މިސްކިތްމަގު ޓީމުގެ މެނޭޖަރު ރީހާން، އެއް އަހަރަށް ސަސްޕެންޑް ކޮށްފި
އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކުލަބުން އިންތިޒާމްކޮށްގެން ކުރިއަށްދާ އިވަން ފުޓުސަލް ޗެލެންޖް 2025 ގެ ޑިސިޕްލިނަރީ ކޮމިޓީން، މި މުބާރާތުގައި ބައިވެރިވި މިސްކިތްމަގު ޓީމުގެ މެނޭޖަރު ރީހާން، އެއް އަހަރު ދުވަހަށް ސަސްޕެންޑް ކުރުމަށް ނިންމައިފިއެވެ. މި ނިންމުން ވަނީ މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކުގެ މެނޭޖަރުންނަށް ފޮނުވާފައެވެ.
ޑިސިޕްލިނަރީ ކޮމިޓީގެ ނިންމުމުގައިވާ ގޮތުން، ރީހާން ސަސްޕެންޑް ކޮށްފައިވަނީ އެޓީމް އެންމެ ފަހުން ކުޅުނު މެޗު ކުޅެމުންދިޔަ ވަގުތު މުބާރާތުގެ ގަވާއިދާ ޚިލާފު ޢަމަލުތަކެއް ކުރުމާ ގުޅިގެންނެވެ. މައްސަލައިގެ ތަފްސީލުގައި ބަޔާންކޮށްފައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި، "މިސްކިތްމަގު ޓީމާއި" "ބޮޑުމަގު ޓީމު" ބައްދަލުކުރި މެޗުގައެވެ. މި މެޗު ކުޅެމުންދިޔަ ވަގުތު ރީހާން ދަނޑަށް އެރިކަމަށާއި، އަދި ދަނޑަށް ގޮނޑިއެއް އެއްލިކަމަށް ވަނީ ފާހަގަކޮށްފައެވެ.
ޑިސިޕްލިނަރީ ކޮމިޓީން މި މައްސަލަ ބެލުމަށްފަހު، ބައްދަލުވުމެއް ބާއްވައި މަޝްވަރާ ކުރުމަށްފަހު ނިންމާފައިވަނީ، ރީހާން ކޮށްފައިވާ އަމަލަކީ މުބާރާތުގެ ގަވާއިދާ ޚިލާފު އަމަލަކަށް ވާތީއާއި، އަދި މިސްކިތްމަގު ޓީމުގެ މެނޭޖަރުގެ ހައިސިއްޔަތުން، ޓީމެއް ހިންގުމުގެ ޒިންމާއާ ހަވާލުވެހުރެ ކޮށްފައިވާ ކުޅިވަރުގެ އަހުލާގާއި، މުޖުތަމައުގެ އަގުތަކާ ޚިލާފު އަމަލަކަށް ވާތީ މިކަމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށެވެ. އެގޮތުން، ކޮމިޓީގެ ހިންގާ ގަވާއިދުން ލިބިފައިވާ ބާރާއި އިޚްތިޔާރުގެ ދަށުން ރީހާން އެއް އަހަރު ދުވަހަށް ސަސްޕެންޑް ކުރުމަށް ނިންމާފައިވާކަން ވަނީ އަންގާފައެވެ. މީގެ އިތުރުން މިސްކިތްމަގު ޓީމްވެސްވަނީ 2000ރ އިން ޖޫރިމަނާ ކޮށްފައެވެ. އަދި ކުރިޔަށްހުރި މުބާރާތްތަކުގައި އެޓީމަށް ބައިވެރިވެވޭނީ އެފައިސާ ދެއްކުމުންކަމަށްވެސް ޑިސިޕްލިނަރީ ކޮމިޓީގެ ނިންމުމުގައި ވެއެވެ.
މި ނިންމުމުގެ ސަބަބުން ރީހާންއަށް ކުރިއަށް އޮތް މުބާރާތުގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިއެއް ނުވެވޭނެކަމަށް ޑިސިޕްލިނަރީ ކޮމިޓީން ބުނެއެވެ. މިމުބާރާތުގެ ސެމީ ފައިނަލް މެޗްތައް އަދާއި މިރޭ ކުޅޭނެއެވެ. މިއަދު ހަވީރުގެ މެޗްގައި ވާދަކުރާނީ އެންވީކޭ އަދި ޔުނައިޓެޑް ޔޫތްއެވެ، ސެމީފައިނަލްގެ ފަހު މެޗްގައި ބޮޑުމަގު ނުކުންނާނީ ބޮޓަފޯގޯއާ ދެކޮޅަށެވެ.
ގުޅުން ހުރެދާނެ ލިޔުން
މިއަހަރުގެ "އިހަވަން ފުޓުސަލް ޗެލެންޖް" ނުބާއްވަން ނިންމައިފި!
3 - ޖޫން - 2026
ބޮޑުމަގު އަތުން ބަދަލުހިފައި، އިހަވަން ފުޓްސަލް ޗެލެންޖްގެ ތަށިހިއްލާލައި، އިހަވަންދޫގެ އެންމެ ކާމިޔާބު ޓީމަކަށް އެންވީކޭ!
3 - އޮގަސްޓު - 2025
މިސްކިތްމަގު ޓީމުގެ މެނޭޖަރުކަމުން ރީހާން ވަކިކޮށްފި!
1 - އޮގަސްޓު - 2025
އިހަވަން ފުޓްސަލް ޗެލެންޖް 2025: ފައިނަލްގައި މިދިޔަ އަހަރުގެ ޗެމްޕިއަން ބޮޑުމަގާއި ރަނަރަޕް އެންވީކޭ އަނެއްކާވެސް ކުރިމަތިލަނީ
1 - އޮގަސްޓު - 2025
އިހަވަން ފުސަލް ޗެލެންޖް 2025: ޒުވާން ކުޅުންތެރިންގިނަ ބޮޓަފޯގޯ ސެމީއަށް!
29 - ޖުލައި - 2025
އިހަވަން ފުސަލް ޗެލެންޖް 2025: އެންވީކޭ ސެމީފައިނަލަށް!
28 - ޖުލައި - 2025
އިހަވަން ފުސަލް ޗެލެންޖް 2025: ބޮޑު މަގު ސެމީފައިނަލަށް!
27 - ޖުލައި - 2025
ޑިފެންޑިންގ ޗެމްޕިއަން ބޮޑުމަގު އަދި ރަނަރަފް އެންވީކޭ ފުރަތަމަ މެޗުން މޮޅުވެއްޖެ!
26 - ޖުލައި - 2025
އިހަވަން ފުޓްސަލް ޗެލެންޖްގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފި!
15 - ޖޫން - 2025
އިހަވަން ފުޓްސަލް ޗެލެންޖް ޖުލައި މަހު ބާއްވަނީ..
15 - ޖެނުއަރީ - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް