ޣާޒީ ކަޕްގެ 19 އަހަރުންދަށުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ހއ. އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ އިމަގު ޣާޒީ ކަޕް 2025 – 19 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޒުވާން ކުޅުންތެރިން ބިނާކުރުމަށް އަމާޒުކޮށްގެން ބާއްވާ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ހއ. އިހަވަންދޫގެ އިތުރުން ހއ. ތުރާކުނު، އުލިގަން، މޮޅަދޫ، ހޯރަފުށި، މާރަންދޫ އަދި ތަކަންދޫގެ ޓީމްތަކަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 5 ވަނަ ދުވަހެވެ. މިމުބާރާތުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.
މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 7،000ރ ލިބޭނެއެވެ. މިއީ އިމަގު ޖަމިއްޔާއިން މިމުބާރާތް ބާއްވާ ތިން ވަނަ ފަހަރެވެ. ވޭތުވެދިޔަ ދެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސެންސިޓީއެވެ.
ޣާޒީ ކަޕް 2025 – 19 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުން ފެނިގެންދާ އެންމެ ބޮޑު ތަފާތަކީ މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމު 3000ރ އިން 20،000ރ އަށް ބޮޑު ކޮށްފައިވުމާއި، ހއ. އަތޮޅުގެ އެހެން ރަށްތަކުގެ ޓީމްތަކަށްވެސް މިއަހަރުގެ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަމެވެ. މީގެ ސަބަބުން މުބާރާތުގެ ވާދަވެރިކަން އިތުރުވާނެކަމަށް ބެލެވެއެވެ.
އިމަގު ޖަމިއްޔާއިން ދަނީ ޒުވާން ކުޅުންތެރިން އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެޖަމިއްޔާއިން ފުޓްސަލް އެކަޑަމީއެއް ހިންގާއިރު، މިމަހުގެ 20 އިން 22 އަށް އެކަޑަމީ ކަޕްވެސް ދަނީ ކުރިއަށް ގެންދަމުންނެވެ. މިއީ އިމަގު ޖަމިއްޔާއިން މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ.
ގުޅުން ހުރެދާނެ ލިޔުން
އިމަގު ޣާޒީ ކަޕް 2025: ޖަންގަލް އިން ތަށި ހިއްލާލައިފި!
28 - ސެޕްޓެމްބަރު - 2025
އިމަގު ޣާޒީ ކަޕް 2025: ބޮޑުމަގު އަދި ޖަންގަލް ފައިނަލަށް!
26 - ސެޕްޓެމްބަރު - 2025
ސެންސިޓީ، އުލިގަން، ބޮޑުމަގު އަދި ޖަންގަލް ސެމީފައިނަލަށް!
24 - ސެޕްޓެމްބަރު - 2025
ސެންސިޓީ ޖޭ.އާރު ލަދުގަންނަވާލައި ޖަންގަލް ސެމީ ފައިނަލަށް!
22 - ސެޕްޓެމްބަރު - 2025
އިމަގު ޣާޒީ ކަޕް 2025: ފުރަތަމަ މެޗްގައި ހޯރަފުއްޓާއި އުލިގަމުގެ ކުރިމަތިލުމެއް!
18 - ސެޕްޓެމްބަރު - 2025
އިމަގު ޣާޒީ ކަޕް 2025: ތިން ރަށަކުން ހަ ޓީމު ބައިވެރިވެއްޖެ!
7 - ސެޕްޓެމްބަރު - 2025
ޣާޒީ ކަޕްގެ 19 އަހަރުންދަށުގެ މުބާރާތުގެ ޗެމްޕިއަންކަން ސެންސިޓީ ހޯދައިފި
5 - އޮކްޓޯބަރު - 2024
އިމަގު ޖަންބުމާ ކަޕް އަދި ޣާޒީ ކަޕްގެ 19 އަހަރުންދަށުގެ މުބާރާތް ފެށިގެން ކުރިޔަށް
28 - ސެޕްޓެމްބަރު - 2024
ބޮޑު ތަފާތަކުން އިރަމާ ބަލިކުރުމަށްފަހު އެންވީކޭއިން ޣާޒީކަޕުގެ ތަށިހިއްލާލައިފި
18 - ފެބްރުއަރީ - 2024
ޑިފެންޑިންގް ޗެމްޕިއަން ޖަންގަލް ބަލިކޮށް އިރަމާ ފައިނަލަށް
16 - ފެބްރުއަރީ - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް