ޚަބަރު

ކުޅުނު ހުރިހާ މެޗެއްގެ ހުރިހާ ސެޓަކުން މޮޅުވެ ޕޯލްސްޓާރ، އެޗްއާރްއެފް ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި

އެޗްއާރްއެފް ވޮލީ ލީގުގައި ކުޅުނު ހުރިހާ މެޗެއްގެ ހުރިހާ ސެޓަކުން މޮޅުވެ، %100 ރެކޯޑަކާއި އެކު އެޗްއާރްއެފް ވޮލީ ލީގުގެ ޗެމްޕިއަންކަން އިހަވަންދޫ ކްލަބް ޕޯލްސްޓަރ ހޯދައިފިއެވެ. ޕޯލްސްޓަރ މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިރޭ ހޯރަފުށި އައުޓްޑޯ ވޮލީ ކޯޓު ކުޅުނު މިމުބާރާތުގެ ފައިނަލް މެޗްގައި ދަންމަރު ޔުނައިޓެޑް ސީދާ 3 ސެޓުން ބަލިކޮށްގެންނެވެ. މިރޭގެ މެޗްގައި ޕޯލްސްޓަރ އިން ސެޓްތައް ގެންދިޔައީ 25-9، 25-23 އަދި 25-19 އިންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޕޯލްސްޓަރގެ ޖާޒީ ނަންބަރު 14 އައިޝަތު ރިޝްފާއެވެ. މިމުބާރާތުން ޗެމްޕިއަންކަން ހޯދުމުން ކްލަބް ޕޯލްސްޓަރއަށްވަނީ 50،000ރ ގެ ފައިސާގެ އިނާމެއް ދީފައެވެ. މިމުބާރާތުގައި ބައިވެރިވީ 4 ޓީމެކެވެ. އެއީ އެފްސީ ފުރިގޭޓަރ، ދަންމަރު ޔުނައިޓެޑް، ޓީމް މޮޅަދޫ އަދި ކްލަބް ޕޯލްސްޓަރއެވެ. އެޗްއާރްއެފް ވޮލީ ލީގަކީ ވޮލީ ބޯޅާގައި ހުނަރުވެރި ޒުވާނުންތަކެއް އުފެއްދުމުގެ މަގުސަދުގައި ކުރިޔަށްގެންދާ މުބާރާތެކެވެ. އެޗްއާރްއެފް ވޮލީ ލީގުގެ ފިރިހެންބައި މިއަހަރުގެ މެއިމަހު ހޯރަފުށީ ކައުންސިލުންވަނީ ކުރިޔަށް ގެންގޮސްފައެވެ. ފިރިހެން ބައިގެ ޗެމްޕިއަންޓީމަކީ ހޯރަފުށީ ޕޮލިސް ޓީމެވެ.
މުބާރާތުގެ މުހިއްމު ވަނަތައް: ފެއަރ ޕެލޭ ޓީމް: އެފްސީ ފްރިގޭޓަރ މުބާރާތުގެ ބެސްޓް ލިބަރޯ: އެފްސީ ފްރިގޭޓަރގެ މަރިޔަމް މާޔާ ރަށުން ބޭރުން އެންމެ މޮޅު ކުޅުންތެރިޔާ: ޕޯލްސްޓާރގެ ޖާޒީ ނަންބަރު 12 ތޮހޫރާ ރާއްޖެއިން ބޭރުން އެންމެ މޮޅު ކުޅުންތެރިޔާ: ޕޯލްސްޓަރގެ ޖާޒީ ނަންބަރު 4، ސަރަވަނަން ޝާލިނީ ބެސްޓް ކޯޗް: ޕޯލްސްޓަރ ގެ އަހްމަދު އަބުދުއް ސަމަދު ކްއީން އޮފް ދަ ޓޯނަމެންޓް: ޕޯލްސްޓަރގެ ޖާޒީ ނަންބަރު 4، ސަރަވަނަން ޝާލިނީ
ހޯރަފުށީގެ އެންމެ މޮޅު 6 ކުޅުންތެރިން
  • މަރިޔަމް ސަހާ ދަންމަރު ޔުނައިޓެޑް
  • ސިފްލާ ހުސައިން އެފްސީ ފްރިގޭޓަރ
  • އައިޝަތު ޒޫނާ މުހައްމަދު ދަންމަރު ޔުނައިޓެޑް
  • ރަމްޒިއްޔާ އަބުދުﷲ އެފްސީ ފްރިގޭޓަރ
  • އައިޝަތު ވަހީދާ ދަންމަރު ޔުނައިޓެޑް
  • އައިޝަތު ސުނޭޒާ ދަންމަރު ޔުނައިޓެޑް
މުޙައްމަދު އަކުރަމް