6 ރަށަކުން 9 ޓީމް، މައިކަޕްގައި ބައިވެރިވެއްޖެ!
.
4 - ޑިސެމްބަރު - 2024
ބިއުޓިފުލް ބްލޫ މައިކަޕް 2024، ފުޓްބޯޅަ މުބާރާތުގައި 6 ރަށަކުން 9 ޓީމް ބައިވެރިވެއްޖެއެވެ. މިމުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމުގެ މުއްދަތު ހަމަވެފައިވާއިރު، މިމުބާރާތުގައި ބައިވެރިވެފައިވާ ޓީމްތައް ނިސްބަތްވަނީ، އިހަވަންދޫ، ދިއްދޫ، ހޯރަފުށި، ތުރާކުނު، އުލިގަމް އަދި ނޮޅިވަރަމަށެވެ.
މިމުބާރާތުގައި އެއްރަށަކުން އެންމެގިނަ ޓީމް ބައިވެރިވެފައިވަނީ އިހަވަންދޫއިންނެވެ. އިހަވަންދޫއިން 4 ޓީމެއް ބައިވެރިވެފައިވާއިރު، ދެން ކޮންމެ ރަށަކުންވެސް މިމުބާރާތުގައި ބައިވެރިވެފައިވަނީ އެއް ޓީމެވެ. އިހަވަންދޫއިން މިމުބާރާތުގައި ބައިވެރިވެފައިވަނީ އެންވީކޭ، ކްލަބް އިރަމާ، ކުޅިމަގު އަދި ސެންސިޓީއެވެ. ތުރާކުނު ރެކްރިއޭޝަން ކްލަބް، އުލިގަން، ހޯރަފުށިން ހޯރަ ޔުނައިޓެޑް، ދިއްދޫ އިން އެޗް.އެން ސްޕޯޓްސް އަދި ހދ. ނޮޅިވަރަމް އިން ބީބީ ބްރަދާސް މިމުބާރާތުގައި ބައިވެރިވެފައިވާއިރު މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.
މިއަހަރުގެ މައިކަޕް މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަށް ބަލާއިރު، އެންވީކޭ ފިޔަވާ އެއްވެސް ޓީމަކަށް މައިކަޕް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެންވީކޭ ވަނީ 2012 ވަނަ އަހަރުގެ މައިކަޕް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އެޓީމްވަނީ 2007، 2009 އަދި 2011 ވަނަ އަހަރު ފައިނަލްގައިކުޅެ މުބާރާތުގެ ދެވަނަ ހޯދާފައެވެ. ސެންސިޓީ އަދި ދިއްދޫ އަށް ނިސްބަތްވާ ހީވެސް ނުވޭ ސްޕޯޓްސް ކުލަބު ވެސްވަނީ މިމުބާރާތުގެ ފައިނަލްގައި ކުޅެފައެވެ. 2014 ވަނަ އަހަރު ސެންސިޓީ މިމުބާރާތުގެ ފައިނަލްގައި ކުޅުނުއިރު، ހީވެސް ނުވޭ ސްޕޯޓްސް ކުލަބު މިމުބާރާތުގެ ފައިނަލްގައި ކުޅެފައިވަނީ 2019 ވަނަ އަހަރުއެވެ.
2007 ވަނަ އަހަރުން ފެށިގެން މިހާތަނަށް، މައިކަޕްގެ 13 މުބާރާތެއް ބާއްވާފައިވާއިރު، މައިކަޕްގެ އެންމެ ކާމިޔާބު ޓީމްތައް މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައެއް ނުވެއެވެ. 3 ޓީމެއްވަނީ 2 ފަހަރު މައިކަޕްގެ ތަށި އުފުއްލާލައިފައެވެ. އެއީ މާރަންދޫ ޔޫތް ސޮސައިޓީ، ޔުނައިޓެޑް ޔޫތް އަދި ޖަންގަލްއެވެ. މި 3 ޓީމް މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައި ނެތުމީ މުބާރާތަށް ލިބޭނެ ފަޅުކަމެއްކަން ކަށަވަރެވެ.
މައިކަޕްގެ ބާނީއަކީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) އެވެ. 2007 ވަނަ އަހަރުންފެށިގެން މިހާތަނަށް މައިކަޕްގެ 13 މުބާރާތެއް ބާއްވާފައިވާއިރު، މިއީ މިސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް މުބާރާތެވެ. މިއަހަރު ބާއްވާ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ކޮށްފައިވަނީ ބިއުޓިފުލް ބްލޫއެވެ. ބިއުޓިފުލް ބްލޫއިން މުބާރާތުގެ ފޯރި ގަދަކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންދާނެކަންވަނީ އިއުލާންކޮށްފައެވެ. މިއަހަރުގެ މައިކަޕްގެ ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.
ގުޅުން ހުރެދާނެ ލިޔުން
މައިކަޕް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު!
27 - ޑިސެމްބަރު - 2025
މައިކަޕް 2025: ފުރަތަމަ މެޗްގައިފެންނާނީ އެންވީކޭ އަދި ޔޫތް
20 - ޑިސެމްބަރު - 2025
މައިކަޕް 2025: މިއަހަރުގެ މުބާރާތުގައި ބައިވެރިވީ އެންމެ 5 ޓީމް!
12 - ޑިސެމްބަރު - 2025
ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމާއިއެކު، މައިކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!
2 - ޑިސެމްބަރު - 2025
މިއަހަރުވެސް މައިކަޕްގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ، މުބާރާތުގެ ތައްޔާރީތައް ކުރިޔަށް!
7 - ސެޕްޓެމްބަރު - 2025
މައިކަޕް މިއަހަރު ޑިސެންބަރުމަހު "ބޮޑުކޮށް" އޮންނާނެ – ސުޖާއު
18 - ޖުލައި - 2025
އަތޮޅަށް ހުޅުވާލައިގެން މަދަހަ މުބާރާތެއް މިއަހަރު ބާއްވަން ގަސްތުކުރަން – މުހައްމާ
4 - ޖެނުއަރީ - 2025
މި އަހަރުގެ ތެރޭގައި ހުރަވީ ދަނޑުގައި ޓާފް އަޅަނީ!
3 - ޖެނުއަރީ - 2025
މައިކަޕްގެ ޗެމްޕިއަންކަން ހޯދައި އެންވީކޭ، މައިކަޕްގެ އެންމެ ކާމިޔާބު ޓީމުތަކުގެ ލިސްޓަށް!
2 - ޖެނުއަރީ - 2025
ހަވާ އެރުވުމާއިއެކު މައިކަޕްގެ ފައިނަލް މިރޭ!
1 - ޖެނުއަރީ - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް