ރައްޔިތުންގެ އެތައް ހާސް ރުފިޔާއަށް އަޅާލުމެއް ނެތި ވީރާނާވާން ދޫކޮށްލެވިފައި
ހއ އިހަވަންދޫގައި ޕްރީ ސުކުލެއް އަޅާން ފެށި މަސައްކަތް ނުނިމި ދިގުލައިގެންގޮސް ދިހަ ވަރަކަށް އަހަރާއި ހަމަވަނީއެވެ. މި،ދިގު މުއްދަތުގައި ތަނުގެ އެއްވެސް މަސައްކަތެއް އެކަށީގެންވާގޮތުގައި ކުރިއަށް ގެންދެވިފައެއްނެތެވެ. ތަނުގެ މަސައްކަތް މަޑުޖެހި ހުއްޓޭން ދިމާވި މައިގަނޑު ސަބަބަކީ ޕްރީސުކޫލް ތައުލީމުގެ ގާނޫނަށް ގެނެވުނު ބަދަލެވެ.
ރައްޔިތުންގެ ބަޖެޓުން އެތައް ރުފިޔާއެއް ހަރަދުކޮށްގެން ހަދާ މި އިމާރާތުގެ މަސައްކަތް ނިންމާ ތަނުގެ ބޭނުން ހިފޭތޯ އެންމެ ފަހުން މަސައްކަތެއް ކޮށްފައިވަނީ އުވިދިޔަ ކައުންސިލްގެ ދައުރުގެ ތޭރޭގައެވެ. އެމަސައްކަތުގައި ކުރެވުނު މަސައްކަތަކީ ތަން ހިޔާކުރުމެވެ. އެމަސައްކަތް ނިމުނު ތާ ގިނަ ދުވަސްތަކެއް ނުވެ އާ،ކައުންސިލް އިންތިހާބުވެއްޖެއެވެ.
އާކައުންސިލް އިންތިހާބުވެ، ތިން އަހަރުވެގެންދާއިރު މިތަނާއި މެދު އެއްވެސް ވަރަކަށް އަޅާލެވިފާވާ ތަނެއް ނުފެނެއެވެ. ކުޑަމިނުން ލޮލުގެ ހިމަކޮޅުންނަމަވެސް ތަނަށް ބާލާލާހެންނެއް ހިޔެއް ނުވެއެވެ. ބައެއްފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މިކަމުގެ ސަބަބަކީ ނިމިދިޔަ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދާއި މެދު މިހާރުގެ ކައުންސިލުން ގެންގުޅޭ ސިޔާސީ އަދާވާތްތެރިކަމެވެ.
ޕްރީސުކޫލް ތައުލީމުގެ ގާނޫނަށް ގެނެވުނު ބަދަލާއި ގުޅިގެން ތަނުގައި ކުރިން ކުރާން އުޅުނު ބޭނުން ކުރުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. އެހެންކަމުން ތަން ހިޔާކޮށް އަލުން މަސައްކަތް ފެށީ ކޮންވިސްނުމެއްގައި ތޯ އުވިދިޔަ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދާއި ސުވާލުކޮށްލުމުން ވިދާޅުވީ އެކައުންސިލުން މައިގަނޑު ތިން ވިސްނުމެއް ގެންގުޅުނު ކަމަށެވެ. އެއްވިސްނުމަކީ ޔުނިވާސިޓީ، ކޮލެޖު ކެމްޕަހެއްގޮތަށް މަތީތައުލީމު ފޯރުކޮށްދޭ ބަޔަކަށް އެއްބަސްވެވޭ ގޮތްތަކެއްގެ މަތިން ކުޑަ އަގަކަށް، ދިގުމުއްދަތަށް ތަން ދޫކޮށްލުމެވެ. އަނެއްވިސްނުމަކީ އެތަނުގައި ހައިސުކޫލް ތައުލީމު ފޯރުކޮށްދެވޭނޭ ގޮތެއް ހޯދުމެވެ. ތިންވަނަ ވިސްނުމެއްކަމުގައި ވިދާޅުވީ އެޑިޔުކޭޝަން މިނިސްޓްރީއާއި ވާހަކަ ދައްކައިގެން އިހަވަންދޫ ސުކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުންނާއިވެސް އެކު އިހަވަންދޫ ސުކޫލްގެ ދަށުސާނަވީ، ޕުރީސުކޫލް ތައުލީމްގެ ބަޔާއި އެކު އެތަނަށް ބަދަލުކުރުމެވެ. އަދި މިކަމަށް އެދި މިނިސްޓްރީއަށް ހުށަހަޅާފައިވާނޭ ކަމަށާއި ކައުންސިލްގެ ދައުރު ނިމުނުއިރު އެކަމަށް ޖަވާބެއް ލިބިފައި ނެތްކަމަށެވެ.
މި އިމާރާތުގެ މަސައްކަތް ނިންމާ ތަނުގެ ބޭނުންކުރުމުގެ އެއްވެސް ވިސްނުމެއް ގެންގުޅެންތޯ އަދި އެކަމަށްޓަކައި އެއްވެސް މަސައްކަތެއް ކުރެވިފައި ވޭތޯ މިހާރު ހިނގަމުންދާ ކައުންސިލްގެ ރައީސް އަހުމަދު ޞަބާޙް އާއި ސުވާލު ކޮށްލުމުން ވިދާޅުވީ، މިހާތަނަށް ތަނުގެ ސީލިންގ ކޮށްދޭނެ ފަރާތެއް ހޯދުމަށް އެއްފަހަރު ވަނީ އިއުލާން ކުރެވިފައި ކަމަށާއި އެކަމަށް ކުރިމަތިލީ އެންމެ ފަރާތެއްކަމަށާއި ހުށަހެޅިފައި އޮތް އަގަކީވެސް ކައުންސިލަށް ގަބޫލު ކުރެވޭފަދަ އަގަކަށް ނުވުމުގެ އިތުރުން، އެއީ ކައުންސިލަށް އެފަދަ ކަމަކަށް ހަރަދުކުރޭވޭނޭވެސް އަގެއްނޫންކަމަށެވެ. އަދި ފަހުގެ އަޕްޑޭޓް ކަމަށް ވިދާޅުވެ، ވިދާޅުވީ އެތަނަށް ޕްރީބިޑްގެ އުސޫލުން ގޮތްތަކެއް ހޯދުމުގެ ވިސްނުން ކައުންސިލުން ގެންގުޅޭ ކަމަށާއި އެކަމަށް ލަހެއް ނުވެ އިއުލާން ކުރެވޭނޭ ކަމަށެވެ.
ކައުންސިލުގެ ރައީސް އެހެން ވިދާޅުވިޔަސް ވޭތުވެދިޔަ ތިންއަހަރު އެތަނާއި މެދު ކައުންސިލުން އަމަލުކޮށްފައިވާ ގޮތަށްބަލާއިރު މިދައުރުގައި އެތަނުގެ އެއްވެސް މަސައްކަތެއް ކުރެވިދާނޭ ކަމަކަށް ނުބެލެވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ދިޔޯ ކޮލަމް: ކައުންސިލުގެ މިސްރާބު ބަދަލުކުރަން ޖެހޭ
16 - މޭ - 2023
އިހަވަންދޫ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓުވުމުގައި އިހަވަންދޫ ކައުންސިލްގެ ދައުރު އެބައޮތް
24 - އޭޕްރީލް - 2023
ދިޔޯ ކޮލަމް: މިސްކިތްތަށް ބޭނުންކުރުމުގައި މިހާރަށްވުރެ ފަސޭހަވާން ޖެހެއެވެ.
29 - ނޮވެމްބަރު - 2022
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ސްޕޯޓްސް އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ – މެމްބަރު ނަސީރު
19 - އޮކްޓޯބަރު - 2025
އިހަވަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވަނީ!
23 - ޖުލައި - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް