ޕްރީސްކޫލް އިމާރާތުގެ ނުނިމިހުރި މަސައްކަތް ހަޒްއިންވެސްޓްމެންޓާއި ހަވާލުކޮށްފި
އިހަވަންދޫ ޕްރީސްކޫލް އިމާރާތުގެ ނުނިމިހުރި މަސައްކަތް ހަޒް އިންވެސްޓްމެންޓާއި ހަވާލުކޮށްފިއެވެ. އެމަސައްކަތް ހަޒްއިންވެސްޓްމެންޓާއި ހަވާލުކޮށްފައިވަނީ އިއްޔަ މެންދުރު، އިހަވަންދޫ ރައްވެހިގޭގެ ހޯލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ޕްރީސްކޫލް އިމާރާތުގެ ނުނިމިހުރި މަސައްކަތް ހަޒްއިންވެސްޓްމެންޓާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ހަޒްއިންވެސްޓްމެންޓްގެ ފަރާތުން، ހަޒްއިންވެސްޓްމެންޓްގެ ވެރިޔާ އަހްމަދު ހަމްދޫން ސޮއެކުރެއްވިއިރު އިހަވަންދޫ ކައުންސިލް އިދާރާގެ ފަރާތުން ސޮއެކުރެއްވީ، ކައުންސިލްގެ ރައީސް އަހްމަދު ސޮބާހްއެވެ. ޕްރީސްކޫލް އިމާރާތުގެ ނުނިމިހުރި މަސައްކަތް ހަޒްއިންވެސްޓްމެންޓާއި ހަވާލުކޮށްފައިވަނީ، ދެ މިލިއަން ފަސްލައްކަ އައްޑިހަ ތިންހާސް ނުވަސަތޭކަ ފަސްދޮޅަސް ރުފިޔާ އެއްލާރިއަށް 150 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
އިހަވަންދޫ ޕްރީސްކޫލް އިމާރާތުގެ ބިންގާ އަޅާފައިވަނީ 2012 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުއެވެ. ޕްރީސްކޫލް އިމާރާތުގެ މަސައްކަތް ފެށިތާ 11 އަހަރާއި 7 މަސް ވީއިރުވެސް އެކިއެކި ސަބަބުތަކާއިހުރެ އަދިވެސް އެއިމާރާތުގެ މަސައްކަތް ނިންމާލެވިފައެއްނުވެއެވެ. މިހާތަނަށް އާއިރު އެއިމާރާތް ހިޔާކޮށް ވަނީ ސިމެންތި ޖަހާފައެވެ.
ގުޅުން ހުރެދާނެ ލިޔުން
1.39 މިލިއަން ރުފިޔާ ހޯދަން ހަޒް އިންވެސްޓްމަންޓުން އިހަވަންދޫ ކައުންސިލާ ދެކޮޅަށް ދައުވާކޮށްފި!
19 - މާރިޗު - 2026
އެމްއެންޔޫ އިހަވަންދޫ އައުޓްރީޗް ސެންޓަރުގައި ހިންގަން އިއުލާންކުރި ކޯސްތަކަށް ކުރިމަތިލީ އެންމެ ދެ ދަރިވަރުން
14 - އޭޕްރީލް - 2026
ޕްރީ ސްކޫލްގެ ބިންގާ އެޅިތާ 12 އަހަރު ފަހުން، އެމްއެންޔޫގެ އައުޓްރީޗް ކެމްޕަހެއް ހިންގަން 35 އަހަރަށް ދީފި!
14 - ސެޕްޓެމްބަރު - 2025
އިހަވަންދޫގައި ތަޢުލީމާއި ތަމްރީނުދޭ މަރުކަޒެއް ޤާއިމްކޮށް ހިންގައިދޭނެ ފަރާތެއްހޯދަނީ
6 - ޖުލައި - 2023
ޕްރީ ސްކޫލް އިމާރާތް ކުރަން ބޭނުންވާ ތަކެތި ދާއިރާގެ މެމްބަރު ދެއްވަނީ
7 - ފެބްރުއަރީ - 2013
ޕްރީ ސްކޫލު އެޅުމަށް ބޭނުންވާ ގައު އެޅުމުގެ މަސައްކަތް ކޮށްފި
2 - ފެބްރުއަރީ - 2013
އިހަވަންދޫގައި ޕުރީސްކޫލެއްގެ ބިންގާ އަޅައިފި
10 - ޑިސެމްބަރު - 2012
އޯޕަން ސްޓޭޖް ގޯތިތެރޭގައި މައިޒާނެއް ހަދައިދިނުމަށް 'މެކްސްއެމް' އާއި ހަވާލުކޮށްފި...
27 - އޮކްޓޯބަރު - 2026
ރަޟިއްޔާ އަދި ޝަހީރާ، މޯލްޑިވްސް އެކްސްޕޯ 2026 އިން ރަންވަނަތަކެއް ހޯދައިފި
26 - އޮކްޓޯބަރު - 2026
ކައުންސިލަށް ލަފާދޭ ޒުވާނުންގެ ބޯޑު ހިންގާނެގޮތުގެ އުސޫލު ފާސްކޮށްފި
22 - އޮކްޓޯބަރު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް