ސީދާ 3 ސެޓުން މޮޅަދޫ ބަލިކޮށް ޕޯލްސްޓަރ އިން ފެށުން ރަނގަޅުކޮށްފި
އެޗްއާރްއެފް ވޮލީ ލީގުގައި ޕޯލްސްޓަރ އިން ކުޅުނު ފުރަތަމަ މެޗުގައި ޓީމް މޮޅަދޫ ބަލިކޮށް ޕޯލްސްޓަރ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
ހޯރަފުށީ އައުޓްޑޯ ވޮލީ ކޯޓުގައި މިރޭ ކުޅުނު މި މެޗު ކްލަބް ޕޯލްސްޓަރ އިން ކާމިޔާބުކުރީ ސީދާ 3 ސެޓުންނެވެ. މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ކްލަބް ޕޯލްސްޓަރގެ ބިދޭސީ ކުޅުންތެރިޔާ ޖާޒީ ނަންބަރު 4، ސަރަވަނަން ޝާލިނީ އެވެ. މި މެޗުގެ ސެޓްތައް ޕޯލްސްޓަރ އިން ގެންދިޔައީ 25-20، 22-25، އަދި 15-25 އިންނެވެ.
ކްލަބް ޕޯލްސްޓަރ މިމުބާރާތުގައިކުޅޭ ދެވަނަމެޗްގައި މާދަމާރޭ 20:30 ގައި ދަންމަރު ޔުނައިޓެޑާއި ދެކޮޅަށް ނުކުންނައިރު އެޓީމް ގްރޫޕް ސެޓޭޖްގެ ފަހު މެޗްގައި 23 ވަނަ ދުވަހުގެރޭ 20:30 ގައި ނުކުންނާނީ އެފްސީ ފްރިގޭޓަރ އާއި ދެކޮޅަށެވެ.
ލީގް އުސޫލުން ފުރަތަމަބުރު ކުޅެ އެންމެގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުން ޖާގައެއް ކަށަވަރު ކުރެވޭއިރު، ދެވަނަ އަދި 3 ވަނައަށް ދާޓީމް ސެމީފައިނަލަށް ދަތުރުކުރާނެއެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. އެޗްއާރްއެފް ވޮލީ ލީގަކީ ވޮލީ ބޯޅާގައި ހުނަރުވެރި ޒުވާނުންތަކެއް އުފެއްދުމުގެ މަގުސަދުގައި ކުރިޔަށްގެންދާ މުބާރާތެކެވެ.
ގުޅުން ހުރެދާނެ ލިޔުން
އެޗްއާރްއެފް ވޮލީ ލީގުގައި ކްލަބް ޕޯލްސްޓަރ ހޯދި ކާމިޔާބީ ފާހަގަކޮށްފި
9 - ޖުލައި - 2024
ސެފްރޯން ރެސްޓޯރަންޓުން ޕޯލްސްޓާގެ ވޮލީޓީމަށް ހާއްސަ ޑިނާއެއް!
27 - ޖޫން - 2024
ކުޅުނު ހުރިހާ މެޗެއްގެ ހުރިހާ ސެޓަކުން މޮޅުވެ ޕޯލްސްޓާރ، އެޗްއާރްއެފް ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި
27 - ޖޫން - 2024
ކުޅުނު ހުރިހާ މެޗަކުންމޮޅުވެ ޕޯލްސްޓަރ ފައިނަލަށް
23 - ޖޫން - 2024
ސީދާ 3 ސެޓުން ދަންމަރު ޔުނައިޓެޑް ބަލިކޮށް ސެމީފައިނަލްގެ ޖާގައެއް ޕޯލްސްޓަރއިން ކަށަވަރުކޮށްފި
23 - ޖޫން - 2024
އެޗްއާރްއެފް ވޮލީ ލީގުގައި ބައިވެރިވީ 4 ޓީމް، ޕޯލްސްޓަރގެ ފުރަތަމަ މެޗް މާދަމާރޭ
20 - ޖޫން - 2024
އެޗްއާރްއެފް ވޮލީ ލީގުގައި ކްލަބް ޕޯލްސްޓަރ ބައިވެރިވެއްޖެ!
7 - ޖޫން - 2024
އޯޕަން ސްޓޭޖް ސަރަހައްދުގައި މައިޒާނެއް ތަރައްޤީކުރަނީ...
13 - އޮގަސްޓު - 2026
ކްލަބު ޕޯލްސްޓަރގެ ސަގާފީ ހަރަކާތްތަކަށް ބޮޑު ސަމާލުކަމެއް ...
2 - ޖޫން - 2026
އިހަވަންދޫގެ މިއަހަރުގެ ބޮޑު ޢީދު: ކައުންސިލާއި، ކުލަބު ޖަމިއްޔާތައް ގުޅިގެން ކުލަގަދަ ހަރަކާތްތަކެއް ބާއްވަނީ
29 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް