ކައުންސިލް ކަޕް ވޯލީބޯލް ޓޯނަމެންޓް 2022 ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންޓީމަކަށް ޖަންގަލް
އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދިޔަ "އިހަވަންދޫ ކައުންސިލް ވޯލީ ބޯލް ޓޯނަމެންޓް 2022" ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޖަންގަލް ޓީމް ހޯދައިފިއެވެ.
މިމުބާރާތުގެ ޗެމްޕިއަންކަން ޖަންގަލްއިން ހޯދީ ރޭ އިހަވަންދޫ ފުޓްސަލް ދަނޑުގައި ކުޅުނު މިމުބާރާތުގެ ފައިނަލް މެޗްގައި ކްލަބް އިރަމާގެ މައްޗަށް ސީދާ 3 ސެޓުން ކުރި ހޯދައިގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ސެޓް ޖަންގަލްއިން ކާމިޔާބުކުރީ 29-27 އިންނެވެ. ދެވަނަ ސެޓް 25-17 އިން ކާމިޔާބުކުރިއިރު ތިންވަނަ ސެޓް ކާމިޔާބުކުރީ 25-23 އިންނެވެ.
ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މުހައްމަދު އަބްދުﷲ އެވެ. ފެއަރޕްލޭ ޓީމަކަށް ހޮވުނީ އިރަމާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަނެވެ. 21 އަހަރުން ދަށުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ ޖަންގަލް ޓީމްގެ ބިލާލު އަސްޢަދުއެވެ. މުބާރާތުގެ ޑްރީމް ޓީމަކީ ޖަންގަލް ޓީމްގެ އިސްމާއިލް، މުއާޒް ޖަންގަލް ޓީމް، އަބުދުﷲ އަލީ ޖަންގަލް ޓީމް، އާދިލް ކްލަބް އިރަމާ، ހުސައިން ކްލަބް އިރަމާ އަދި ކްލަބް އިރަމާގެ ސޮބާހްއެވެ. މުބާރާތުގެ އެންމެ މޮޅު ލިބަރޯ ކުޅުންތެރިޔަކަށް ހޮވުނީ ކްލަބް އިރަމާގެ ނައްސާނެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޖަންގަލް ޓީމްގެ ހުސައިން ފަޔާޒްއެވެ.
މިމުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލް މެޗް މިރޭ އޮންނާނެއެވެ. އެމެޗްގައި ބައްދަލުކުރާނީ ގަބީލާ އަދި އަންތަރައެވެ. މޫސުން ރަނގަޅުނަމަ އެމެޗް މިނޫހުގެ ފޭސްބުކް ޕޭޖުން އަދި ޔޫޓިޔުބް ޗެނަލުން ލައިވް ކުރާނެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ޖަންގަލް އަތުން ބަދަލު ހިފައި އިރަމާ ފައިނަލަށް
16 - އޮކްޓޯބަރު - 2024
ކައުންސިލް ކަޕް ވޯލީބޯޅަ މުބާރާތް 2024 - ކުޅިމަގު އަދި ޖަންގަލް ފެށުން ރަނގަޅުކޮށްފި
13 - އޮކްޓޯބަރު - 2024
ކައުންސިލް ކަޕް ވޯލީބޯލް ޓޯނަމެންޓް 2022 ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ގަބީލާ ހޯދައިފި
2 - ޑިސެމްބަރު - 2022
ކައުންސިލް ކަޕް ވޮލީ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު 2 ވަނަ ފަހަރަށް އިތުރުކޮށްފި
23 - ނޮވެމްބަރު - 2022
ޖަންގަލް އަތުން ބަދަލު ހިފައި އެންވީކޭ ފައިނަލަށް!
6 - ސެޕްޓެމްބަރު - 2025
ޔުނައިޓެޑް ޔޫތް ފައިނަލަށް، ޖަންގަލި އަދި އެންވީކޭ ސެމީއަށް
4 - ސެޕްޓެމްބަރު - 2025
ކައުންސިލް ކަޕް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ކުޅިމަގު ހޯދައިފި
18 - އޮކްޓޯބަރު - 2024
ކައުންސިލް ކަޕް ވޯލީބޯޅަ މުބާރާތް 2024 – އިރަމާ ސެމީ ފައިނަލަށް
14 - އޮކްޓޯބަރު - 2024
ޖަންގަލް، އެންވީކޭ، ކުޅިމަގު އަދި އިރަމާ ކައުންސިލް ކަޕްގެ ސެމީފައިނަލަށް ދަތުރުކޮށްފި
28 - ނޮވެމްބަރު - 2023
ކައުންސިލް ކަޕް ވޮލީ މުބާރާތުގައި ބައިވެރިވީ 3 ޓީމް
21 - ނޮވެމްބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް