"ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2024" ގައި އެންވީކޭ ވާދަކުރަނީ، އަމާޒަކީ ރަށަށް ތަށި ގެނައުން!
ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ "ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2024" ގައި އެންވީކޭ އިން ބައިވެރިވެއްޖެއެވެ. މިއީ މިމުބާރާތުގައި އެންވީ ވާދަކުރާ ދެވަނަ ފަހަރެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި އެންވީކޭ ކުޅުނުއިރު، ފައިނަލް މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން ޖެހި ޕެނަލްޓީން ކުރި ހޯދައިގެން، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ 22 ސްޕޯޓްސް ކްލަބްއެވެ. މިނޫހަށް މައުލޫމާތު ދެއްމުން އެންވީކޭއިން ބުނީ މިމުބާރާތުގައި އެޓީމް ވާދަކުރަނީ، ޒުވާން ކުޅުންތެރިންނަށް ފުރުސަތު ހޯދައި ދިނުމުގެ މަގުސަދުގައި ކަމަށެވެ. އަތި ރަށަށް ތަށި ހޯދައިދިނުމަކީވެސް އެޓީމްގެ އަމާޒެކެވެ.
21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަ ކޮށް ބާއްވާ މިމުބާރާތް ބާއްވާ މިއީ 5 ވަނަ ފަހަރެވެ. މި މުބާރާތުން ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ޖުމްލަ ހަ ޓީމަށެވެ. އެއީ ހޯރަފުށިން ހަތަރު ޓީމަށާއި ހއ އަތޮޅު ތެރެއިން ތިން ޓީމަކަށެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ދެ ވަނަ އެންވީކޭ ހޯދިއިރު، އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި އެންވީކޭގެ ދެ ކުޅުންތެރިޔަކު ހިމެނުނެވެ. އެއީ އެންވީކޭގެ ހަސަން ގައިޝް މުހައްމަދު އަދި އަލީ ނާއިޝް އަހްމަދު ވަހީދުއެވެ.
ގުޅުން ހުރެދާނެ ލިޔުން
22 ސްޕޯރޓްސް ކްލަބް އަތުން ބަދަލު ހިފައި، އެންވީކޭ ތަށި ހިއްލާލައިފި
1 - ޖެނުއަރީ - 2025
ޔަންގް ބްލަޑް ބަލިކޮށް އެންވީކޭއިން ފެށުން ރަނގަޅުކޮށްފި
28 - ޑިސެމްބަރު - 2024
ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2024: އެންވީކޭ ފައިނަލަށް
30 - ޑިސެމްބަރު - 2024
ދެވަނަ އިހަވަންކަޕްގެ ޗެމްޕިއަންކަން މާރަންދޫ ޔޫތް ސޮސައިޓީ ހޯދައިފި
1 - ޖެނުއަރީ - 2023
އިހަވަން ކަޕްގެ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކުރި ފުރަތަމަ ޓީމަކަށް އެޗްއެން ސްޕޯޓްސް
26 - ޑިސެމްބަރު - 2022
އިހަވަން ކަޕްގެ 2 ވަނަ ރައުންޑް މިމަހު 23 ހުގައި ފަށަނީ
6 - ޑިސެމްބަރު - 2022
ހޯރަފުށީ ހޮސްޕިޓަލްގެ ފުރަތަމަ ފުރަތަމަ ޝީޓް ކޮންކްރިޓްކޮށް ނިމުމުގެ އުފަލުގައި އެމްޕީގެ ފަރާތުން ފިނިހިތްޕެވުމެއް!
2 - ސެޕްޓެމްބަރު - 2026
ހޯރަފުށި ޑަބްލިޔުޑީސީ ކަނބަލުންގެ ވޮލީ ލީގުގެ ޗެމްޕިއަންކަން ފެނަކަ ހޯދައިފި
31 - އޮގަސްޓު - 2026
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ހޯރަފުށި ހިމެނޭހެން 13 ރަށެއްގައި ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަނީ!
18 - ޖުލައި - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް