އިހަވަންދޫން ވޯޓު ދިނުމުގެ ހައްޤު ލިބިފައިވަނީ 2403 މީހުންނަށް
ރިޔާސީ އިންތިޚާބު 2023 ގެ ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީ މިއަދު އިލެކުޝަނުން އާއްމުކޮށް، ގެޒެޓްކޮށްފައި ވާއިރު ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ އިހަވަންދޫ މީހުންގެ ރެޖިސްޓުރީ ބަލާއިރު، 2403 މީހުންނަށް ވޯޓު ދިނުމުގެ ހައްޤު ލިބިފައި ވާކަމަށް ދައްކައެވެ. މިއީ އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިހާބު 2018 ގައި އިހަވަންދޫން ވޯޓު ދިނުމުގެ ހައްޤު ލިބުނު އަދަދަށްވުރެ 206 މީހުން އިތުރު އަދަދެކެވެ. އެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބުނީ އިހަވަންދޫގެ 2197 ރައްޔިތުންނަށެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވޯޓު ލާންޖެހޭ ފޮށީގެ މައުލޫމާތު އެ ކޮމިޝަންގެ ވެބްސައިޓްގެ އިތުރުން އެސްއެމްއެސް އެއްގެ ޒަރިއްޔާއިން ޗެކް ކޮށްލެވޭނެ ކަމަށެވެ.
އަދި 1414 އަށް ގުޅައިގެންވެސް އެ މައުލޫމާތު ސާފު ކުރެވޭނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ. އެގޮތުން އެސްއެމްއެސްގެ ޒަރިއްޔާއިން ޗެކް ކުރަން ބޭނުންވާ ފަރާތް ތަކުން VR space ID number ޖެހުމަށް ފަހު 1414 އަށް އެސްއެމްއެސް ކޮށްގެން ބެލޭނެއެވެ.
ރަޖިސްޓްރީ ވެފައިވާ ފޮށްޓާއި މެދު ޝަކުވާއެއް އޮތް ނަމަ މާދަމާ މެންދުރު ފަހު 15:00 ގެ ނިޔަލަށް އީސީ އަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ކޮމިޝަނުން ބުނެފައިވަނީ ޝަކުވާ ހުށައަޅާނީ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާބެހޭ ޝަކުވާ ހުށަހަޅާ ފޯމު މެދުވެރިކޮށް ކަމަށެވެ. މި ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށް އިލެކުޝަން ކޮމިޝަނުން ބުނެއެވެ.
މި އިންތިހާބުގައި އިހަވަންދޫގެ 2403 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާއިރު އޭގެ ތެރެއިން އިހަވަންދޫގައި ބެހެއްޓޭ 3 ވޯޓު ފޮއްޓަށް ޖުމުލަ 2021 މީހުން ވަނީ ރެޖިސްޓުރީ ކޮށްފައެވެ. އަދި މާލޭގައި ބަހައްޓާ ހއ. އަތޮޅު މާލެ 3 ނަންބަރު ވޯޓު ފޮއްޓަށް ވޯޓު ލުމަށް ޖުމުލަ 343 މީހުން ރެޖިސްޓުރީ ކޮށްފައިވެއެވެ. ހުޅުމާލޭގައި ބަހައްޓާ އެހެނިހެން 1 ނަންބަރު ވޯޓު ފޮއްޓަށް އިހަވަންދޫގެ 33 މީހުން ރެޖިސްޓުރީ ކޮށްފައިވާއިރު ވިލިނގިލީގައި ބަހައްޓާ އެހިނިހެން 1 ނަންބަރު ވޯޓު ފޮއްޓަށް ވޯޓު ލުމަށް އިހަވަންދޫގެ 6 މީހަކު ވަނީ ރެޖިސްޓަރ ކޮށްފައެވެ.
ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމް
ހއ. އިހަވަންދޫން ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު
ގުޅުން ހުރެދާނެ ލިޔުން
ޑިޖިޓަލް ލައިސަންސް ކާޑު ވޯޓްލާން ބޭނުމެއް ނުކުރެވޭނެ!
24 - ސެޕްޓެމްބަރު - 2023
އިހަވަންދޫ ދާއިރާ ރައްޔިތުން ވޯޓުލުމަށް މާލޭގައި ބަހައްޓާ ފޮށި ބަދަލުކޮށްފި
15 - އޮގަސްޓު - 2023
ރީ-ރަޖިސްޓްރޭޝަނަށްފަހު ސީލިންގ ހަމަނުވާ ތޭވީސް ވޯޓުފޮށި ނުބަހައްޓާ ގޮތަށް ނިންމައިފި
12 - އޮގަސްޓު - 2023
ރިޔާސީ އިންތިހާބުގައި ހއ.އަތޮޅުގައި ބަހައްޓާނީ 24 ވޯޓްފޮށި، އިހަވަންދޫގައި 3 ފޮށި
10 - ޖުލައި - 2023
3 ވޯޓުގެ ތަފާތަކުން އައިޝާއަށް ގާތްގަނޑަކަށް ގޮނޑި ކަށަވަރުވެއްޖެ!
7 - އޭޕްރީލް - 2026
ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ރެފެރަންޑަމް އިއުލާންކޮށް، ރީ-ރަޖިސްޓްރީވުމަށް އަލުން ހުޅުވާލައިފި
18 - ފެބްރުއަރީ - 2026
އިހަވަންދޫ ކައުންސިލްގެ ރައީސް، ސޮބާހް އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހަޅައިފި
19 - ޖެނުއަރީ - 2026
ކައުންސިލް އިންތިހާބަށް ކުރިމަތިލެވޭނީ 1 ފެބުރުއަރީއާ ހަމަޔަށް!
17 - ޖެނުއަރީ - 2026
ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުން އަންނަ ހޮނިހިރު ދުވަހާއި ހަމަޔަށް!
15 - ޖެނުއަރީ - 2026
ރީ-ރަޖިސްޓާކުރުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހާ ހަމަޔަށް ހުޅުވާލައިފި
11 - މާރިޗު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް