ރީ-ރަޖިސްޓްރޭޝަނަށްފަހު ސީލިންގ ހަމަނުވާ ތޭވީސް ވޯޓުފޮށި ނުބަހައްޓާ ގޮތަށް ނިންމައިފި
ރިޔާސީ އިންތިޚާބުގައި ބަހައްޓަން ހަމަޖެހިފައިވާ ވޯޓުފޮށިތަކުގެ ތެރެއިން ތޭވީސް ފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފިއެވެ. މިކަމާ ގުޅިގެން އެ ކޮމިޝަނުން ކޮށްފައިވާ އިއުލާންގައިވަނީ، މިފޮށިތައް ނުބަހައްޓާގޮތަށް ނިންމާފައިވަނީ ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހަމަވިއިރު ކޮމިޝަނުން ކަނޑައަޅާފައިވާ ސީލިންގ ހަމަނުވުމުގެ ސަބަބުން، ވޯޓުފޮށި ބެހެއްޓޭ އަދަދަށްވުރެ މަދުން މިތަންތަނުގައި ވޯޓުލުމަށް މީހުން ރަޖިސްޓަރީ ވެފައިވާތީއެވެ.
ވޯޓުފޮށި ނުބަހައްޓަން ނިންމާފައިވަނީ ރިސޯޓު، ރާއްޖެއިންބޭރު އަދި ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ބެހެއްޓުމަށް އިއުލާންކުރި ފޮށިތަކުގެ ތެރެއިން ސީލިންގ ހަމަނުވާ ފޮށިތަކެވެ. އޭގެތެރޭގައި ހިމެނެނީ 18 ރިސޯޓާއި ރާއްޖެއިންބޭރުގައި ބަހައްޓަން ނިންމި 4 ފޮށްޓާއި ސިނާއީ މަސައްކަތްކުރާ ތަންތަނުގެ ތެރެއިން ތިލަފުށީގައި ބަހައްޓަން އިއުލާންކުރި ފޮށްޓެވެ.
މިތަންތަނުގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ދިވެހި ރައްޔިތުން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި އަލުން ރަޖިސްޓަރީ ކުރަން ޖެހޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވެއެވެ. މި ފޮށިތަކުގައި ރަޖިސްޓަރީކޮށްފައިވާ މީހުން، މިހާރު ފޮށި ބެހެއްޓުމަށް އިޢުލާނު ކުރެވި ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ ތަންތަނަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު 2023 އޮގަސްޓު 13 ވާ އާދީއްތަ ދުވަހުގެ ހެނދުނު 08:30 އިން ފެށިގެން 2023 އޮގަސްޓު 14 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 04:00 ގެ ނިޔަލަށްވަނީ ހުޅުވާލައިފައެވެ. އަދި ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީ ކުރުމަށް ހުޅުވާލާފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ މި ފަރާތްތަކަށް ވޯޓުލެވޭނީ ރަށްވެހިވެފައިވާ ރަށުގައިކަމަށްވެސް ބުނެފައިވެއެވެ.
Gazette
ގުޅުން ހުރެދާނެ ލިޔުން
ޑިޖިޓަލް ލައިސަންސް ކާޑު ވޯޓްލާން ބޭނުމެއް ނުކުރެވޭނެ!
24 - ސެޕްޓެމްބަރު - 2023
އިހަވަންދޫން ވޯޓު ދިނުމުގެ ހައްޤު ލިބިފައިވަނީ 2403 މީހުންނަށް
15 - އޮގަސްޓު - 2023
އިހަވަންދޫ ދާއިރާ ރައްޔިތުން ވޯޓުލުމަށް މާލޭގައި ބަހައްޓާ ފޮށި ބަދަލުކޮށްފި
15 - އޮގަސްޓު - 2023
ރިޔާސީ އިންތިހާބުގައި ހއ.އަތޮޅުގައި ބަހައްޓާނީ 24 ވޯޓްފޮށި، އިހަވަންދޫގައި 3 ފޮށި
10 - ޖުލައި - 2023
3 ވޯޓުގެ ތަފާތަކުން އައިޝާއަށް ގާތްގަނޑަކަށް ގޮނޑި ކަށަވަރުވެއްޖެ!
7 - އޭޕްރީލް - 2026
ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ރެފެރަންޑަމް އިއުލާންކޮށް، ރީ-ރަޖިސްޓްރީވުމަށް އަލުން ހުޅުވާލައިފި
18 - ފެބްރުއަރީ - 2026
އިހަވަންދޫ ކައުންސިލްގެ ރައީސް، ސޮބާހް އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހަޅައިފި
19 - ޖެނުއަރީ - 2026
ކައުންސިލް އިންތިހާބަށް ކުރިމަތިލެވޭނީ 1 ފެބުރުއަރީއާ ހަމަޔަށް!
17 - ޖެނުއަރީ - 2026
ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުން އަންނަ ހޮނިހިރު ދުވަހާއި ހަމަޔަށް!
15 - ޖެނުއަރީ - 2026
ރީ-ރަޖިސްޓާކުރުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހާ ހަމަޔަށް ހުޅުވާލައިފި
11 - މާރިޗު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް