1.39 މިލިއަން ރުފިޔާ ހޯދަން ހަޒް އިންވެސްޓްމަންޓުން އިހަވަންދޫ ކައުންސިލާ ދެކޮޅަށް ދައުވާކޮށްފި!
1,397,466.03 (އެއް މިލިއަން، ތިން ލައްކަ ނުވަދިހަ ހަތްހާސް ހަތަރުސަތޭކަ ފަސްދޮޅަށް ހަރުފިޔާ ތިންލާރި) ހޯދަން ހަޒް އިންވެސްޓްމަންޓުން އިހަވަންދޫ ކައުންސިލާ ދެކޮޅަށް ދައުވާ ކޮށްފިއެވެ.
ހަޒް އިންވެސްޓްމަންޓުން މިދައުވާ ކޮށްފައިވަނީ، އިހަވަންދޫ ޕްރީ ސްކޫލްގެ ނުނިމިހުރި މަސައްކަތްތައް ކުރުމަށް އިހަވަންދޫ ކައުންސިލާއިއެކު ހެދި އެއްބަސްވުމާއި ހަޒް އިންވެސްޓްމަންޓުން ހިލާފުވެ، މަސައްކަތް މުއްދަތައް ނުނިންމާކަމަށާ އަދި ބައެއް މަސައްކަތް ކޮށްފައިވަނީ ކައުންސިލުން ދީފައިވާ މައުލޫމާތާއި ބީއޯކިއު އާއި އެއްގޮތަށް ނޫންކަމަށް ބުނެ، ލިކުޑޭޓެޑް ޑެމޭޖްސްގެ ގޮތުގައި މަސައްކަތުގެ ޖުމުލައަގުގެ %15 އަށްވާ އަދަދު މަސައްކަތުގެ އަގުން ކެނޑުމުންނެވެ.
އެމަސައްކަތުގެ ލިކުޑޭޓެޑް ޑެމޭޖްސްގެ ގޮތުގައި ކައުންސިލުން ކަނޑާފައިވާ މަސައްކަތުގެ ޖުމުލައަގުގެ %15 އަށް 391996.29ރ އަރައެވެ. މިމައްސަލާގައި ހަޒް އިންވެސްޓްމަންޓުން އެދިފައިވާ އެ 391996.29ރ އަދި އެފައިސާ ނުލިބިވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 1005470.48ރ އާއި އެކު ޖުމުލަ 1,397,466.03ރ ނަގައި ދިނުމަށެވެ.
މިހިނގާ މާރިޗް މަހުގެ 3 ވަނަ ދުވަހު ހަޒް އިންވެސްޓްމަންޓުން ހުށަހަޅާފައިވާ ދައުވާގައި ވާގޮތުން، ލިކުޑޭޓެޑް ޑެމޭޖްސްގެ ގޮތުގައި މަސައްކަތުގެ ޖުމުލައަގުގެ %15 އުނިކުރުމަށް އިހަވަންދޫ ކައުންސިލުން ދައްކާފައިވާ ހުއްޖަތްތަކަށް، ހަޒް އިންވެސްޓްމަންޓުން ދެކޮޅު ހަދައެވެ. އެގޮތުން އެމަސައްކަތަށް ގެނެވުނު ވޭރިއޭޝަންއާއި، މޫސުން ތަންނުދޭތީ އިތުރުކުރެވުނު މުއްދަތާއިއެކު މުއްދަތު ހަމަވާ ތާރީހަކީ 2025 ވަނަ އަހަރުގެ މާރިޗް މަހުގެ 25 ވަނަ ދުވަސްކަމަށް ހަޒް އިންވެސްޓްމަންޓުން ބުނެފައިވެއެވެ. "އެހެންކަމުން އެގްރީމަންޓްގައި ކުރަން ހުރި މަސައްކަތް (މި މުއްދަތަށް ކައުންސިލްގެ އިދާރާއިން ދޭންޖެހޭ ބައެއް މަޢުލޫމާތު ނުދިނުމުން ނުނިމޭ މަސައްކަތާއި، ކައުންސިލްގެ އިދާރާއިން ކުރަންޖެހޭ ކަންކަން ނުކޮށްގެން ނުނިމުނު މަސައްކަތް ފިޔަވައި) ނިންމައި 2025 ވަނަ އަހަރުގެ މާރިޗު 24 ވަނަ ދުވަހު، މަސައްކަތް ނިންމައި، ނިންމިކަން ބަޔާންކޮށް އިންސްޕެކްޓް ކޮށްދެއްވުމަށް އެދި ވާނީ ކައުންސިލް އިދާރާއަށް ވާނީ ދަންނަވާފައި" ހަޒް އިންވެސްޓްމަންޓުން ހުށަހެޅި މައްސަލާގައިވެއެވެ.
އިހަވަންދޫ ޕްރީސްކޫލް އިމާރާތުގެ ނުނިމިހުރި މަސައްކަތް ހަޒް އިންވެސްޓްމެންޓާއި ހަވާލުކޮށްފައިވަނީ، 28 ޖުލައި 2024 ގައި އިހަވަންދޫ ރައްވެހިގޭގެ ހޯލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޕްރީސްކޫލް އިމާރާތުގެ ނުނިމިހުރި މަސައްކަތް ހަޒްއިންވެސްޓްމެންޓާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ހަޒްއިންވެސްޓްމެންޓްގެ ފަރާތުން، ހަޒްއިންވެސްޓްމެންޓްގެ ވެރިޔާ އަހްމަދު ހަމްދޫން ސޮއެކުރެއްވިއިރު އިހަވަންދޫ ކައުންސިލް އިދާރާގެ ފަރާތުން ސޮއެކުރެއްވީ، ކައުންސިލްގެ ރައީސް އަހްމަދު ސޮބާހްއެވެ. ޕްރީސްކޫލް އިމާރާތުގެ ނުނިމިހުރި މަސައްކަތް ހަޒްއިންވެސްޓްމެންޓާއި ހަވާލުކޮށްފައިވަނީ، ދެ މިލިއަން ފަސްލައްކަ އައްޑިހަ ތިންހާސް ނުވަސަތޭކަ ފަސްދޮޅަސް ރުފިޔާ އެއްލާރިއަށް 150 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
އިހަވަންދޫ ޕްރީސްކޫލް އިމާރާތުގެ ބިންގާ އަޅާފައިވަނީ 2012 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އިހަވަންދޫ ޕްރީސްކޫލް މިހާރުހުރީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އައުޓްރީޗް ކެމްޕަސްއެއް ހިންގުމަށް 35 އަހަރުގެ މުއްދަތަށް އެޔުނިވާސިޓީއަށް ދީފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ޕްރީސްކޫލް އިމާރާތުގެ ނުނިމިހުރި މަސައްކަތް ހަޒްއިންވެސްޓްމެންޓާއި ހަވާލުކޮށްފި
29 - ޖުލައި - 2024
އެމްއެންޔޫ އިހަވަންދޫ އައުޓްރީޗް ސެންޓަރުގައި ހިންގަން އިއުލާންކުރި ކޯސްތަކަށް ކުރިމަތިލީ އެންމެ ދެ ދަރިވަރުން
14 - އޭޕްރީލް - 2026
ޕްރީ ސްކޫލްގެ ބިންގާ އެޅިތާ 12 އަހަރު ފަހުން، އެމްއެންޔޫގެ އައުޓްރީޗް ކެމްޕަހެއް ހިންގަން 35 އަހަރަށް ދީފި!
14 - ސެޕްޓެމްބަރު - 2025
އިހަވަންދޫގައި ތަޢުލީމާއި ތަމްރީނުދޭ މަރުކަޒެއް ޤާއިމްކޮށް ހިންގައިދޭނެ ފަރާތެއްހޯދަނީ
6 - ޖުލައި - 2023
ޕްރީ ސްކޫލް އިމާރާތް ކުރަން ބޭނުންވާ ތަކެތި ދާއިރާގެ މެމްބަރު ދެއްވަނީ
7 - ފެބްރުއަރީ - 2013
ޕްރީ ސްކޫލު އެޅުމަށް ބޭނުންވާ ގައު އެޅުމުގެ މަސައްކަތް ކޮށްފި
2 - ފެބްރުއަރީ - 2013
އިހަވަންދޫގައި ޕުރީސްކޫލެއްގެ ބިންގާ އަޅައިފި
10 - ޑިސެމްބަރު - 2012
އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް، ޑިސެންބަރު މަހު ބާއްވަނީ!
10 - ސެޕްޓެމްބަރު - 2026
ހުޅުވިތާ 1 އަހަރާ 8 މަސްވީ، ކުޑަކުދިންގެ ޕާކުގެ ޓާފް ބަދަލުކުރަނީ!
5 - ސެޕްޓެމްބަރު - 2026
ހަލާކުވެފައި އޮންނަތާ ގިނަދުވަސް ތަކަކަށްފަހު، އައިސް އުފުލާ ލޮރީ މަރާމާތުކޮށްފި
25 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް