ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު މައިކްޕަ ބާއްވަނީ
ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު، މައިކަޕް ފުޓްބޯޅަ މުބާރާތް މިއަހަރުގެ ޑިސެމްބަރު މަހު ބާއްވާނެކަން ކްލަބް ޕޯލްސްޓަރއިން އިއުލާންކޮށްފިއެވެ. މައިކަޕް ފުޓްބޯޅަ މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2019 ވަނަ އަހަރުއެވެ. އެފަހަރުގެ މުބާރާތް ކާމިޔާބު ކޮށްފައިވަނީ ޔުނައިޑެޓް ޔޫތްއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ އިއްޒަތްތެރި މެމްބަރު މުޙައްމަދު ޢަބްދުﷲގެ އެހީތެރިކަމާއެކު 2007 ވަނަ އަހަރުން ފެށިގެން ބާއްވަމުންއަންނަ މައި ކަޕް ފުޓްބޯޅަ މުބާރާތަކީ އެ މުބާރާތަކަށް ގިނަ ޒުވާނުންތަކެއް އިންތިޒާރުކުރާ ފޯރިގަދަ މުބާރާތެކެވެ. 2007 ވަނަ އަހަރުންފެށިގެން މެދު ނުކެނޑި އެމުބާރާތްވަނީ 2019 އާއި ހަމަޔަށް 13 އަހަރު ބާއްވާފައެވެ. 2020 ވަނަ އަހަރުގެ މުބާރާތަށް ޓީމްތައް ވަރަށްބޮޑަށް ތައްޔާރުވިއެވެ. ނަމަވެސް އެދުވަސްވަރު ފެތުރުނު ކޮވިޑުގެ ރޯގާގެ ސަބަބުން އެޅުނު ހުރަސްތަކާއިއެކު މުބާރާތް ބޭއްވޭގޮތްނުވެ މެދުކެނޑުނީއެވެ.
މައި ކަޕް ފުޓްބޯޅަ މުބާރާތް ފެށިގެންއައީ ހަމަ އެކަނި އިހަވަންދޫގެ ޓީމުތަކަށް ހުޅުވައިލައިގެންނެވެ. ނަމަވެސް މުބާރާތުގެ ހަތަރުވަނަ އަހަރު މުބާރާތް އިތުރަށް ފުޅާކޮށް ހއ އަތޮޅަށް ހުޅުވައިލެވުނެވެ. އެހިސާބުން މާރަންދޫއަށް ނިސްބަތްވާ ޓީމުތައް މުބާރާތުގައި ވާދަކުރަން ފެށިއެވެ. 2010 ވަނަ އަހަރު މުޅިން އަލަށް މުބާރާތުގައި ވާދަކޮށް މުބާރާތުގެ ތަށި އުފުލައިލީ މާރަންދޫ ޔޫތު ސޮސައިޓީއެވެ.
އިހަވަންދޫގައި ވާދަވެރި ފުޓްބޯޅަ ޓީމްތަކެއް އުފަންވީ މަކަޕްގެ ސަބަބުންނޭ ބުނުން ދޮގަކަށް ނުވާނެއެވެ. މިހާތަނަށް 13 ފަހަރު މައިކަޕް ބާއްވާފައިވާއިރު އެއްވެސް ޓީމަކަށް ޖެހިޖެހިގެން 2 މުބާރާތެއްގެ ޗެމްޕިއަންކަން ހޯދިފައެއްނުވެއެވެ. މައިކަޕްގެ އެންމެ ކާމިޔާބު ޓީމް ތަކަކީ މާރަންދޫ ޔޫތު ސޮސައިޓީ އާއި ޔުނައިޓެޑް ޔޫތެވެ. އެ ދެޓީމްވަނީ 2 ފަހަރު މުބާރާތް ކާމިޔާބު ކޮށްފައެވެ.
2019 ވަނަ އަހަރު ބޭއްވި 13 ވަނަ މައިކަޕް މުބާރާތުގެ ޗެމްޕިއަން ޓީމަށް 75000 ރުފިޔާ އަދި ދެވަނަ ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމުދިނެވެ. އެހެންކަމުން މިއީ އިހަވަންދޫގައި ބާއްވާ އެންމެ އަގުބޮޑު މުބާރާތެވެ.
11 ވަނަ މައިކްޕް މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މައިކަޕް މުބާރާތުގެ ބާނީ މުހައްމާ ވިދާޅުވީ އެބޭފުޅާ ދުނިޔޭގައި ހުރިހާ ދުވަހަކު މައިކަޕް މުބާރާތް އިހަވަންދޫގަ ދެމިއޮންނާނެ ކަމަށާ، މުބާރާތުގެ ތެރެއިން ޤައުމީ ލެވެލްގަ ގައުމީ ފެންވަރުގަ ކުޅޭނެ ކުޅުންތެރިންތަކެއް އުފެދިގެން ދާތަން ދެކެން ބޭނުންވާ ކަމުގައެވެ.
ގުޅުން ހުރެދާނެ ލިޔުން
ފޮޓޯ: މައިކަޕް ފުޓްބޯޅަ މުބާރާތް 2025، ނިންމުމުގެ ރަސްމިއްޔާތު
29 - ޑިސެމްބަރު - 2025
މައިކަޕް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު!
27 - ޑިސެމްބަރު - 2025
ފޮޓޯ: 15 ވަނަ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު
20 - ޑިސެމްބަރު - 2025
މައިކަޕް 2025: ފުރަތަމަ މެޗްގައިފެންނާނީ އެންވީކޭ އަދި ޔޫތް
20 - ޑިސެމްބަރު - 2025
މައިކަޕް 2025: މިއަހަރުގެ މުބާރާތުގައި ބައިވެރިވީ އެންމެ 5 ޓީމް!
12 - ޑިސެމްބަރު - 2025
ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމާއިއެކު، މައިކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!
2 - ޑިސެމްބަރު - 2025
މިއަހަރުވެސް މައިކަޕްގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ، މުބާރާތުގެ ތައްޔާރީތައް ކުރިޔަށް!
7 - ސެޕްޓެމްބަރު - 2025
މައިކަޕް މިއަހަރު ޑިސެންބަރުމަހު "ބޮޑުކޮށް" އޮންނާނެ – ސުޖާއު
18 - ޖުލައި - 2025
އަތޮޅަށް ހުޅުވާލައިގެން މަދަހަ މުބާރާތެއް މިއަހަރު ބާއްވަން ގަސްތުކުރަން – މުހައްމާ
4 - ޖެނުއަރީ - 2025
މި އަހަރުގެ ތެރޭގައި ހުރަވީ ދަނޑުގައި ޓާފް އަޅަނީ!
3 - ޖެނުއަރީ - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް