އެޗްއާރްއެފް ވޮލީ ލީގުގައި ކްލަބް ޕޯލްސްޓަރ ހޯދި ކާމިޔާބީ ފާހަގަކޮށްފި
އެޗް.އާރު.އެފް ޑަބްލިއު.ޑީސީ ވޮލީ ލީގުގައި ކްލަބް ޕޯލްސްޓަރގެ އަންހެން ވޮލީ ޓީމް ހޯދި ކާމިޔާބީ ފާހަގަކުރުމަށް ހަފްލާއެއް ބާއްވައިފިއެވެ. މިހަފްލާ ބާއްވާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުގެ ރޭ 20:30 ގައި އިހަވަންދޫ ކޮމިއުނިޓީ ސެންޓަރުގައެވެ.
އެޗް.އާރު.އެފް ވޮލީ ލީގުގެ ޗެމްޕިއަންކަން ކްލަބް ޕޯލްސްޓަރ އިންހޯދީ މުބާރާތުގައި ކުޅުނު ހުރިހާ މެޗެއްގެ ހުރިހާ ސެޓަކުން މޮޅުވެ، %100 ރެކޯޑަކާއި އެކުއެވެ. މުބާރާތުގެ ފައިނަލްގައި ޕޯލްސްޓަރ ބައްދަލުކުރީ ދަންމަރު ޔުނައިޓެޑާއެވެ. އެމެޗް ޕޯލްސްޓަރ އިން ކާމިޔާބުކުރީ 3 ސެޓުންނެވެ. ޕޯލްސްޓަރ ޓީމްގެ ކާމިޔާބު ފާހަގަކުރުމަށް ބޭއްވި ހަފުލާގައި ޓީމްގެ ކުޅުންތެރިންނާއި، ޓީމަށް އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ދީފައިވެއެވެ.
އެހަފްލާގައި ޕޯލްސްޓަރ އިންވަނީ އެކްލަބްގެ 25 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ކުރިޔަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ، އަންހެން ވޮލީ ކުޅުންތެރިންނާއި ގުޅުންހުރި ބައެއް ކަންކަން އިޢުލާންކޮށްފައެވެ. އެގޮތުން އިޢުލާންކުރި ކަންކަމުގެ ތެރޭގައި، ކައުންސިލުން ތަރައްޤީކުރާ ޒަމާނީ އައުޓްޑޯ ވޮލީ ކޯޓްގެ މަސައްކަތް ނިމުމާއިއެކު ވޮލީ ޓްރެއިނިންގް ޕްރޮގްރާމެއް ދިގުދެމިގެންދާ ގޮތަށް ކުރިޔަށް ގެންދިއުމާ، އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން އަގުބޮޑު ވޮލީ މުބާރާތެއް ބޭއްވުން ހިމެނެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ސެފްރޯން ރެސްޓޯރަންޓުން ޕޯލްސްޓާގެ ވޮލީޓީމަށް ހާއްސަ ޑިނާއެއް!
27 - ޖޫން - 2024
ކުޅުނު ހުރިހާ މެޗެއްގެ ހުރިހާ ސެޓަކުން މޮޅުވެ ޕޯލްސްޓާރ، އެޗްއާރްއެފް ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި
27 - ޖޫން - 2024
ކުޅުނު ހުރިހާ މެޗަކުންމޮޅުވެ ޕޯލްސްޓަރ ފައިނަލަށް
23 - ޖޫން - 2024
ސީދާ 3 ސެޓުން ދަންމަރު ޔުނައިޓެޑް ބަލިކޮށް ސެމީފައިނަލްގެ ޖާގައެއް ޕޯލްސްޓަރއިން ކަށަވަރުކޮށްފި
23 - ޖޫން - 2024
ސީދާ 3 ސެޓުން މޮޅަދޫ ބަލިކޮށް ޕޯލްސްޓަރ އިން ފެށުން ރަނގަޅުކޮށްފި
22 - ޖޫން - 2024
އެޗްއާރްއެފް ވޮލީ ލީގުގައި ބައިވެރިވީ 4 ޓީމް، ޕޯލްސްޓަރގެ ފުރަތަމަ މެޗް މާދަމާރޭ
20 - ޖޫން - 2024
އެޗްއާރްއެފް ވޮލީ ލީގުގައި ކްލަބް ޕޯލްސްޓަރ ބައިވެރިވެއްޖެ!
7 - ޖޫން - 2024
އޯޕަން ސްޓޭޖް ސަރަހައްދުގައި މައިޒާނެއް ތަރައްޤީކުރަނީ...
13 - އޮގަސްޓު - 2026
ކްލަބު ޕޯލްސްޓަރގެ ސަގާފީ ހަރަކާތްތަކަށް ބޮޑު ސަމާލުކަމެއް ...
2 - ޖޫން - 2026
އިހަވަންދޫގެ މިއަހަރުގެ ބޮޑު ޢީދު: ކައުންސިލާއި، ކުލަބު ޖަމިއްޔާތައް ގުޅިގެން ކުލަގަދަ ހަރަކާތްތަކެއް ބާއްވަނީ
29 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް