2022
އިހަވަން ކަޕްގެ 2 ވަނަ ރައުންޑް މިމަހު 23 ހުގައި ފަށަނީ
6 - ޑިސެމްބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް