ބޭނުންވަނީ ތާރީހް ބަދަލުކޮށްލަން : ޔުނައިޓެޑް ޔޫތްގެ މެނޭޖަރު ރީޙާން
މިފަހަރުގެ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގައި ބޭނުންވަނީ ތާރީހް ބަދަލުކޮށްލަން ކަމަށް، ޑިފެންޑިންގް ޗެމްޕިއަން ޔުނައިޓެޑް ޔޫތްގެ މެނޭޖަރު އަލީ ރީޙާން ބުނެފިއެވެ.
އިހަވަންދޫގައި ބާއްވާ ބޮޑެތި މުބާރާތްތަކުގެ ތަށި މިހާތަނަށް އެއްވެސް ޓީމަކަށް ޖައްސަޖައްސައިގެން ދެ މުބާރާތަކު ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ރީހާން އިޝާރާތް އެކުރަނީ އެތާރީހު ބަދަލުކުރުމަށް ކަމަށްބެލެއެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޔުނައިޓެޑް ޔޫތްއެވެ. އެޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ގެ ނަތީޖާއަކުން އެއްވަރުވުމުން ޕެނަލްޓީގައި ޓީމް ނައިވާދޫ މައްޗަށް 5-6 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
މިނޫހާއި ވާހަކަދައްކަމުން ރީޙާން ބުނީ ޓީމްގެ ސްކޮޑް ފައިނަލްވެ މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިޔަށް ދާކަމުގައެވެ. ޔުނައިޓެޑް ޔޫތުންވަނީ މިދިޔަ އޭޕްރީލް 25 ވަނަ ދުވަހު މިމުބާރާތަށް ޕްރެކްޓިސް ފަށާފައެވެ. "މިދިޔަ އަހަރު އިހަވަންދޫގައި ބޭއްވި ހުރިހާ ފުޓްސަލް މުބާރާތެއް ކާމިޔާބުކުރި ކޯޗް ހުސެން ފަޔާޒް މިފަހަރުވެސް ޓީމްގައި ހުރުމީ ލިބޭ ވަރަށްބޮޑު ހިންހަމަޖެހުމެއް" ރީޙާން ފާހަގަކުރިއެވެ. މިދިޔަ އަހަރުގެ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް ޔުނައިޓެޑް ޔޫތުން ކާމިޔާބުކުރީ ކޯޗް ފަޔާޒްގެ އާރުކާޓީކަމުގެ ދަށުންނެވެ. މިދިޔަ އަހަރުގެ މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީވެސް ފަޔާޒްއެވެ.
ރީހާން ބުނީ މިދިޔަ އަހަރުވެސް ޓީމްގައިތިބި މުހިންމު ހުރިހާ ކުޅުންތެރިން ޓީމްގައި މަޑުކުރާނެ ކަމަށާއި، އަދި އިތުރު ރަނގަޅު ރިޕްލޭސްމެންޓްތަކެއްވެސް ޓީމާއި ގުޅިފައިވާކަމުގައެވެ. "މިދިޔަ އަހަރުގެ މުބާރާތުގެ ކިންގް އަދި ރާއްޖޭގެ ޓޮޕް ލެވެލްގައި ފާހަގަކުރެވޭ، ހަލީމް މިފަހަރުގެ މުބާރާތުންވެސް ފެނިގެންދާނެ" ރީހާންގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. މިދިޔަ އަހަރުގެ މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އަށާއި އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޔުނައިޓެޑް ޔޫތްގެ އަހްމަދު ހަލީމްއެވެ. އޭނާވަނީ އެޓީމަށް ތަށި ހޯދައި ދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.
މިއަހަރުގެ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގައި ބައިވެރިވަނީ 9 ޓީމެކެވެ. އެއީ ކުޅިމަގު ފަސްގަނޑު، ޓީމް މޮޅަދޫ، ޔުނައިޓެޑް ޔޫތް، އެންވީކޭ، އެފްސީ ބޮޑު މަގު، ކުޅި މަގު، ސެންސިޓީ، ޓީމް ނައިވާދޫ އަދި މަނަފަރު އެފްސީއެވެ. މިއަހަރުގެ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް ކުރިޔަށްދާނީ މިމަހުގެ 10 އިން މިމަހުގެ 19 އަށެވެ.
ގުޅުން ހުރެދާނެ ލިޔުން
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވީ 9 ޓީމެއް
7 - މޭ - 2024
އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ޔޫތް އަދި ރަނަރަޕް ޓީމް ނައިވާދޫ، ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގައި ބައިވެރިވެއްޖެ
29 - އޭޕްރީލް - 2024
ދިރާގު ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖް 2023 ގެ ޗެމްޕިއަންކަން ޔުނައިޓެޑް ޔޫތް ހޯދައިފި
1 - އޮގަސްޓު - 2023
ތަށިހޯދަން މިތިބީ ކެތްމަދުވެފައި – ކޯޗް ފަޔާޒް
30 - ޖުލައި - 2023
ސަޕޯޓަރުން ޓީމާއިއެކު ތިބިއްޔާ މީއަހަރެމެންގެ ތައްޓެއް – ނައިވާދޫ ކޯޗް
30 - ޖުލައި - 2023
ގްރޫޕް އޭ ގެ އެއްވަނަ އާއިއެކު ސެމީފައިނަލްގެ ފަހު ޖާގަ ޔުނައިޓެޑް ޔޫތަށް
28 - ޖުލައި - 2023
ޔުނައިޓެޑް ޔޫތަށް ފުރުސަތު ތަނަވަސްވިއިރު އެންވީކޭގެ އަމިއްލަބާރު ކެނޑިއްޖެ!
25 - ޖުލައި - 2023
މިއަދުގެ މެޗްތަކުން ނާވައިދޫ، ކުޅިމަގު އަދި ޔުނައިޓެޑްޔޫތް މޮޅުވެއްޖެ
23 - ޖުލައި - 2023
ހަނިމާދޫ އަދި އެންވީކޭ ޕޮއިންޓް ތާވަލްގެ އެންމެ ކުރިޔަށް
22 - ޖުލައި - 2023
ޔުނައިޓެޑް ޔޫތުން ވަރުގަދަ ނައިވާދޫ ހިފަހައްޓައިފި
22 - ޖުލައި - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް