ދަރުމަ ޤުރުއާން މުބާރާތް ބާއްވައިފި
ހިލޭސާބަހަށް ޤުރުއާނުގެ އިލްމު އުގަންނައިދިނުމުގެ މަގްސަދުގައި ކުރިޔަށް ގެންދާ ދަރުމަ ޤުރުއާން ހަރަކާތުގެ ފަރާތުން ޤުރުއާން ކިޔެވުމުގެ މުބާރާތެއް ބާއްވައިފިއެވެ.
"ދަރުމަ ޤުރުއާން މުބާރާތް 2024" ގެ ނަމުގައި ކުރިޔަށް ގެންދިޔަ މިމުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެން އިއްޔަ މެންދުރުފަހާއި ހަވީރުއެވެ. މިމުބާރާތުގައި 60 ކުދިން ބައިވެރިވެފައިވާއިރު މިމުބާރާތުގައި 57 ކުއްޖަކުވަނީ ކިޔަވާފައެވެ. މިމުބާރާތުގައި ކިޔަވާފައިވަނީ ދަރުމަ ޤްރުއާން ހަރަކާތް ފަރާތުން ކުރިޔަށް ގެންދާ ޤުރުއާން ކުލާސްތަކުގައި ބައިވެރިވާ ކުދިންނެވެ.
ހިލޭސާބަހަށް ޤުރުއާނުގެ އިލްމު އުގަންނައިދިނުމުގެ މަޤްސަދުގައި ކުރިޔަށް ގެންދާ ދަރުމަ ޤްރުއާން ހަރަކާތަކީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 26 ވަނަ ދުވަހު އިފްތިތާޙްކުރި ހަރަކާތެކެވެ. އެހަރަކާތުގެ ދަށުން ހިލޭ ޤުރުއާން ކިޔެވޭނެ މަގު ހަމަޖައްސާދެއެވެ. “ދަރުމަ” ޤުރުއާން ހަރަކާތަކީ ހއ އިހަވަންދޫ، ހޯރަ، އިބްރާހިމް މޫސާ އިސްނަންގަވައިގެން ދަރުމަވެރިއެއްގެ އެހީތެރިކަމާއިއެކު ކުރިޔަށްގެންދާ ހަރަކާތަކެވެ. މިއީ އެހަރަކާތުގެ ފަރާތުން ބޭއްވި ފުރަތަމަ ޤުރުއާން މުބާރާތެވެ.
ގުޅުން ހުރެދާނެ ލިޔުން
ދަރުމަ ޤުރުއާން މުބާރާތުގެ އެއްވަނަ މިފަހަރުވެސް ހޯދީ އުވައިޝާ!
3 - އޭޕްރީލް - 2025
ފޮޓޯ: ދަރުމަ ޤުރުއާން މުބާރާތް 2024
9 - އޭޕްރީލް - 2024
ދަރުމަ ޤުރުއާން މުބާރާތުގެ އެއްވަނަ އުވެއިޝާ ހޯދައިފި
9 - އޭޕްރީލް - 2024
"ދަރުމަ" ޤުރުއާން ހަރަކާތް އިފްތިތާޙްކޮށްފި
26 - ސެޕްޓެމްބަރު - 2022
އަލްމަރުޙޫމް ޙުސައިން ޒުހައިރުގެ ހަނދާނީ 9 ވަނަ ޤުރުއާން މުބާރާތް ބާއްވައިފި
20 - ޖުލައި - 2013
ކުލަބު ޕޯލްސްޓަރގެ 24 ވަނަ ޤުރުއާން މުބާރާތް ފަށައިފި
21 - މާރިޗު - 2026
ރަސްތަރި ޤުރުއާން މުބާރާތް 2025 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
25 - އޮކްޓޯބަރު - 2025
ކުލަބު ޕޯލްސްޓަރގެ 23 ވަނަ ޤުރުއާން މުބާރާތް ފަށައިފި
28 - މާރިޗު - 2025
ރަސްތަރި ޤުރުއާން މުބާރާތް: ގަދަ 5 ބައިވެރިން ހޮވައިފި
7 - ޑިސެމްބަރު - 2024
ރަސްތަރި ޤުރުއާން މުބާރާތް: ފުރަތަމަ ބުރުގެ ނަތީޖާ ފާޅުކޮށްފި
6 - ޑިސެމްބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް