ޖޭ ސްޕޯޓްސް އެކަޑަމީ ގެ ހަރަކާތްތައް އަލުން ފަށަނީ!
ޖޭސްޕޯޓްސްގެ ފުޓުބޯޅަ އަދި ހޭންޑް ބޯޅަ އެކަޑަމީއަށް ކުދިން ވެއްދުމަށް ފުރު ސަތު ހުޅުވާލައިފިއެވެ. މިގޮތުން ފުޓުބޯޅައިން، 3 އުމުރު ފުރާއިން ޖުމްލަ 60 ޖާގަ އަދި ހޭންޑް ބޯޅައިން، 3 އުމުރު ފުރާއަކުން ޖުމްލަ 60 ޖާގައަކަށް ކުދިން ވެއްދުމަށް ވަނީ ހުޅުވާ ލާފައެވެ.
ފުޓުބޯޅައިން ހުޅުވާލާފައިވާ އުމުރު ފުރާތަކަކީ
6 އަހަރާއި 8 އަހަރާއި ދެމެދު
8 އަހަރާއި 12 އަހަރާއި ދެމެދު
12 އަހަރާއި 16 އަހަރާއި ދެމެދު
ހޭންޑް ބޯޅައިން އަންހެން ކުދިންނަށް ޚާއްސަ ކޮށްގެން
8 އަހަރާއި 12 އަހަރާއި ދެމެދު
12 އަހަރާއި 16 އަހަރާއި ދެމެދު
16 އަހަރާއި 19 އަހަރާއި ދެމެދު
ޖޭ ސްޕޯޓްސް އެކަޑަމީއިން މައުލޫމާތު ދޭ ގޮތުގައި އަމާޒަކީ ކޮންމެ 20 ކުއްޖަކަށް ކޯޗެއް ހުރެގެން ކުދިން ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމެވެ. އަދި އެ އެކަޑަމީގެ ފުޓުބޯޅަ ކޯޗުންގެ ގޮތުގައި މަސައްކަތް ކުރައްވާނީ މިހާރުވެސް ކުޑަކުދިންނަށް ބޭއްވޭ މުބާރާތްތަކުގައާއި ބޮޑެތި މުބާރާތްތަކުގައި މަސައްކަތް ކުރައްވާ އިސްމާއިލް ހައްމާޒް ( ހައްމު ކޯޗް ) އާއި، ޖޭސްޕޯޓްސް އެކަޑަމީގެ އެއް މުއައްސިސް އަދި ގިނަޓީމް ތަކެއްގައި ކޯޗެއްގެ ގޮތުގައި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ އޭއެފްސީ ބީ ލައިސަންސް ކޯޗް ހުސައިން ފަޔާޒް އެވެ.
އަދި އެ އެކަޑަމީގެ ހޭންޑް ބޯޅަ ކޯޗުންގެ ގޮތުގައި މަސައްކަތް ކުރައްވާނީ ދާދި ފަހުން ހޭންޑް ބޯލް ބޭސިކް ކޯޗިންގް ކޯސް ފުރިހަމަ ކުރެއްވި ލަޔާން އަހްމަދާއި ، ހުސައިން ފަޔާޒް އެވެ. އަދި މީގެ އިތުރުން އަންހެން ކުދިންނަށް ހޭންޑް ބޯޅަ ސެޝަންތައް ކުރިއަށް ދާއިރު އެ ކޯޗުންނާއި އެކު އިތުރު އަންހެން ބޭފުޅަކު ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރައްވާނޭ ކަމަށްވެސް އެފަރާތުން މަޢުލޫމާތު ދެއްވައެވެ.
ޖޭ ސްޕޯޓްސް އެކަޑަމީން އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި އެ އެކަޑަމީއަށް ވަނުމަށް ކުދިންގެ ފަރާތުން އެކަށީގެންވާ ތަރުހީބެއް ލިބެމުންދާ ކަމަށާއި މިހާތަނަށް 50 އަށް ވުރެ ގިނަ ކުދިން އެ އެކަޑަމީގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި އަމާޒަކީ ވީހާވެސް އަވަހަކަށް އެ އެކަޑަމީގެ ހަރަކާތްތައް ފެށިގެން ދިއުން ކަމުގައި ވެސް އެކަޑަމީގެ ފަރާތުން މައުލޫމާތު ދެއްވައެވެ.
ޖޭ ސްޕޯޓްސް އެކަޑަމީއަކީ އިހަވަންދޫގައި ފުޓުބޯޅަ، ހޭންޑްބޯޅަ އަދި ވޮލީ ކުރިއަރުވާ އާލާކުރުމުގެ މަގްސަދުގައި 13 އޮކްޓޯބަރ 2021 ވަނަ ދުވަހު ރެޖިސްޓްރީ ކުރެވުނު އެކަޑަމީއެކެވެ. މި އެކަޑަމީގެ ފަރާތުން މީގެ ކުރިންވެސް ވަނީ ފުޓުބޯޅަ ޓްރެއިނިންގެ ޕްރޮގްރާމް ތަކާއި ފުޓުބޯޅަ އެކަޑަމީގެ ހަރަކާތްތައް ހިންގާފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ފޮޓޯ: އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ފައިނަލް މެޗް
11 - އޮގަސްޓު - 2026
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދައިފި!
10 - އޮގަސްޓު - 2026
އިހަވަންދޫ ޓީމުގެ ފުރަތަމަ މެޗް މިމަހުގެ 10 ވަނަ ދުވަހުގެރޭ އިހަވަންދޫގައި!
5 - އޮގަސްޓު - 2026
އެފްއޭއެމް ފުޓްސަލް މުބާރާތަށް އިހަވަންދޫ ޓީމު ތައްޔާރުވަނީ: ފަރިތަކުރުންތައް ކުރިޔަށް!
25 - ޖުލައި - 2026
ޖޭ ސްޕޯޓްސް ސެމީ ފައިނަލަށް! ހިރޯއަކީ ގޯލް ކީޕަރ ޒަޔާން!
26 - ޖޫން - 2025
ވައިޓޫކޭ ބަލިކޮށް، ޖޭ ސްޕޯޓްސް އެކަޑަމީ ކުއާޓަރ ފައިނަލަށް!
25 - ޖޫން - 2025
ބިބީ ޓިކިޓަކާ ފުޓްސަލް ސްޕަރ ކަޕް 2025: ޖޭ ސްޕޯޓްސް އެކަޑަމީގެ ދެވަނަ މެޗުންވެސް މޮޅުވެ ގްރޫޕްގެ އެއްވަނަޔާ ދިމާލަށް!
24 - ޖޫން - 2025
ބިބީ ޓިކިޓަކާ ފުޓްސަލް ސްޕަރ ކަޕް 2025: ޖޭ ސްޕޯޓްސް އެކަޑަމީއަށް ފުރަތަމަ މެޗުން ބޮޑު މޮޅެއް!
23 - ޖޫން - 2025
އިހަވަންދޫގައި ފެށުމަށް ތައްޔާރުވަމުންދާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ އެކަޑަމީގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފި
30 - ޖެނުއަރީ - 2023
ފޮޓޯ: ޖޭ ސްޕޯޓްސް އެކަޑަމީ ފުޓްބޯލް ފިއެސްޓާ 2022
27 - އޮކްޓޯބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް