ޖަންގަލް އަތުން ބަދަލު ހިފައި އިރަމާ ފައިނަލަށް
ޖަންގަލް ބަލިކޮށް ކައުންސިލް ކަޕް ވޮލީ މުބާރާތް 2024، ގެ ފައިނަލަށް ކްލަބް އިރަމާ ދަތުރުކޮށްފިއެވެ. މިމުބާރާތުގެ ފައިނަލަށް އިރަމާ ދަތުރުކުރީ މިރޭކުޅުނު ސެމީފައިނަލް މެޗްގައި ޖަންގަލްގެ މައްޗަށް 3-2 ސެޓުން ކުރި ހޯދައިގެންނެވެ.
މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައި މިދެ ޓީމް ބައްދަލުކުރި މެޗް ޖަންގަލް ކާމިޔާބުކުރީ ސީދާ 3 ސެޓުންނެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މިރޭގެ މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އިރަމާގެ ޖާޒީ ނަންބަރު 12 ހުޒާމްއެވެ.
މިމަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ މިމުބާރާތުގެ ފައިނަލް މެޗްގައި ވާދަކުރާނީ އިރަމާ އަދި ކުޅިމަގެވެ. ކުޅިމަގު މިމުބާރާތުގެ ފައިނަލަށް ދަތުރުކުރީ، ގްރޫޕް ސްޓޭޖުގައި ކުޅިމަގު ކުޅުނު ހުރިހާމެޗަކުން މޮޅުވެ 9 ޕޮއިންޓް ހޯދައިގެން 1 ވަނަ ޓީމްގެ ގޮތުގައެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖް ލީގު އުސޫލުން ކުޅުނުއިރު، އެންމެ ގިނައިން ޕޮއިން ހޯދި ޓީމަށް ފައިނަލުން ސީދާ ޖާގައެއް ކަށަވަރުވެއެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައި އިރަމާ އަދި ކުޅިމަގު ބައްދަލުކުރި މެޗް 3-1 ސެޓްއިން ކާމިޔާބުކުރީ ކުޅިމަގެވެ.
މިމަހުގެ 12 އިން 17 އަށް ކުރިޔަށްދާ މިމުބާރާތުގައި ބައިވެރިވެފައިވަނީ ޔުނައިޓެޑް ޔޫތް، ކުޅިމަގު، ކުލަބް އިރަމާ އަދި ޖަންގަލްއެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 15000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ދެވަނަ ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ކައުންސިލް ކަޕް ވޯލީބޯޅަ މުބާރާތް 2024 - ކުޅިމަގު އަދި ޖަންގަލް ފެށުން ރަނގަޅުކޮށްފި
13 - އޮކްޓޯބަރު - 2024
ކައުންސިލް ކަޕް ވޯލީބޯލް ޓޯނަމެންޓް 2022 ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންޓީމަކަށް ޖަންގަލް
1 - ޑިސެމްބަރު - 2022
ޖަންގަލް އަތުން ބަދަލު ހިފައި އެންވީކޭ ފައިނަލަށް!
6 - ސެޕްޓެމްބަރު - 2025
ޔުނައިޓެޑް ޔޫތް ފައިނަލަށް، ޖަންގަލި އަދި އެންވީކޭ ސެމީއަށް
4 - ސެޕްޓެމްބަރު - 2025
ކައުންސިލް ކަޕް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ކުޅިމަގު ހޯދައިފި
18 - އޮކްޓޯބަރު - 2024
ކައުންސިލް ކަޕް ވޯލީބޯޅަ މުބާރާތް 2024 – އިރަމާ ސެމީ ފައިނަލަށް
14 - އޮކްޓޯބަރު - 2024
ޖަންގަލް، އެންވީކޭ، ކުޅިމަގު އަދި އިރަމާ ކައުންސިލް ކަޕްގެ ސެމީފައިނަލަށް ދަތުރުކޮށްފި
28 - ނޮވެމްބަރު - 2023
ކައުންސިލް ކަޕް ވޯލީބޯލް ޓޯނަމެންޓް 2022 ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ގަބީލާ ހޯދައިފި
2 - ޑިސެމްބަރު - 2022
ކައުންސިލް ކަޕް ވޮލީ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު 2 ވަނަ ފަހަރަށް އިތުރުކޮށްފި
23 - ނޮވެމްބަރު - 2022
ކައުންސިލް ކަޕް ވޮލީ މުބާރާތުގައި ބައިވެރިވީ 3 ޓީމް
21 - ނޮވެމްބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް