ޖަންގަލް، އެންވީކޭ، ކުޅިމަގު އަދި އިރަމާ ކައުންސިލް ކަޕްގެ ސެމީފައިނަލަށް ދަތުރުކޮށްފި
އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއްޔަށް ގެންދާ “ކައުންސިލް ކަޕް 2023” ގެ ސެމީ ފައިނަލަށް ޖަންގަލް، އެންވީކޭ، ކުޅިމަގު އަދި ކްލަބް އިރަމާ ދަތުރުކޮށްފިއެވެ.
8 ޓީމް ބައިވެރިވެފައިވާ މިމުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކުޅިމަގު ސެމީ ފައިނަލަށް ދަތުރުކުރީ ގްރޫޕް 1 ގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. އެޓީމް ކުޅުނު 3 މެޗްގެ ތެރެއިން އެއް މެޗުން މޮޅުވެފައިވާއިރު އަނެއް ދެމެޗުން އެއްވަރުވުމުން އެޓީމަށް ގްރޫޕް ސްޓޭޖްގައި ލިބުނީ 5 ޕޮއިންޓެވެ. އެގްރޫޕްގެ ދެވަނަ ޓީމެއްގެ ގޮތުގައި ސެމީފައިނަލަށް ދަތުރުކުރީ ކްލަބް އިރަމާއެވެ. އެޓީމްވެސް 5 ޕޮއިންޓް ހޯދާފައިވާއިރު ކުޅިމަގަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.
ގްރޫޕް 2 ގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކުރީ ޖަންގަލް ޓީމެވެ. ޖަންގަލް ޓީމުން ގްރޫޕް ސްޓޭޖްގައި 7 ޕޮއިންޓް ހޯދާފައިވާއިރު، މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމް އެންވީކޭ އެގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލަށް ދަތުރުކުރީ 5 ޕޮއިންޓާއެކުއެވެ.
މާދަމާ 15:45 ގައި ފަށާ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް 1 ގެ އެއްވަނަ ޓީމް ކުޅިމަގު އަދި ގްރޫޕް 2 ގެ ދެވަނަ ޓީމް އެންވީކޭ އެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް 2 ގެ އެއްވަނަ ޓީމް ޖަންގަލް އަދި ގްރޫޕް 1 ގެ ދެވަނަ ޓީމް ކްލަބް އިރަމާއެވެ.
މިމުބާރާތު ޗެމްޕިއަން ޓީމަށް 15000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ދެވަނަ ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ކައުންސިލް ކަޕް 2025 ގައި ބައިވެރިވީ 4 ޓީމެއް!
17 - ސެޕްޓެމްބަރު - 2025
ކައުންސިލް ކަޕް ވޯލީބޯޅަ މުބާރާތް 2024 - ކުޅިމަގު އަދި ޖަންގަލް ފެށުން ރަނގަޅުކޮށްފި
13 - އޮކްޓޯބަރު - 2024
ފަހަތުންއަރާ އިރަމާ ބަލިކޮށް އެންވީކޭއިން 5 ވަނަ ފަހަރަށް ކައުންސިލް ކަޕް ކާމިޔާބުކޮށްފި
13 - ސެޕްޓެމްބަރު - 2024
އެންވީކޭ ފައިނަލަށް ދަތުރުކުރިއިރު، އިރަމާ އަދި ޔޫތް ސެމީއަށް
9 - ސެޕްޓެމްބަރު - 2024
އެންވީކޭ އަދި އިރަމާ މުބާރާތްފެށީ މޮޅަކުން
8 - ސެޕްޓެމްބަރު - 2024
ކައުންސިލް ކަޕް، މިމަހުގެ 7 އިން 12 އަށް
4 - ސެޕްޓެމްބަރު - 2024
އެންވީކޭގެ ރަސްކަން ނިމުމަކަށްގެނެސް ޖަންގަލް ކައުންސިލް ކަޕް ކާމިޔާބުކޮށްފި
1 - ޑިސެމްބަރު - 2023
ފައިނަލް މެޗަށް ޖަންގަލް ޓީމް ނުކުންނަނީ މޮޅުވުމުގެ ރޫހާއިއެކު – ކޯޗް ފަޔާޒް
1 - ޑިސެމްބަރު - 2023
އެންވީކޭގެ އުއްމީދަކީ ފަސް ތަރި ހޯދުން – ކޯޗް ސުޖާއު
1 - ޑިސެމްބަރު - 2023
ކައުންސިލް ކަޕްގެ ފައިނަލަށް އެންވީކޭ އަދި ޖަންގަލް
30 - ނޮވެމްބަރު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް