އިހަވަންދޫ ކޯލްޑް ސްޓޯރޭޖް (ފިޝަރީޒް ކޮމްޕްލެކްސް)ގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާކަމަށް، މިނިސްޓަރ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް، އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ މިމަހުގެ އެއްވަނަ ދުވަހު، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެމަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާކަމަށް ވިދާޅުވުންފިޔަވާ އިތުރު އެއްވެސް ތަފްސީލެއް އެދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޝިޔާމް ނުދެއްވައެވެ.
އިހަވަންދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ފިޝަރީސް ކޮމްޕްލެކްސްގެ މަސައްކަތުގެ ތެރެއިން %2 މަސައްކަތް ފުރިހަމަކުރެވިފައިވާ ކަމަށް ސަރުކާރުން އިއުލާންކުރިއެވެ.
އިހަވަންދޫގެ ފިޝަރީސް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ފެށޭނީ، މަޝްރޫއު ހިންގުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ނިމުމުންކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސްއިން ބުނެފިއެވެ. ފިޝަރީސް މިނިސްޓްރީއިން މިހެންބުނީ، އިހަވަންދޫ ފިޝަރީސް ކޮމްޕްލެކްސްގެ މަސައްކަތް ފެށޭނެ ތާރީހަކާއި ބެހޭގޮތުން މިނޫހުންކުރި ސުވާލެއްގެ ޖަވާބުގައެވެ.
އިހަވަންދޫގައި ތަރައްޤީކުރުމަށް ނިންމާފައިވާ ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އިހަވަންދޫގައި ތަރައްޤީކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ބީންގާ އަޅައިފިއެވެ. ފިޝަރީޒް ކޮމްޕްލެކްސްގެ ބީންގާ އަޅާފައިވަނީ މިއަދު ހަވީރު، އިހަވަންދޫ ހިއްކިބިން ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް އަދި އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހްއެވެ. މިރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުވެސް ބައިވެރިވެވަޑައިގަތެވެ.
އިހަވަންދޫގައި ތަރައްޤީކުރުމަށް ނިންމާފައިވާ ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފައިވާއިރު، މިހާތަނަށް ނިމިފައިވަނީ އެމަޝްރޫޢުގެ އީ.އައި.އޭ މަސައްކަތް ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އިހަވަންދޫގައި ތަރައްޤީކުރުމަށް ނިންމާފައިވާ ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަރު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސެިން މޫސާއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ އިން އިން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 60.26 މިލިއަން ރުފިޔާގެ އަގަކަށް 500 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 82 ވަނަ ޢާއްމު ޖަލްސާގައިވަނީ މަސްގަންނަ ފެކްޓަރީ އިމާރާތްކުރުމަށް 1 ހެކްޓަރުގެ ބިން ފިޝަރީޝް މިނިސްޓްރީއަށް ހިލޭ ދޫކުރުމަށް ނިންމާފައެވެ. ކައުންސިލްގެ ބައްދަލުވުމުން އެގޮތަށް ނިންމާފައި ވީނަމަވެސް، ކައުންސިލުން ފިޝަރީސް މިނިސްޓްރީގެ ބަދަލުގައި އެބިން ރަޖިސްޓްރީ ކޮށްފައިވަނީ އިހަވަންދޫ ކައުންސިލްގެ ނަމުގައެވެ.
ފިޝަރީސް މިނިސްޓްރީންވަނީ އެކަން ކޮށްފައިވާގޮތް މުރާޖާއަކޮށްދިނުމަށް އެދިފައެވެ. ސަބަބެއްކަމަށް ބުނެފައިވަނީ އިހަވަންދޫގައި ޤާއިމްކުރާ ފެކްޓްރީއަކީ އަންދާޒާ ކުރެވޭގޮތުގައި 150 މިލިއަން ރުފިޔާއަށްވުރެ ބޮޑު ޕްރޮޖެކްޓަކަށްވެފައި، އެފަދަ ބޮޑު އިންވެސްޓްމެންޓެއްގެ އަމަލީ މަސައްކަތް ފަށާއިރު އެކަމަށް ހަމަޖައްސާ ބިމަކީ ދާއިމީ ގޮތެއްގައި އެކަމަށް ކަނޑައަޅާފައިވާ ބިމެއްކަމަށް ކަށަވަރުކުރުމަކީ މުހިއްމުކަމެއްކަމަށް ދެކޭކަމުގައެވެ. އަދި އެފަދަ ބޮޑު އިންވެސްޓްމަންޓެއް ޤާއިމްކުރާއިރު "ވާނުވާ ނޭގޭ" ބިމެއްގައި އެފަދަ ބޮޑު ހޭދައެއްކޮށްގެން އިންވެސްޓްމެންޓެއް ޤާއިމްކުރުމަކީ އެކަމުގައި އެކިގޮތްގޮތުން ރިސްކް ބޮޑު ކަމެއްކަމުގައި ދެކޭކަމަށްވެސް ފިޝަރީސް މިނިސްޓްރީން ބުނެއެވެ.
އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 82 ވަނަ ޢާއްމު ޖަލްސާއިން މަސްގަންނަ ފެކްޓަރީ އިމާރާތްކުރުމަށް 1 ހެކްޓަރުގެ ބިން ފިޝަރީޝް މިނިސްޓްރީއަށް ހިލޭ ދޫކުރުމަށް ނިންމިއެވެ. އެބިން ރަޖިސްޓްރީކުރީ އިހަވަންދޫ ކައުންސިލްގެ ނަމުގައެވެ.
އިހަވަންދޫގައި ގާއިމްކުރަން ހަމަޖެހިފައިވާ މަސްގަނަ ސެންޓްރު އިމާރާތްކުރާނެ ބިމެއް ހޯދުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ އިން އިހަވަންދޫ ކައުންސިލްގައި އެދެފިއެވެ.
މިސަރަހައްދުން މަސްގަންނަ މަރުކަޒުގެ މަސައްކަތް އަންނައަހަރު އިހަވަންދޫގައި ފެށޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ބޮޑުތިލަދުންމަތި ގުޅާލުމުގެ ބިޔަ މަޝްރޫއު ހއ. ދިއްދޫގައި އިފްތިތާހްކުރުމަށް ރޭބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އިހަވަންދޫގައި ފިޝް ކަލެކްޝަން، ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ޤާއިމްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރޭ، ހއ. ކެމްޕެއިން ޓީމްތަކާއި އެކު އޮންލައިންކޮށް ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި، އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ދެއްކެވި ވާހަކަޔަށް ޖަވާބުދާރީވެ ވާހަކަ ދައްކަމަވުންނެވެ.