ކައުންސިލް ކަޕް ވޯލީބޯޅަ މުބާރާތް 2024 – އިރަމާ ސެމީ ފައިނަލަށް
އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ކައުންސިލް ކަޕް ވޮލީ މުބާރާތް 2024، ގެ ސެމީފައިނަލަށް ކްލަބް އިރަމާ ދަތުރުކޮށްފިއެވެ.
އިރަމާ މިމުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖްގައި އެޓީމް ކުޅުނު ފަހު މެޗްގައި މިއަދު ހަވީރު ޔުނައިޓެޑް ޔޫތްގެ މައްޗަށް 3-1 ސެޓް އިން ކުރި ހޯދައިގެންނެވެ. މިއަދުގެ މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އިރަމާގެ ޖާޒީނަންބަރު 12 އަލީ ހުޒާމްއެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖް ލީގު އުސޫލުން ކުޅޭއިރު، އެންމެ ގިނައިން ޕޮއިން ހޯދާ ޓީމަށް ފައިނަލުން ސީދާ ޖާގައެއް ކަށަވަރު ވާނެއެވެ. ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުވާނީ ގްރޫޕް ސްޓޭޖުން 2 ވަނަ އަދި 3 ވަނަ ހޯދާ ޓީމްގެ މެޗްގެ ކުޅޭ ސެމީފައިނަލްއިން މޮޅުވާ ޓީމަށެވެ.
ކްލަބް އިރަމާއަށް ސެމީ ފައިނަލުން ޖާގައެއް ކަށަވަރުވީ ގްރޫޕް ސްޓޭޖްގެ 3 ވަނަ ހޯދައިގެންނެވެ. މާދަމާ ރޭ ކުޅޭ ސެމީ ފައިނަލްގެ މެޗްގައި އިރަމާއާ ދެކޮޅަށް ނުކުންނާނީ، މިރޭ ޖަންގަލް އަދި ކުޅިމަގު ބައްދަލުކުރާ މެޗުން ބަލިވާ ޓީމެކެވެ.
މިމަހުގެ 12 އިން 17 އަށް ކުރިޔަށްދާ މިމުބާރާތުގައި ބައިވެރިވެފައިވަނީ ޔުނައިޓެޑް ޔޫތް، ކުޅިމަގު، ކުލަބް އިރަމާ އަދި ޖަންގަލްއެވެ.
ގުޅުން ހުރެދާނެ ލިޔުން
ކައުންސިލް ކަޕް ވޯލީބޯޅަ މުބާރާތް 2024 - ކުޅިމަގު އަދި ޖަންގަލް ފެށުން ރަނގަޅުކޮށްފި
13 - އޮކްޓޯބަރު - 2024
ކައުންސިލް ކަޕް 2025 ގައި ބައިވެރިވީ 4 ޓީމެއް!
17 - ސެޕްޓެމްބަރު - 2025
ޔުނައިޓެޑް ޔޫތް ފައިނަލަށް، ޖަންގަލި އަދި އެންވީކޭ ސެމީއަށް
4 - ސެޕްޓެމްބަރު - 2025
ކައުންސިލް ކަޕް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ކުޅިމަގު ހޯދައިފި
18 - އޮކްޓޯބަރު - 2024
ޖަންގަލް އަތުން ބަދަލު ހިފައި އިރަމާ ފައިނަލަށް
16 - އޮކްޓޯބަރު - 2024
އެންވީކޭ ފައިނަލަށް ދަތުރުކުރިއިރު، އިރަމާ އަދި ޔޫތް ސެމީއަށް
9 - ސެޕްޓެމްބަރު - 2024
އެންވީކޭ އަދި އިރަމާ މުބާރާތްފެށީ މޮޅަކުން
8 - ސެޕްޓެމްބަރު - 2024
ކައުންސިލް ކަޕް، މިމަހުގެ 7 އިން 12 އަށް
4 - ސެޕްޓެމްބަރު - 2024
ކައުންސިލް ކަޕް ވޯލީބޯލް ޓޯނަމެންޓް 2022 ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ގަބީލާ ހޯދައިފި
2 - ޑިސެމްބަރު - 2022
ކައުންސިލް ކަޕް ވޯލީބޯލް ޓޯނަމެންޓް 2022 ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންޓީމަކަށް ޖަންގަލް
1 - ޑިސެމްބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް