ޔަންގް ބްލަޑް ބަލިކޮށް އެންވީކޭއިން ފެށުން ރަނގަޅުކޮށްފި
ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ “ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2024” ގައި އެންވީކޭއިން ކުޅުނު ފުރަތަނަ މެޗުން ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ، ފެށުން ރަނގަޅުކޮށްފިއެވެ. މިމުބާރާތުގެ ފުރަތަމަ މެޗްގައި މޮޅަދޫ ޔަންގް ބްލަޑާއި ވާދަކޮށް، އެންވީކޭވަނީ 6-0 އިން މޮޅުވެފައެވެ.
އެންވީކޭގެ 6 ގޯލްގެ ތެރެއިން 3 ގޯލް ޖަހައި ލައްޔާހް ހެޓްރިކް ހެދިއިރު، ގައިޝް ދެ ގޯލް އަދި ޒަޔާން ގޯލެއް ޖެހިއެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެންވީކޭގެ ޖާޒީ ނަންބަރު 19 ލައްޔާހްއެވެ.
އެންވީކޭ އިން މިމުބާރާތުގައި ކުޅޭ ދެވަނަ މެޗްގައި މިރޭ 21:15 ގައި 22 ސްޕޯޓްސް އާއި ދެކޮޅަށް ނުކުންނާނެއެވެ. 22 ސްޕޯޓްސް ކްލަބަކީ މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމެވެ. އެޓީމް ޗެމްޕިއަންކަން ހޯދީ ފައިނަލްގެ އެންވީކޭއާ ވާދަކޮށް، ފައިނަލް މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން ޖެހި ޕެނަލްޓީން ކުރި ހޯދައިގެންނެވެ.
މިމުބާރާތުގައި ވާދަކުރާ 5 ޓީމްގެ މެދުގައި ލީގް އުސޫލުން މެޗްތައްކުޅެ ފައިނަލަށް ދާނީ އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެ ޓީމެކެވެ. މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިމަހުގެ 31 ވާ އަންގާރަ ދުވަހުގެރޭ 20:30 ގައެވެ.
21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަ ކޮށް ބާއްވާ މިމުބާރާތް ބާއްވާ މިއީ 5 ވަނަ ފަހަރެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ދެ ވަނަ އެންވީކޭ ހޯދިއިރު، އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި އެންވީކޭގެ ދެ ކުޅުންތެރިޔަކު ހިމެނުނެވެ. އެއީ އެންވީކޭގެ ހަސަން ގައިޝް މުހައްމަދު އަދި އަލީ ނާއިޝް އަހްމަދު ވަހީދުއެވެ.
ގުޅުން ހުރެދާނެ ލިޔުން
22 ސްޕޯރޓްސް ކްލަބް އަތުން ބަދަލު ހިފައި، އެންވީކޭ ތަށި ހިއްލާލައިފި
1 - ޖެނުއަރީ - 2025
"ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2024" ގައި އެންވީކޭ ވާދަކުރަނީ، އަމާޒަކީ ރަށަށް ތަށި ގެނައުން!
6 - ޑިސެމްބަރު - 2024
ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2024: އެންވީކޭ ފައިނަލަށް
30 - ޑިސެމްބަރު - 2024
ދެވަނަ އިހަވަންކަޕްގެ ޗެމްޕިއަންކަން މާރަންދޫ ޔޫތް ސޮސައިޓީ ހޯދައިފި
1 - ޖެނުއަރީ - 2023
އިހަވަން ކަޕްގެ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކުރި ފުރަތަމަ ޓީމަކަށް އެޗްއެން ސްޕޯޓްސް
26 - ޑިސެމްބަރު - 2022
އިހަވަން ކަޕްގެ 2 ވަނަ ރައުންޑް މިމަހު 23 ހުގައި ފަށަނީ
6 - ޑިސެމްބަރު - 2022
ހޯރަފުށީ ހޮސްޕިޓަލްގެ ފުރަތަމަ ފުރަތަމަ ޝީޓް ކޮންކްރިޓްކޮށް ނިމުމުގެ އުފަލުގައި އެމްޕީގެ ފަރާތުން ފިނިހިތްޕެވުމެއް!
2 - ސެޕްޓެމްބަރު - 2026
ހޯރަފުށި ޑަބްލިޔުޑީސީ ކަނބަލުންގެ ވޮލީ ލީގުގެ ޗެމްޕިއަންކަން ފެނަކަ ހޯދައިފި
31 - އޮގަސްޓު - 2026
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ހޯރަފުށި ހިމެނޭހެން 13 ރަށެއްގައި ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަނީ!
18 - ޖުލައި - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް