އަޑިއަށް ފެތުނު ކަނދުގެ ބަދަލުގައި، އައު ކަނދުފައްޗެއް ހއ. މޮޅަދޫ ބޭރުގައި އަޅައިފި
ހއ. މޮޅަދޫގެ އިރުމަތީ ބިތުން 3 މޭލު ބޭރުގައި ނޮވެމްބަރ 4 ވަނަ ދުވަހު އެޅި ރެކްރިއޭޝަނަލް ކަނދުފަތި އަޑިއަށް ދިއުމާ ގުޅިގެން އެ ކަނދުގެ ބަދަލުގައި، އައު ކަނދުފައްޗެއް ހއ. މޮޅަދޫ ބޭރުގައި އަޅައިފިއެވެ.
މިނިސްޓަރ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އަޑިއަށް ފެތުނު ކަނދުގެ ބަދަލުގައި، އައު ވަދުމަސްކަނދެއް ހއ.މުޅަދޫގެ 1.5 މޭލު ބޭރުން ދެކުނު ސަރަހައްދެއްގައި މިއަދު ހަވީރު އަޅާފި ކަމަށެވެ.
ރާއްޖޭގައި އާއްމުކޮށް ކަނދުފަތިތައް އަޅާ މިންވަރަށްވުރެ ރަށާއި ކައިރިކޮށް އެޅި މިކަނދުގައި ދަތުރުފަތުރު ކުރުމުގެ ސަލާމަތައްޓަކައި ލައިޓެއްވެސް ހަރުކޮށްފައި ވެއެވެ.
ރާއްޖޭގައި އާންމުކޮށް އަޅާ ކަނދުފަތިތައް އަޅަނީ އަތޮޅު ދުނިން ފެށިގެން 12 މޭލާއި 16 މޭލާ ދެމެދުގައެވެ.
މީގެ ކުރިން މިކަނދުފަތި އެޅުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަމުން، ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެފައި ވަނީ މިއީ ވަދާ ދިއުމަށާއި، ކުދި ދޯނި، ޑިންގީ ތަކުގަ މަސްވެރިކަން ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހޯދާދިނުމަށްޓަކައި އަޅާ ބޮއެއް ކަމަށެވެ. އަތޮޅުތަކުގެ ފުށޮޅުގައި އަޅާ ވަދުމަސްވެރިކަމުގެ ބޮއި ތަކުގެ ބޭނުމަކީ ރަށްރަށުގެ ކައިރީ ވަދުމަސްވެރިކަން ކުރުމުގެ ފުރުސަތު ހޯދާދިނުންކަމަށް ފާހަގަ ކުރައްވާ މިބޮއިތަކުގެ ސަބަބުން ފަރުމަސްވެރިން ކުރާ ފަރާތްތަކަށް ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ރެކްރިއޭޝަނަލް ކަނދުފަތި ހއ. މޮޅަދޫ ބޭރުގައި އަޅައިފި
4 - ނޮވެމްބަރު - 2021
ރާއްޖޭގެ ފުރަތަމަ ރެކްރިއޭޝަނަލް ކަނދުފަތި ހއ. މޮޅަދޫ ބޭރުގައި އަޅަނީ
3 - ނޮވެމްބަރު - 2021
ފިޝަރީސް ކޮމްޕްލެކްސް އަދި އައިސް ޕްލާންޓްގެ މަސައްކަތް އެތިއޯންއާ ހަވާލުކޮށްފި
28 - ސެޕްޓެމްބަރު - 2026
އިހަވަންދޫ ކޯލްޑް ސްޓޯރޭޖް ބަޔަކާ ހަވާލު ކުރެވިއްޖެ - މިނިސްޓަރު ޝިޔާމް
11 - ސެޕްޓެމްބަރު - 2026
މަސްވެރި އުޅަނދުފަހަރަށް ތެލުގެ ސަބްސިޑީ ހޯދަން ފަހިހަކަތަ ޕޯޓަލްގައި ރެޖިސްޓްރީކުރަން ލާޒިމުކޮށްފި
1 - ސެޕްޓެމްބަރު - 2026
އިހަވަންދޫ ކައުންސިލްގެ ރައީސް 9 ކަންބޮޑުވުމެއް މިނިސްޓަރ ޝިޔާމްއަށް!
8 - އޮގަސްޓު - 2026
ބިންވެސް ދޫކުރި، ބީލަމަށްވެސް ލީ: އެކަމަކު އައު އައިސްޕްލާންޓް ލިސްޓުން އިހަވަންދޫ އުނިވެއްޖެ!
25 - ޖޫން - 2026
"އަޑުނީވޭތީ" މޮޅަދޫ ރައްޔިތުން ނުކުމެ، ރަށްގިރުމުގެ ކަންބޮޑުވުން ފާޅުކޮށްފި!
21 - ޖޫން - 2026
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޮޑު މަސްރޭހެއް ބާއްވަނީ ...
15 - ޖޫން - 2026
މޮޅަދޫ އާދަޔާ ހިލާފަށް ގިރާތީ ކައުންސިލްގެ ކަންބޮޑުވުން އިންތިހާއަށް!
5 - ޖޫން - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް