އިހަވަން ފުޓްސަލް ޗެލެންޖް 2025: ފައިނަލްގައި މިދިޔަ އަހަރުގެ ޗެމްޕިއަން ބޮޑުމަގާއި ރަނަރަޕް އެންވީކޭ އަނެއްކާވެސް ކުރިމަތިލަނީ
އިހަވަން ފުޓްސަލް ޗެލެންޖް 2025 ގެ ފައިނަލަށް މިދިޔަ އަހަރުގެ ޗެމްޕިއަން ބޮޑުމަގާއި ރަނަރަޕް އެންވީކޭ އަނެއްކާވެސް ދަތުރުކޮށްފިއެވެ. މި ދެޓީމް ބައްދަލުކުރާ ފައިނަލް މެޗް ކުޅޭނީ މާދަމާރޭ 20:30 ގައި ހިންނަ ފުޓްސަލް ދަނޑުގައެވެ. މިއީ މުބާރާތުގެ ތާރީޚުގައި މި ދެޓީމް ފައިނަލުގައި ބައްދަލުކުރާ ދެވަނަ ފަހަރެވެ.
މިދިޔަ އަހަރުގެ ފައިނަލްގައި ވެސް ބައްދަލުކުރި މި ދެޓީމް މި އަހަރުގެ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގައި ހޯދި ބޮޑެތި މޮޅުތަކަށްފަހުއެވެ. ސެމީފައިނަލްގެ ފުރަތަމަ މެޗްގައި އިއްޔަ ހަވީރު އެންވީކޭ ފައިނަލަށް ދަތުރުކުރީ ޔުނައިޓެޑް ޔޫތް އަތުން 6-2 ގެ ބޮޑު ތަފާތަކުން މޮޅުވެގެންނެވެ. އަދި ރޭ ކުޅުނު ދެވަނަ ސެމީފައިނަލްގައި ބޮޑުމަގު ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ބޮޓަފޯގޯގެ މައްޗަށް 10-1 ގެ ނަތީޖާއަކުން ފަސޭހަކަމާއެކު ކުރި ހޯދައިގެންނެވެ.
މިއީ އިހަވަން ފުޓްސަލް ޗެލެންޖްގެ ތިންވަނަ އެޑިޝަނެވެ. މުބާރާތުގެ ފުރަތަމަ ޗެމްޕިއަނަކީ ޔުނައިޓެޑް ޔޫތެވެ. ދެވަނަ މުބާރާތުގެ ތަށި އުފުލާލީ ބޮޑުމަގުންނެވެ. މާދަމާރޭ ބޮޑުމަގަށް ޗެމްޕިއަންކަން ހޯދިއްޖެނަމަ، އެޓީމް ވެގެންދާނީ މިމުބާރާތް ދެ ފަހަރު ކާމިޔާބުކުރި ހަމައެކަނި ޓީމަށެވެ. އަނެއްކޮޅުން، އެންވީކޭއަށް މި ފައިނަލް ކާމިޔާބުކުރެވިއްޖެނަމަ، އެންވީކޭ ވެގެންދާނީ އިހަވަން ފުޓްސަލް ޗެލެންޖް ކާމިޔާބުކުރާ 3 ވަނަ ޓީމަށެވެ.
މިދިޔަ އަހަރުގެ ފައިނަލްގައި ވެސް މި ދެޓީމް ބައްދަލުކޮށްފައިވާއިރު، މާދަމާރޭ ހިންނަ ފުޓްސަލް ދަނޑުގައި ކުޅެވޭ ފައިނަލް މެޗަކީ ވަރަށް ވާދަވެރި އަދި ފޯރިގަދަ މެޗަކަށް ވާނެކަމަށް ބެލެވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
މިއަހަރުގެ "އިހަވަން ފުޓުސަލް ޗެލެންޖް" ނުބާއްވަން ނިންމައިފި!
3 - ޖޫން - 2026
ބޮޑުމަގު އަތުން ބަދަލުހިފައި، އިހަވަން ފުޓްސަލް ޗެލެންޖްގެ ތަށިހިއްލާލައި، އިހަވަންދޫގެ އެންމެ ކާމިޔާބު ޓީމަކަށް އެންވީކޭ!
3 - އޮގަސްޓު - 2025
މިސްކިތްމަގު ޓީމުގެ މެނޭޖަރުކަމުން ރީހާން ވަކިކޮށްފި!
1 - އޮގަސްޓު - 2025
މިސްކިތްމަގު ޓީމުގެ މެނޭޖަރު ރީހާން، އެއް އަހަރަށް ސަސްޕެންޑް ކޮށްފި
31 - ޖުލައި - 2025
އިހަވަން ފުސަލް ޗެލެންޖް 2025: ޒުވާން ކުޅުންތެރިންގިނަ ބޮޓަފޯގޯ ސެމީއަށް!
29 - ޖުލައި - 2025
އިހަވަން ފުސަލް ޗެލެންޖް 2025: އެންވީކޭ ސެމީފައިނަލަށް!
28 - ޖުލައި - 2025
އިހަވަން ފުސަލް ޗެލެންޖް 2025: ބޮޑު މަގު ސެމީފައިނަލަށް!
27 - ޖުލައި - 2025
ޑިފެންޑިންގ ޗެމްޕިއަން ބޮޑުމަގު އަދި ރަނަރަފް އެންވީކޭ ފުރަތަމަ މެޗުން މޮޅުވެއްޖެ!
26 - ޖުލައި - 2025
އިހަވަން ފުޓްސަލް ޗެލެންޖްގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފި!
15 - ޖޫން - 2025
އިހަވަން ފުޓްސަލް ޗެލެންޖް ޖުލައި މަހު ބާއްވަނީ..
15 - ޖެނުއަރީ - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް