ކުޅުނު ހުރިހާ މެޗަކުންމޮޅުވެ ޕޯލްސްޓަރ ފައިނަލަށް
އެޗްއާރްއެފް ވޮލީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ކްލަބް ޕޯލްސްޓަރ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
ޕޯލްސްޓަރ އިން ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ މިރޭ ހޯރަފުށީ އައުޓްޑޯ ވޮލީ ކޯޓުގައި، އެފްސީ ފްރިގޭޓަރ އާއި ދެކޮޅަށް ކުޅުނު މެޗް ސީދާ 3 ސެޓުން ކާމިޔާބުކޮށްގެން ލީގު ބުރުގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. މި މެޗުގެ ސެޓްތައް ޕޯލްސްޓަރ އިން ގެންދިޔައީ 25-13، 25-16 އަދި 25-11 އިންނެވެ. މިމެޗްގެޗެސް މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ކްލަބް ޕޯލްސްޓަރގެ ބިދޭސީ ކުޅުންތެރިޔާ ޖާޒީ ނަންބަރު 4، ސަރަވަނަން ޝާލިނީ އެވެ.
މިމުބާރާތުގެ ލީގް އުސޫލުން ފުރަތަމަބުރު ކުޅެ އެންމެގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުން ޖާގައެއް ކަށަވަރު ކުރެވޭއިރު، ދެވަނަ އަދި 3 ވަނައަށް ދާޓީމް ސެމީފައިނަލަށް ދަތުރުކުރާނެއެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. އެޗްއާރްއެފް ވޮލީ ލީގަކީ ވޮލީ ބޯޅާގައި ހުނަރުވެރި ޒުވާނުންތަކެއް އުފެއްދުމުގެ މަގުސަދުގައި ކުރިޔަށްގެންދާ މުބާރާތެކެވެ. މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިމަހުގެ 26 ވަނަ ދުވަހުގެރޭ 20:15 ގައި ހޯރަފުށީ އައުޓްޑޯ ވޮލީ ކޯޓުގައެވެ.
ގުޅުން ހުރެދާނެ ލިޔުން
އެޗްއާރްއެފް ވޮލީ ލީގުގައި ކްލަބް ޕޯލްސްޓަރ ހޯދި ކާމިޔާބީ ފާހަގަކޮށްފި
9 - ޖުލައި - 2024
ސެފްރޯން ރެސްޓޯރަންޓުން ޕޯލްސްޓާގެ ވޮލީޓީމަށް ހާއްސަ ޑިނާއެއް!
27 - ޖޫން - 2024
ކުޅުނު ހުރިހާ މެޗެއްގެ ހުރިހާ ސެޓަކުން މޮޅުވެ ޕޯލްސްޓާރ، އެޗްއާރްއެފް ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި
27 - ޖޫން - 2024
ސީދާ 3 ސެޓުން ދަންމަރު ޔުނައިޓެޑް ބަލިކޮށް ސެމީފައިނަލްގެ ޖާގައެއް ޕޯލްސްޓަރއިން ކަށަވަރުކޮށްފި
23 - ޖޫން - 2024
ސީދާ 3 ސެޓުން މޮޅަދޫ ބަލިކޮށް ޕޯލްސްޓަރ އިން ފެށުން ރަނގަޅުކޮށްފި
22 - ޖޫން - 2024
އެޗްއާރްއެފް ވޮލީ ލީގުގައި ބައިވެރިވީ 4 ޓީމް، ޕޯލްސްޓަރގެ ފުރަތަމަ މެޗް މާދަމާރޭ
20 - ޖޫން - 2024
އެޗްއާރްއެފް ވޮލީ ލީގުގައި ކްލަބް ޕޯލްސްޓަރ ބައިވެރިވެއްޖެ!
7 - ޖޫން - 2024
އޯޕަން ސްޓޭޖް ސަރަހައްދުގައި މައިޒާނެއް ތަރައްޤީކުރަނީ...
13 - އޮގަސްޓު - 2026
ކްލަބު ޕޯލްސްޓަރގެ ސަގާފީ ހަރަކާތްތަކަށް ބޮޑު ސަމާލުކަމެއް ...
2 - ޖޫން - 2026
އިހަވަންދޫގެ މިއަހަރުގެ ބޮޑު ޢީދު: ކައުންސިލާއި، ކުލަބު ޖަމިއްޔާތައް ގުޅިގެން ކުލަގަދަ ހަރަކާތްތަކެއް ބާއްވަނީ
29 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް