ދައުލަތް އެންމެ ކުރުކޮށް ކިޔުންތެރިން ނަށް ބުނެދިނުމަށް ބުނެވޭނެ ގޮތަކަށް އަޅުގަނޑުގެ ހިޔާލަށް އައި ޢިބާރާތަކީ؛ ދަޢުލަތް އެއީ ސިޔާސީ ރޭވުންތަކާއެކު ސަރުކާރެއްގެ ދަށުން ކަނޑައެޅިފައިވާ ވަކި ޞަރަޙައްދެއްގައި ދިރިއުޅެމުން އަންނަ މީހުންނެވެ. ދަޢުލަތެއް އުފެދި ބިނާވެގެން ދަނީ މައިގަޑު 4 (ހަތަރެއް) އަސާސްތަކެއްގެ މައްޗަށެވެ. މި އަސާސްތައް ވަރަށް ކުރުގޮތަކަށް ލިޔެލަމެވެ.
- އިންސާނީ ވަޞީލަތް (އާބާދީ): ދަޢުލަތެއް އިންސާނީ ވަޞީލަތާކައި ނުލައި ހަމަޤައިމު ވުޖޫދަކަށް ނާންނާނެއެވެ. އެހެނީ، ސަރުކާރު އުފައްދައި ސިޔާސީ ހަރަކާތް ހިންގާ ފަރާތަކީ ހަމަ އިންސާނުންނެވެ.
- ލިބިފައިވާ ޞަރަހައްދު (ޓެރިޓަރީ) : ދައުލަތެއް ގައި އެ ދައުލަތް ނިޞްބަތްވާ ޤައުމަކަށް ކަނޑައެލިފައި އޮންނަ ބިމުގެ ޞަރަހައްދާއި، ވައިގެ ޞަރަޙައްދާއި އަދި ކަނޑުގެ ޞަރަހައްދު އޮންނަން ޖެހެއެވެ. ދައުލަތު ކަނޑުގެ، ބިމުގެ އަދި ވައިގެ ވަޞީލަތްތައް ކަނޑައެޅެނީ މި ޞަރަޙައްދު ތަކުން ނެވެ.
- އަމިއްލަވަންތަކަން (ސަވަރިނިޓީ): މިނިވަންކަމާއެކު އެހެން ބައެއްގެ އަޅުވެތިކަމެއް ނެތި ކަންތައް ނިންމުމުގެ ބާރު ދައުލަތެއްގައި ކޮންމެހެން އޮންނަން ޖެހެއެވެ.
- ސަރުކާރު: ދަޢުލަތެއްގައި އެޑްމިނިސްޓްރޭޓިވް ޔުނިޓް އެއް ޤާއިމު ވެފައި އޮންނަށް ޖެހެއެވެ. މި އަށް އަހަރެމެން ކިޔައި އުޅެނީ ވެރިންކަން ކުރާ ބޮޑީ ނުވަތަ ސަރުކާރެވެ. ދައުލަތުގައިވާ ވެރިކަން ކުރާ ނިޒާމަކީ ސަރުކާރެވެ.



