މިއަހަރުގެ "އިހަވަން ފުޓުސަލް ޗެލެންޖް" ނުބާއްވަން ނިންމައިފި!
އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކުލަބް (ސާކް) އިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ފޯރިގަދަ ފުޓްސަލް މުބާރާތް، "އިހަވަން ފުޓުސަލް ޗެލެންޖް" މިއަހަރު ނޯންނާނެކަން އެ ކުލަބުގެ އިސް އޮފިޝަލަކު ކަށަވަރުކޮށްދީފިއެވެ.
މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މި މުބާރާތް ބާއްވާނެކަމަށް ސާކުން ކުރިން އިއުލާންކޮށްފައިވީ ނަމަވެސް، މުބާރާތް މިއަހަރު ނުބާއްވާ ގޮތަށް މިހާރު ވަނީ ނިންމާފައެވެ. ސާކްގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، މި ނިންމުން ނިންމީ މުބާރާތް މިހާރަށްވުރެ ރަނގަޅަށް އިންތިޒާމުކޮށް، ފެންވަރު ރަނގަޅުކޮށް ކުރިއަށް ގެންދިއުމުގެ މަގްސަދުގައެވެ.
"މަސައްކަތް ކުރަނީ އަންނަ އަހަރު މި މުބާރާތް ބޭއްވުމަށް. ރަނގަޅަށް އިންތިޒާމްކުރެވި، ފެންވަރު ރަނގަޅަށް ގެންދެވޭނެ ގޮތްތައް ފަހިވީމާ މުބާރާތް އިއުލާންކުރަން ގަސްތުކުރަނީ،" ސާކްގެ އޮފިޝަލް ވިދާޅުވިއެވެ.
އިހަވަން ފުޓްސަލް ޗެލެންޖަކީ 2023 ވަނަ އަހަރުން ފެށިގެން ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ބާއްވަމުން އައި "ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް" ރިބްރޭންޑްކޮށްގެން މިދިޔަ އަހަރު ބޭއްވި މުބާރާތެކެވެ. ކުރިން ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތް ރިބްރޭންޑް ކުރުމަށްފަހު، މިހާރު ޚާއްސަކޮށްފައިވަނީ ހއ. އަތޮޅުގެ ރަށްތަކަށެވެ.
މިދިޔަ އަހަރު ބޭއްވި މި މުބާރާތުގެ ފޯރިގަދަ ފައިނަލުގައި ވާދަކޮށް ޗެމްޕިއަންކަން ހޯދާފައިވަނީ އެންވީކޭ އެވެ. އެ އަހަރުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ 7،000 ރުފިޔާ ދީފައެވެ.
ފަހުގެ ތާރީޚެއްގައި އިހަވަންދޫގައި އެންމެ އިންތިޒާމުތައް ފުރިހަމަކޮށް ބާއްވަމުން އައި މި މުބާރާތް މިއަހަރު ނޯންނާނެކަން އެނގުމަކީ، އިހަވަންދޫގެ އިތުރުން މުޅި އަތޮޅުގެ ފުޓްސަލް ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ލިބުނު ވަރަށް ބޮޑު މާޔޫސްކަމެކެވެ.
ގުޅުން ހުރެދާނެ ލިޔުން
ބޮޑުމަގު އަތުން ބަދަލުހިފައި، އިހަވަން ފުޓްސަލް ޗެލެންޖްގެ ތަށިހިއްލާލައި، އިހަވަންދޫގެ އެންމެ ކާމިޔާބު ޓީމަކަށް އެންވީކޭ!
3 - އޮގަސްޓު - 2025
މިސްކިތްމަގު ޓީމުގެ މެނޭޖަރުކަމުން ރީހާން ވަކިކޮށްފި!
1 - އޮގަސްޓު - 2025
އިހަވަން ފުޓްސަލް ޗެލެންޖް 2025: ފައިނަލްގައި މިދިޔަ އަހަރުގެ ޗެމްޕިއަން ބޮޑުމަގާއި ރަނަރަޕް އެންވީކޭ އަނެއްކާވެސް ކުރިމަތިލަނީ
1 - އޮގަސްޓު - 2025
މިސްކިތްމަގު ޓީމުގެ މެނޭޖަރު ރީހާން، އެއް އަހަރަށް ސަސްޕެންޑް ކޮށްފި
31 - ޖުލައި - 2025
އިހަވަން ފުސަލް ޗެލެންޖް 2025: ޒުވާން ކުޅުންތެރިންގިނަ ބޮޓަފޯގޯ ސެމީއަށް!
29 - ޖުލައި - 2025
އިހަވަން ފުސަލް ޗެލެންޖް 2025: އެންވީކޭ ސެމީފައިނަލަށް!
28 - ޖުލައި - 2025
އިހަވަން ފުސަލް ޗެލެންޖް 2025: ބޮޑު މަގު ސެމީފައިނަލަށް!
27 - ޖުލައި - 2025
ޑިފެންޑިންގ ޗެމްޕިއަން ބޮޑުމަގު އަދި ރަނަރަފް އެންވީކޭ ފުރަތަމަ މެޗުން މޮޅުވެއްޖެ!
26 - ޖުލައި - 2025
އިހަވަން ފުޓްސަލް ޗެލެންޖްގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފި!
15 - ޖޫން - 2025
އިހަވަން ފުޓްސަލް ޗެލެންޖް ޖުލައި މަހު ބާއްވަނީ..
15 - ޖެނުއަރީ - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް