ޚަބަރު

ޣާޒީ ކަޕްގެ 19 އަހަރުންދަށުގެ މުބާރާތުގެ ޗެމްޕިއަންކަން ސެންސިޓީ ހޯދައިފި

19 އަހަރުން ދަށުގެ ފިރިހެން  ކުޅުންތެރިންނަށް ހާއްސަކޮށްގެން، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން ކުރިޔަށްގެންދިޔަ، ޣާޒީ ކަޕްގެ 19 އަހަރުންދަށުގެ މުބާރާތުގެ ޗެމްޕިއަންކަން ސެންސިޓީ ހޯދައިފިއެވެ. މިއީ މިމުބާރާތުގެ ޗެމްޕިއަންކަން އެޓީމް ހޯދި ދެވަނަ ފަހަރެވެ. ޖުމުލަ ހަ ޓީމެއް ބައިވެރިވި މިމުބާރާތުގެ ޗެމްޕިއަންކަން ސެންސިޓީ ހޯދީ އިއްޔަ ރޭ  ޣާޒީ ދަނޑުގައި ކުޅުނު މިމުބާރާތުގެ ފައިނަލް މެޗްގައި ބޮޑުމަގު އެފްސީގެ މައްޗަށް 4-6 އިން ކުރި ހޯދައިގެންނެވެ. ފައިނަލް މެޗްގެ ފުރިހަމަ ވަގުތު ހަމަވީއިރު ނަތީޖާ 2-2 އިން އެއްވަރުވުމުން މެޗްގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ފައިނަލް މެޗް ނިމެންދިޔައިރުވެސް 2-1 އިން ލީޑް ކުރަމުން ދިޔައީ ބޮޑުމަގުންނެވެ. ސެންސިޓީއިން އެއްވަރުކުރީ މެޗްގެ އެންމެ ފަހު މިނެޓްގެ ތެރޭގައެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ސެންސިޓީ ޓީމްގެ އަހްމަދު ޒާހިދުއެވެ. މިއީ އިމަގު ޖަމިއްޔާއިން މިމުބާރާތް ބޭއްވި ދެވަނަ ފަހަރެވެ. މިއަހަރުގެ މުބާރާތުގައު ބައިވެރިވީ ޔުނައިޓެޑް ޔޫތް، ބޮޑުމަގު، ސެންސިޓީ، ސަނީ ކުލަބް، ސެންސިޓީ ޖޭއާރު އަދި ޔޫވައި ބޯއީސް އެވެ.
މުބާރާތުގެ މުހިއްމު ވަނަތައް: މުބާރާތުގެ އެންމެ މޮޅު ކީޕަރު: ސެންސިޓީ ޓީމްގެ ހަސަން ޝިމާއު އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ: ސެންސިޓީ ޓީމްގެ އަހްމަދު ޒާހިދު (13 ގޯލް) އެންމެ މޮޅު ކޯޗް: ސެންސިޓީ ޓީމްގެ ހުސައިން ފަޔާޒް ފެއަރޕްލޭ ޓީމް: ޔުނައިޓެޑް ޔޫތް މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން: - ބޮޑުމަގު ޓީމްގެ ހަސަން ގައިޝް - ބޮޑުމަގު ޓީމްގެ އަލީ ނާއިޝް އަހްމަދު - ސެންސިޓީ ޓީމްގެ އަހްމަދު ޒާހިދު - ސެންސިޓީ ޓީމްގެ އަލީ ނާއިޝް - ސެންސިޓީ ޓީމްގެ ހަސަން ޝިމާޒް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ: ސެންސިޓީ ޓީމްގެ އަހްމަދު ޒާހިދު
.