ކާމިޔާބީ މިންކުރަނީ ފައިސާއަކުން ނުވަތަ ބާރަކުން ނޫން – ކުޅިމަގު ފަސްގަނޑުގެ މެނޭޖަރު ހޫދު
ކާމިޔާބީ މިންކުރަނީ ފައިސާއަކުން ނުވަތަ ބާރަކުން ނުވަތަ އިޖުތިމާޢީ ދަރަޖައަކުން ނޫންކަމަށް، ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގައި ބައިވެރިވާ ކުޅިމަގު ފަސްގަނޑުގެ މެނޭޖަރު އަހުމަދު ހޫދު ބުނެފިއެވެ. ކުޅިމަގު ފަސްގަނޑުގެ މިމުބާރާތުގައި ބައިވެރިވަނީ އަލަށެވެ.
މިމުބާރާތުގެ އެންމެ ޒުވާން މެނޭޖަރު، އުމުރުން 16 އަހަރުގެ ހޫދު ބުނީ ކާމިޔާބީ މިންކުރަނީ ޑިސިޕްލިން އާއި މަސައްކަތުންކަމަށެވެ. "އަހަރެމެންގެ ޓީމްގެ ހުރިހާ ކުޅުންތެރިންގެ ހުނަރު އެއްވަރެއްނުވާނެ، ނަމަވެސް ތަފާތަކަށްވާނީ ހުރިހާކުޅުންތެރިން އެކުގާ ކުރާ މަސައްކަތް" ހޫދުގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. ރެފުރީގެ އެންމެ ފަހު ކަށިގަނޑާއި ހަމަޔަށްވެސް ޓީމްގެ ކުޅުންތެރިން ހިތްވަރާއެކު މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ހޫދަށް އެބައޮތެވެ. ކުޅިމަގު ފަސްގަނޑު ޓީމުން ޒުވާން އައު ހުނަރުވެރިންތަކެއް ފެންނާނެ ކަމަށާއި އެޓީމުގެ މުގުލަށްވާނީ އެކުޅުންތެރިންކަމަށް ހޫދު ބުންޏެވެ. "މިއީ ފެށުމެއް، ކުޅިމަގަކީ އަހަރެމެން "ފަސްގަނޑަށް" ދާންއޮތް މަގު، ފުޓްބޯޅާގާ އަހަރެމެން ތަފާތު ދައްކާނަން" ހޫދުގެ ވާހަކަ ނިންމައިލަމުން ބުންޏެވެ.
މިއަހަރުގެ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގައި ބައިވެރިވަނީ 9 ޓީމެކެވެ. އެއީ ކުޅިމަގު ފަސްގަނޑު، ޓީމް މޮޅަދޫ، ޔުނައިޓެޑް ޔޫތް، އެންވީކޭ، އެފްސީ ބޮޑު މަގު، ކުޅި މަގު، ސެންސިޓީ، ޓީމް ނައިވާދޫ އަދި މަނަފަރު އެފްސީއެވެ. މިއަހަރުގެ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް ކުރިޔަށްދާނީ މިމަހުގެ 10 އިން މިމަހުގެ 19 އަށެވެ.
ގުޅުން ހުރެދާނެ ލިޔުން
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވީ 9 ޓީމެއް
7 - މޭ - 2024
މިއަހަރުގެ "އިހަވަން ފުޓުސަލް ޗެލެންޖް" ނުބާއްވަން ނިންމައިފި!
3 - ޖޫން - 2026
ބޮޑުމަގު އަތުން ބަދަލުހިފައި، އިހަވަން ފުޓްސަލް ޗެލެންޖްގެ ތަށިހިއްލާލައި، އިހަވަންދޫގެ އެންމެ ކާމިޔާބު ޓީމަކަށް އެންވީކޭ!
3 - އޮގަސްޓު - 2025
މިސްކިތްމަގު ޓީމުގެ މެނޭޖަރުކަމުން ރީހާން ވަކިކޮށްފި!
1 - އޮގަސްޓު - 2025
އިހަވަން ފުޓްސަލް ޗެލެންޖް 2025: ފައިނަލްގައި މިދިޔަ އަހަރުގެ ޗެމްޕިއަން ބޮޑުމަގާއި ރަނަރަޕް އެންވީކޭ އަނެއްކާވެސް ކުރިމަތިލަނީ
1 - އޮގަސްޓު - 2025
މިސްކިތްމަގު ޓީމުގެ މެނޭޖަރު ރީހާން، އެއް އަހަރަށް ސަސްޕެންޑް ކޮށްފި
31 - ޖުލައި - 2025
އިހަވަން ފުސަލް ޗެލެންޖް 2025: ޒުވާން ކުޅުންތެރިންގިނަ ބޮޓަފޯގޯ ސެމީއަށް!
29 - ޖުލައި - 2025
އިހަވަން ފުސަލް ޗެލެންޖް 2025: އެންވީކޭ ސެމީފައިނަލަށް!
28 - ޖުލައި - 2025
އިހަވަން ފުސަލް ޗެލެންޖް 2025: ބޮޑު މަގު ސެމީފައިނަލަށް!
27 - ޖުލައި - 2025
ޑިފެންޑިންގ ޗެމްޕިއަން ބޮޑުމަގު އަދި ރަނަރަފް އެންވީކޭ ފުރަތަމަ މެޗުން މޮޅުވެއްޖެ!
26 - ޖުލައި - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް