މައިކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ބިއުޓިފުލް ބްލޫ މައިކަޕް 2024، ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިމުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހެވެ.
މިއަހަރުގެ މައިކަޕް މުބާރާތުގައި، ބައިވެރިވުމުގެ ފުރުސަތު ހއ އަތޮޅުން ފެށިގެން ޅ އަތޮޅުގެ ރަށްތަކުގެ ސަރުކާރު މުއައްސަސާތަކާއި، އެންޖީއޯތަކާއި، ކުންފުނިތަކާއި، ރިސޯޓްތަކުގެ އިތުރުން އިހަވަންދޫގެ ޒުވާނުންނަށްވަނީ ހުޅުވާލައިފައެވެ. އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު ބާއްވާ މައިކަޕް ފުޓްބޯޅަ މުބާރާތް ކުޅޭނީ އިލަވަން އަ ސައިޑް އުސޫލުންނެވެ.
މައިކަޕްގެ ބާނީއަކީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) އެވެ. މުހައްމާވަނީ މިއަހަރުގެ މުބާރާތަށް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. މިއަހަރު ބާއްވާ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ކޮށްފައިވަނީ ބިއުޓިފުލް ބްލޫއެވެ. ބިއުޓިފުލް ބްލޫއިން މުބާރާތުގެ ފޯރި ގަދަކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންދާނެކަންވަނީ އިއުލާންކޮށްފައެވެ. އެގޮތުން މިމުބާރާތުގައި ބައިވެރިވާ އިހަވަންދޫގެ ކޮންމެ ޓީމަކަށް އެހީތެރިވުމުގެ ގޮތުން 2000ރ ގެ ސްޕޮންސަރ އެއް ދިނުމާއި، މުބާރާތް ފެށުމުގެ ކުރިން މައިކަޕްގެ 200 ޖާޒީ ހިލޭ ސަޕޯޓަރުންނަށް ދޫކުރާނެކަމަށްވެސް، ބިއުޓިފުލް ބުލޫގެ އޯނަރު ޔާމީންވަނީ އިއުލާން ކޮށްފައެވެ.
މިއަހަރު ބާއްވަނީ މައިކަޕްގެ، 14 ވަނަ މުބާރާތެވެ. މައިކަޕަކީ އެމުބާރާތަކަށް ސަރަހައްދުގެ ކުޅުންތެރިން އެންމެ އިންތިޒާރުކުރާ އެއްމުބާރާތެވެ. އިހަވަންދޫގައި ޒަމާނީވަންތަކޮށް އަގުބޮޑެތި މުބާރާތްތައް ބޭއްވުމުގެ ސިލްސިލާ ފެށިގެންއައީވެސް މައިކަޕުންނެވެ. މިއަހަރުގެ މައިކަޕް މުބާރާތުގެ ޗެމްޕިއަން ޓީމަށް 100،000ރ ހުށަހަޅާފައިވާއިރު، ފަސްޓް ރަނާރސް އަޕް ޓީމަށް، 35،000ރ ވަނީ ހުށަހަޅާފައެވެ.
މައިކަޕްގައި ބައިވެރިވުމުގެ ފޯމް
މުބާރާތުގެ ޤަވާއިދު
ގުޅުން ހުރެދާނެ ލިޔުން
ފޮޓޯ: މައިކަޕް ފުޓްބޯޅަ މުބާރާތް 2025، ނިންމުމުގެ ރަސްމިއްޔާތު
29 - ޑިސެމްބަރު - 2025
މައިކަޕް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު!
27 - ޑިސެމްބަރު - 2025
ފޮޓޯ: 15 ވަނަ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު
20 - ޑިސެމްބަރު - 2025
މައިކަޕް 2025: ފުރަތަމަ މެޗްގައިފެންނާނީ އެންވީކޭ އަދި ޔޫތް
20 - ޑިސެމްބަރު - 2025
މައިކަޕް 2025: މިއަހަރުގެ މުބާރާތުގައި ބައިވެރިވީ އެންމެ 5 ޓީމް!
12 - ޑިސެމްބަރު - 2025
ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމާއިއެކު، މައިކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!
2 - ޑިސެމްބަރު - 2025
މިއަހަރުވެސް މައިކަޕްގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ، މުބާރާތުގެ ތައްޔާރީތައް ކުރިޔަށް!
7 - ސެޕްޓެމްބަރު - 2025
މައިކަޕް މިއަހަރު ޑިސެންބަރުމަހު "ބޮޑުކޮށް" އޮންނާނެ – ސުޖާއު
18 - ޖުލައި - 2025
އަތޮޅަށް ހުޅުވާލައިގެން މަދަހަ މުބާރާތެއް މިއަހަރު ބާއްވަން ގަސްތުކުރަން – މުހައްމާ
4 - ޖެނުއަރީ - 2025
މި އަހަރުގެ ތެރޭގައި ހުރަވީ ދަނޑުގައި ޓާފް އަޅަނީ!
3 - ޖެނުއަރީ - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް