އިމަގު ޣާޒީ ކަޕް 2025: ތިން ރަށަކުން ހަ ޓީމު ބައިވެރިވެއްޖެ!
ހއ. އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ އިމަގު ޣާޒީ ކަޕް 2025 – 19 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގައި ހއ. އަތޮޅުގެ ތިން ރަށަކަށް ނިސްބަތްވާ ހަ ޓީމެއް ބައިވެރިވެއްޖެއެވެ. ޒުވާން ކުޅުންތެރިން ބިނާކުރުމަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.
މި މުބާރާތުގައި ބައިވެރިވެފައިވަނީ ހއ. އިހަވަންދޫއަށް ނިސްބަތްވާ ސެންސިޓީ، ބޮޑުމަގު، ޔުނައިޓެޑް ޔޫތް އަދި ޖަންގަލްގެ އިތުރުން، އުލިގަމް ޔޫތް އަދި ހޯރަފުށީ ޔޫތުއެވެ. މި ފަހަރުގެ މުބާރާތުގެ ހާއްސަ ކަމަކީ، މިއަހަރުގެ މުބާރާތުގައި އިހަވަންދޫގެ އިތުރުން ހއ. ތުރާކުނު، އުލިގަން، މޮޅަދޫ، ހޯރަފުށި، މާރަންދޫ އަދި ތަކަންދޫގެ ޓީމުތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވުމެވެ.
މިއީ އިމަގު ޖަމިއްޔާއިން މި މުބާރާތް ބާއްވާ ތިން ވަނަ ފަހަރެވެ. ވޭތުވެދިޔަ ދެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އިހަވަންދޫގެ ސެންސިޓީ ޓީމުންނެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 7،000 ރުފިޔާ ލިބޭނެއެވެ. މި އަހަރުގެ މުބާރާތުން ފެނިގެންދާ އެންމެ ބޮޑު ތަފާތަކީ ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމު 3،000 ރުފިޔާއިން 20،000 ރުފިޔާއަށް ބޮޑުކޮށްފައިވުމެވެ. މީގެ ސަބަބުން މުބާރާތުގެ ވާދަވެރިކަން އިތުރުވާނެކަމަށް ބެލެވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިމަގު ޣާޒީ ކަޕް 2025: ޖަންގަލް އިން ތަށި ހިއްލާލައިފި!
28 - ސެޕްޓެމްބަރު - 2025
އިމަގު ޣާޒީ ކަޕް 2025: ބޮޑުމަގު އަދި ޖަންގަލް ފައިނަލަށް!
26 - ސެޕްޓެމްބަރު - 2025
ސެންސިޓީ، އުލިގަން، ބޮޑުމަގު އަދި ޖަންގަލް ސެމީފައިނަލަށް!
24 - ސެޕްޓެމްބަރު - 2025
ސެންސިޓީ ޖޭ.އާރު ލަދުގަންނަވާލައި ޖަންގަލް ސެމީ ފައިނަލަށް!
22 - ސެޕްޓެމްބަރު - 2025
އިމަގު ޣާޒީ ކަޕް 2025: ފުރަތަމަ މެޗްގައި ހޯރަފުއްޓާއި އުލިގަމުގެ ކުރިމަތިލުމެއް!
18 - ސެޕްޓެމްބަރު - 2025
ޣާޒީ ކަޕްގެ 19 އަހަރުންދަށުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
21 - އޮގަސްޓު - 2025
ޣާޒީ ކަޕްގެ 19 އަހަރުންދަށުގެ މުބާރާތުގެ ޗެމްޕިއަންކަން ސެންސިޓީ ހޯދައިފި
5 - އޮކްޓޯބަރު - 2024
އިމަގު ޖަންބުމާ ކަޕް އަދި ޣާޒީ ކަޕްގެ 19 އަހަރުންދަށުގެ މުބާރާތް ފެށިގެން ކުރިޔަށް
28 - ސެޕްޓެމްބަރު - 2024
ބޮޑު ތަފާތަކުން އިރަމާ ބަލިކުރުމަށްފަހު އެންވީކޭއިން ޣާޒީކަޕުގެ ތަށިހިއްލާލައިފި
18 - ފެބްރުއަރީ - 2024
ޑިފެންޑިންގް ޗެމްޕިއަން ޖަންގަލް ބަލިކޮށް އިރަމާ ފައިނަލަށް
16 - ފެބްރުއަރީ - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް