ރޭ އިހަވަންދޫ ހުރަވީ ފުޓުބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗު ކުލަބް ޕެނީއިން ކާމިޔާބު ކޮށްފައިވަނީ އިހަވަންދޫ ކުޅިމަގު ޓީމާއި ވާދަކޮށް، ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އެއްވަރުވެ، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 3-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކުލަބް ޕެނީގެ ގޯލް ކީޕަރ މުޙައްމަދު ޚަލީލްއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 50000 (ފަންސާސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދީފައެވެ. އަދި ރަނަރަޕް ޓީމަށް ވަނީ 25000 (ފަންސަވީސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދީފައެވެ.
ރޭގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވާފައި ވަނީ އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދު އެވެ.
މުބާރާތުގެ ވަނަތައް: މުބާރާތުގެ ފެއަރޕުލޭ ކުޅުންތެރިޔާ. ކުޅިމަގު ޓީމު ޖ. 5 ޢަލީ ނިމާދު މުބާރާތުގެ އުއްމީދީ ކުޅުންތެރިޔާ. ކުލަބު ޕެނީ ޖ.8 ޖާވިދު މުޙައްމަދު 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ. ކުލަބު ޕެނީ ޖ. 31 ސާލިމް މުޙައްމަދު އެންމެ މޮޅު ޑިސެންސް ކުޅުންތެރިޔާ. ކުޅިމަގު ޓީމު ޖ.57 އަސްރާރު ޢަބުދުﷲ އެންމެ މޮޅު މިޑުފީލްޑް ކުޅުންތެރިޔާ. ކުލަބު ޕެނީ ޖ. 21 ހުސެއިން މުޙައްމަދު އެންމެ މޮޅު ފޯވާޑު ކުޅުންތެރިޔާ. ކުލަބު ޕެނީ ޖ. 91 ފަޒުލީން އާދަމް އެންމެ މޮޅު ގޯލްކީޕަރ. ކުޅިމަގު ޓީމު ޖ.33 މުޙައްމަދު އައްފާން އެންމެ މޮޅު ކޯޗު، ކުލަބު ޕެނީ ޢަލީ ރަޝީދު އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާ، ނޮޅިވަރަމް ޒުވާނުންގެ ގުޅުން، ޖ.7 ޢަބުދުއްރަހީމް އަބޫބަކުރު (4 ގޯލް) އެންމެ މޮޅު ކުޅުންތެރިޔާ، ކުލަބު ޕެނީ، ޖ.21 ހުސެއިން މުޙައްމަދު ފެއަރ ޕުލޭ ޓީމު، ޓީމް އުލިގަން ރަނަރއަޕް ޓީމު، ކުޅިމަގު ޓީމު ޗެމްޕިއަން ޓީމު، ކުލަބު ޕެނީ



