މިސްކިތްމަގު ޓީމުގެ މެނޭޖަރުކަމުން ރީހާން ވަކިކޮށްފި!
އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކުލަބުން އިންތިޒާމްކޮށްގެން ކުރިއަށްދާ އިހަވަން ފުޓުސަލް ޗެލެންޖް 2025 ގައި މިސްކިތްމަގު ޓީމުގެ މެނޭޖަރުގެ މަގާމު ފުރަމުންދިޔަ ރީހާން، އެ މަގާމުން ވަކިކޮށްފައިވާ ކަމަށް ވަރަށް އިތުބާރުހުރި މަސްދަރަކުން މިނޫހަށް މައުލޫމާތު ދީފިއެވެ. ރީހާން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.
މިސްކިތްމަގު ޓީމުން މިމުބާރާތުގައި ކުޅުނު އެންމެ ފަހު މެޗްގައި ހިނގައިދިޔަ ހަމަނުޖެހުމެއްގެ ސަބަބުން، އިހަވަން ފުޓުސަލް ޗެލެންޖް 2025 ގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ރީހާން އެއް އަހަރު ދުވަހަށް ސަސްޕެންޑް ކުރުމަށް ނިންމާފައެވެ. އަދި މިސްކިތްމަގު ޓީމްވެސްވަނީ 2000ރ އިން ޖޫރިމަނާވެސް ކޮށްފައެވެ. ބެލެވޭގޮތުގައި ރީހަން އެޓީމްގެ މެނޭޖަރުކަމުން ވަކިކޮށްފައިވަނީ މިސަބަބާއި ހުރެއެވެ.
މިމުބާރާތުގައި މިސްކިތްމަގުގެ ފަރާތުން ފެނިގެން ގޮސްފައިވަނީވެސް ދަށް ކުޅުމެކެވެ. ގްރޫޕް ސްޓޭޖްގައި ކުޅުނު ތިން މެޗުންވެސް ބަލިވެފައި ވާއިރު ބައިކޮޅަށްވަނީ 23 ގޯލް ވަދެފައެވެ. އެޓީމަށް މިމުބާރާތުގައި ޖެހިފައިވަނީ އެންމެ ގޯލެކެވެ. އެއީ ޔުނައިޓެޑް ޔޫތާއި ދެކޮޅަށް އެޓީމްގެ އަހްމަދު ފިރާޝް ޖެހި ގޯލެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ރީހާން އެޓީމްގެ މެނޭޖަރުކަމުން ވަކިކުރިޔަސް، އެޓީމްގެ ސޯޝަލް މީޑިޔާ ޕްލެޓް ފޯމްތަކުގެ ކޮންޓްރޯލް އަދިވެސް އޮތީ އޭނާގެ އަތުގައެވެ. އެހެންކަމުން މިހާތަނަށް އައިއިރުވެސް ރީހާން މަޤާމުން ވަކިކުރިކަން އާނމުކުރެވޭ ގޮތެއް ނުވެއެވެ.
2015 ވަނަ އަހަރުގެ މައި-ކަޕް ފުޓްބޯޅަ މުބާރާތާއެކު އުފެދުނު ‘ކޮފަލި’ ގެ ނަން ‘މިސްކިތްމަގު ސްޕޯޓްސް ކުލަބް’ އަށް ބަދަލުކޮށްފައިވަނީ މިއަހަރުއެވެ. އެޓީމް އުފެދިންގެން އައިސްފައިވަނީ ކުރީގެ ނިކަ ސަރަހައްދުންނެވެ. ނިކަ ޓީމު ފަނޑުވި ވަގުތު އެ ސަރަހައްދުގައި ނަގައި ކިޔަން ފެށީ ކޮފަލިއެވެ. ފާއިތުވި ދިހަ އަހަރު ތެރޭ ރަށުގައި ހިންގުނު އެކި އެކި ކުޅިވަރު މުބާރާތްތަކުގެ އިތުރުން ކޮފަލި ފާހަގަވެގެން ގޮސްފައިވަނީ ރަށުގައި ހިންގޭ އެކި އެކި އިޖުތިމަޢީ ހަރަކާތްތަކުގައި ބައިވެރިވެ، ހަރަކާތްތައް ހިންގާ ބަދަހި ޓީމެއްގެ ގޮތުގައެވެ.
އިހަވަން ފުޓުސަލް ޗެލެންޖް 2025 އަކީ ކޮފަލި މިސްކިތްމަގަށް ރިބްރޭންޑް ކުރިފަހުން އެޓީމް ބައިވެރިވާ ދެވަނަ މުބާރާތެވެ. ޖޫން މަހުގެ 20 ވަނަ ދުވަހުއޮތް އައި. ކްލަބުގެ ވަންޑޭ ކަޕްގައި ބައިވެރިވެ އެޓީމްވަނީ 2 ވަނަ ހޯދައިފައެވެ.
މާދަމާ ރޭ އިހަވަން ފުޓުސަލް ޗެލެންޖް 2025 ގެ ފައިނަލް މެޗް ކުޅޭނެއެވެ. ފައިނަލްގައި ވާދަކުރާނީ އެންވީކޭ އަދި ބޮޑުމަގެވެ. އިހަވަންދޫ ހިންނަ ފުޓްސަލް ދަނޑުގައިކުޅޭ މިމެޗް ފަށާނީ މާދަމާރޭ 20:30 ގައެވެ.
ގުޅުން ހުރެދާނެ ލިޔުން
މިއަހަރުގެ "އިހަވަން ފުޓުސަލް ޗެލެންޖް" ނުބާއްވަން ނިންމައިފި!
3 - ޖޫން - 2026
ބޮޑުމަގު އަތުން ބަދަލުހިފައި، އިހަވަން ފުޓްސަލް ޗެލެންޖްގެ ތަށިހިއްލާލައި، އިހަވަންދޫގެ އެންމެ ކާމިޔާބު ޓީމަކަށް އެންވީކޭ!
3 - އޮގަސްޓު - 2025
އިހަވަން ފުޓްސަލް ޗެލެންޖް 2025: ފައިނަލްގައި މިދިޔަ އަހަރުގެ ޗެމްޕިއަން ބޮޑުމަގާއި ރަނަރަޕް އެންވީކޭ އަނެއްކާވެސް ކުރިމަތިލަނީ
1 - އޮގަސްޓު - 2025
މިސްކިތްމަގު ޓީމުގެ މެނޭޖަރު ރީހާން، އެއް އަހަރަށް ސަސްޕެންޑް ކޮށްފި
31 - ޖުލައި - 2025
އިހަވަން ފުސަލް ޗެލެންޖް 2025: ޒުވާން ކުޅުންތެރިންގިނަ ބޮޓަފޯގޯ ސެމީއަށް!
29 - ޖުލައި - 2025
އިހަވަން ފުސަލް ޗެލެންޖް 2025: އެންވީކޭ ސެމީފައިނަލަށް!
28 - ޖުލައި - 2025
އިހަވަން ފުސަލް ޗެލެންޖް 2025: ބޮޑު މަގު ސެމީފައިނަލަށް!
27 - ޖުލައި - 2025
ޑިފެންޑިންގ ޗެމްޕިއަން ބޮޑުމަގު އަދި ރަނަރަފް އެންވީކޭ ފުރަތަމަ މެޗުން މޮޅުވެއްޖެ!
26 - ޖުލައި - 2025
އިހަވަން ފުޓްސަލް ޗެލެންޖްގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފި!
15 - ޖޫން - 2025
އިހަވަން ފުޓްސަލް ޗެލެންޖް ޖުލައި މަހު ބާއްވަނީ..
15 - ޖެނުއަރީ - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް